|
މަޤާމް |
އޮޑިޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ |
||
|
މަޤާމުގެ ރޭންކް |
L8 – E1 |
ބޭނުންވާ ޢަދަދު: |
01 |
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޕަބްލިކް ސަރވިސް މީޑިއާ، މާލެ |
ޔުނިޓް |
އިންޓަރނަލް އޮޑިޓް |
|
ވަޒީފާގެ ބާވަތް |
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.) |
||
|
ރަސްމީ މަސައްކަތު ގަޑި |
ހަފްތާއަކު 05 ދުވަހު - ދުވާލަކު 08 ގަޑިއިރު |
||
|
އަސާސީ މުސާރަ |
6,400/-ރުފިޔާ |
ސަރވިސް އެލަވަންސް |
3,000/- ރުފިޔާ |
|
އެހެނިހެން އެލަވަންސްތައް: |
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ. · ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). · ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ. · އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. · ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ. · ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
|
މަޤާމުގެ ޝަރުތު: |
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ · ނުވަތަ ސާނަވީ އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ފާސް ލިބިފައިވުން؛ ނުވަތަ 3 އަހަރު ދުވަހުގެ މަސައްކަތު ތަޖްރިބާ ލިބިފައިވުން؛ · މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
||
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ. · މިމަގާމަށް މީހަކު ހޮވުމުގައި، އިންސްޓިޓިއުޓް އޮފް އިންޓަރނަލް އޮޑިޓަރސް (އައި.އައި.އޭ) އަދި އައި.އެފް.އޭ.ސީ - ގަބޫލުކުރާ ޕްރޮފެޝަނަލް އެކައުންޓެންސީ ކޮލިފިކޭޝަނެއް ނުވަތަ އެފަދަ ގުޅުން ހުރި ކޮލިފިކޭޝަނެއް ހުރި ފަރާތެއްނަމަ އެފަރާތަކަށް އިސްކަން ދެވޭނެއެވެ. · މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ: - ކޯޕަރޭޓް ގަވަރނަސްއަށް އަހުލުވެރިވުން ؛ - މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން؛ - ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން؛ - ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓްކުރުމުގެ ތަޖުރިބާ ހުރުން. |
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
· ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމެންޓްތަކާއި، ޗެނަލްތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އެއްގޮތަށްތޯ ބަލާ ޗީފް އިންޓަރނަލް އޮޑިޓަރއަށް ރިޕޯރޓް ކުރުން؛ · އިންޓަރނަލް އޮޑިޓް އަދި ޕްލޭންތައް ތައްޔާރުކުރުމަށް ޗީފް އިންޓާރނަލް އޮޑިޓަރ އަށް އެހީތެރިވުން؛ · އޯޑިޓް ވާރކް ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން؛ · އޯޑިޓް ޕްލޭނާ އެއްގޮތަށް ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން؛ · އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތު ކުންފުނީގެ އެކި ޑިޕާރޓްމަންޓްތަކުންނާއި ޗެނަލްތަކުން ހޯދުން؛ · މަޢުލޫމާތު ދިރާސާ ކޮށް، ކޮންޓްރޯލް ވީކްނަސް ފާހަގަކޮށް، ރަނގަޅުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން؛ · ޑްރާފްޓް ޑިސްކަޝަން ޕޭޕަރއާއި ޑްރާފްޓް އޮޑިޓް ރިޕޯރޓްތައް ތައްޔާރުކުރުން؛ · އޮޑިޓް ރިޕޯރޓް ތައްޔާރުކުރުމަށް، ޗީފް އިންޓާރނަލް އޮޑިޓަރއަށް ބޭނުންވާ އެހީތެރިކަންދިނުން؛ · އެކްސްޓަރނަލް އޮޑިޓް އަދި އިންޓާރނަލް އޮޑިޓްގައި ރަގަނޅުކުރުމަށް ލަފާދީފައިވާ ކަންކަން ރަނގަޅުކުރަމުން ގެންދޭތޯ ބެލުން؛ · އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތަށް ދޭންޖެހޭ އެއްބާރުލުން ދިނުން؛ · އަދި މުވައްޒަފުގެ ޒިންމާގެ އިތުރުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) · ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. · ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ Ø އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ Ø އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ Ø ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. · ޕޮލިސް ރިޕޯޓް (4 މަސް ނުވާ) |
||
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން: |
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. · މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. ) އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ. ( |
||
|
ސުންގަޑި |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ. |
||
|
އިތުރު މަޢްލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް 3000368، 3000207 އާއި ގުޅުއްވުން އެދެމެވެ. |
||