ވަޒީފާތައް

މިއުޒިޝަން މުއްދަތު ހަމަވެފައި

National Centre for the Arts
މުސާރަ
5,020 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,020 ރުފިޔާ+
މުސާރަ: މަހަކު 5020ރުފިޔާ
ސަރވިސް އެލަވަންސް: މަހަކު 1500 ރުފިޔާ
އެހެނިހެން އެލަވަންސް:
ސަޕޯޓިންގ ކޯ އެލަވަންސް 2 ގެ ގޮތުގައި މަހަކު 700.00 ރުފިޔާ
ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ 35%
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ
ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ބޭސްފަރުވާގެ ހިދުމަތް
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
ވަޒީފާގެ ތަފްޞީލު

 

ސަރުކާރުގެ ރަސްމީ އަދި އެހެނިހެން ހަފްލާތަކުގައި ރާއްޖެ އާއި ރާއްޖެއިން ބޭރުގައި ޝޯ ހުށަހަޅާދިނު

ބޭންޑް ޕްރެކްޓިސްގައި ޤަވާއިދުން ބައިވެރިވުން.

ސްކޫލް، ޔުނިވާސިޓީ ފަދަ ތަންތަނުގައި ޒުވާނުން މިއުޒިކަށް ޝައުގުވެރިކަން އެފެއްދުމަށް އެކިކަހަލަ ޕްރޮގްރާމް ރާވާ ހިންގުމާއި އެ ފަރާރްތަކަށް ބޭނުންވާ ޓްރެއިނިންގ ފޯރުކޮށްދިނުން

އެން.ސީ.އޭ އިން އުފައްދާ މިއުޒިކާއި ލަވަ ރެކޯޑްކުރުން

ސަރުކާރާއި އަދި އަމިއްލަ ފަރާތްތަކުން ހިންގާ މުބާރާތްތައް އިންސާފުކުރުމުގައި އަމަލީ ގޮތުން ބައިވެރިވެ އެހީތެރިވެދިނުން

އެން.ސީ.އޭ އިން ކުރިއަށްގެންދާ މިއުޒިކް ޕްރޮގްރާމްތަކުގައި އުނގަންނައިދިނުމުގައި އަމަލީ ގޮތުން ބައިވެރިވުން

މިނިސްޓްރީގެ އިވެންޓްތައް ރޭވުމުގައި އެހީތެރިވެދީ އިވެންޓްތަކުގައި ބައިވެރިވުން؛

މިނިސްޓްރީއިން ބާއްވާ އިވެންޓްތަކުގައި ޝޯ ހުށަހަޅަންޖެހޭ ހާލަތްތަކުގައި އިތުރުގަޑީ މަޑުކޮށްގެން ޕްރެކްޓިސް ކުރިއަށް ގެންދިޔުން

އޮލިމްޕަހުގައި ފިލްމު އެޅުވުމުގައި އަމަލީގޮތުން ބައިވެރިވުން

އޮލިމްޕަހުގެ ފިލްމު، ސްޓޭޖް އަދި އެން.ސީ.އޭގެ އެހެނިހެން އިވެންޓްތަކުގެ ސައުންޑް ސެޓްއަޕްކުރުމާއި މެނޭޖްކުރުން

އެންސީއޭގެ އިވެންޓްތަކުގައި ބޭނުންކުރާ އިކުއިޕްމަންޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ސުޕަވައިޒަރގެ ލަފާގެ މަތިން ރަނގަޅުކޮށް ބެލެހެއްޓުން

ބޭންޑްގައި ބޭނުންކުރާ އިންސްޓްރުމަންޓްތަކަށް ދިމާވާ މައްސަލަތައް ބަލާ ސުޕަވައިޒަރގެ ލަފާގެ މަތިން ރަނގަޅުކޮށް ބެލެހެއްޓުން

ސެކްޝަންގެ ބެލުމުގެ ދަށުން ހުންނަ މުދާތަކުގެ އިންވެންޓްރީ ފަރުވާތެރިކަމާއެކު ބަލަހައްޓައި އަދާހަމަކޮށް އެ މަސައްކަތް ކުރައްވާ ސެކްޝަނަކަށް އެ މަޢުލޫމާތު ފޯރުކޮށްދިނުން؛

ސެކްޝަންގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ލިޔެ އަޕްޑޭޓްކުރުން

ސެކްޝަންގައި އިދާރީ ގޮތުން ކުރަންޖޭހޭ މަސައްކަތްތައްކުރުން؛

މިނިސްޓްރީއިން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޭލެވެލް / އެޑްވާންސް ސެޓްފިކެޓް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ގެޒެޓުން އެޕްލައި ކުރައްވާ
  • https://www.gazette.gov.mv/iulaan/328058

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Arts and Humanities
ޝާޢިއުކުރި ތާރީޚް
16 ފެބްރުއަރީ 2025
މުއްދަތު ހަމަވާ ތާރީޚް
20 ފެބްރުއަރީ 2025