ވަޒީފާތައް

މުސާރަ
10,000 ރުފިޔާ - 11,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
10,000 ރުފިޔާ - 11,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު

ބޭނުންވާ އަދަދު: 1

މަޤާމުގެ މަސްއޫލިއްޔަތު:

  • އޮފީސް ސާފުތާހިރުކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތް ކުރުން.
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާގޮތް ބެލެހެއްޓުން.
  • މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން.
  • އޮފީހުގައި ބާއްވާ އެކިއެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން.
  • އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތްކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން.
  • އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް، ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން.
  • އޮފީހުގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

 ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާ ތައުލީމާއި ތަޖުރިބާ:

  • އަސާސީ ތަޢުލީމް ފެންވަރު ހުރުން.
  •  މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން.

މުސާރައާއި ޢިނާޔަތްތައް:

  • 10,000ރ އާއި 11,000ރ އާއި ދެމެދު.
  • އިތުރުގަޑީގައި މަސައްކަތްކޮށްފިނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ.

މަސައްކަތްކުރަންޖެހޭ ގަޑި:

  • ހެނދުނު 08:00 އިން ހަވީރު 16:00 އަށް،

 މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެން ސިފަތައް:

  • ފަރުވާތެރިކަމާއި ސާފުތާހިރު ކަމާއެކު ކަންކަން ކުރަން އެނގުމާއި މީހުންނާ މުޢާމަލާތް ކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަ ހުރުން.
  • މަޤާމުގެ މަޞްއޫލިއްޔަތުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރެވޭފަދަ ސިއްޙަތެއްގައި ހުރި ފަރާތެއްކަމުގައި ވުން.
  • މަގާމުގައި އަދާ ކުރަންޖެހޭ މަސައްކަތާގުޅޭ ދާއިރާއިން ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ފޮޓޯކޮޕީ
  • މަސައްކަތް ކުރަމުންދާ / ކުރިން މަސައްކަތްކުރި ފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 13 އޮކްޓޯބަރ 2022 ވާ ބުރާސްފަތި ދުވަހުގެ 14:00ގެ ކުރިން އެޕްލިކޭޝަން ބަލައިގަތުމަށް ކަނޑައެޅިފައިވާ ލިންކް:  

ބޭނުންކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ ހަމައެކަނި މި ލިންކް https://sdfcmv.aidaform.com/job-application-form-office-assistant9 މެދުވެރިކޮށެވެ.

މި ވަޒީފާއާބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް، ރަސްމީ ދުވަސްދުވަހު 9:00 އާއި 14:00 އާ ދެމެދު 3026018 / 3026016 ފޯނަށް ގުޅުއްވައި ނުވަތަ [email protected]  އަށް އީމެއިލް ކުރެއްވުން އެދެމެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
9 އޮކްޓޯބަރު 2022
މުއްދަތު ހަމަވާ ތާރީޚް
13 އޮކްޓޯބަރު 2022