އަޅުގަނޑުމެންގެ ޓީމާ ގުޅިގެން، ކަނޑު އުޅަނދުފަހަރާއި އޭގެ އާލާތްތައް ބެލެހެއްޓުމާއި، ދިމާވާ މައްސަލަތައް ދަނެގަނެ މަރާމާތުކުރުމުގެ މަސައްކަތްތައް ހިންގުމައްޓަކައި، ފަންނީ ހުނަރާއި ތަޖުރިވާހުރި މެރިން އިންޖިނިއަރަކު ބޭނުންވެއެވެ. މިމަގާމަށް ބޭނުންވަނީ، މެރިން ސިސްޓަމްތަކާ ގުޅޭ ފަންނީ މަޢުލޫމާތާއި، އަމަލީ ތަޖުރިބާ ލިބިފައިވާ ފަރާތެކެވެ.
* ކަނޑު އުޅަނދު ފަހަރުގެ އިންޖީނު ތަކާއި މެކޭނިކަލް ނިޒާމުތައް ގަވާޢިދުން ބަލައި މަރާމާތުކުރުން.
* އިންޖީނާއި އެހެނިހެން އާލާތްތަކަށް ދިމާވާ މައްސަލަތައް ދަނެގަނެ، އެކަންކަން ހައްލުކުރުން.
* އުޅަނދުފަހަރަކީ ސަލާމަތީ ގޮތުންނާއި ދަތުރުފަތުރު ކުރުމަށް އެކަށީގެންވާ ފެންވަރެއްގައި ހުރި ތަކެތިކަން ޔަގީންކުރުމަށްޓަކައި އިންސްޕެކްޝަންތައް ކުރިއަށް ގެންދިއުން.
* ސާވިސް ރެކޯޑުތަކާއި ގުޅުންހުރި ލިޔެކިޔުންތައް ފުރިހަމައަށް ބެލެހެއްޓުން.
* އޮޕަރޭޝަންސް ޓީމާ ގުޅިގެން މަރާމާތުގެ ކަންކަން ތާވަލުކޮށް، މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރުން.
* ސަލާމަތީ ފިޔަވަޅުތަކާއި ކުންފުނީގެ އުޞޫލުތަކަށް ފުރިހަމައަށް ޢަމަލުކުރުން.