ވަޒީފާތައް

މުސާރަ
5,610 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,610 ރުފިޔާ+
ސަރވިސް އެލަވަންސް: -/2000 ރުފިޔާ
އެހެނިހެން އެލެވަންސް:
1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ
2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35
3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.
ވަޒީފާގެ ތަފްޞީލު

މި މިނިސްޓްރީގެ ތިރީގައި މިވާ މަޤާމްތަކަށް އިޢުލާން ކުރަމެވެ.   

މަގާމް

ހިއުމަން ރިސޯސް އޮފިސަރ

މަޤާމް ނަމްބަރު:

J-321945

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް:

އެމް. އެސް. 1  

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ވަޒީފާ އަދާކުރަން ޖެހޭ ތަން:

ޖޮބް ސެންޓަރސް ސެކްޝަން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމެންޓް

މުސާރަ:

-/5610 ރުފިޔާ

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ

އެހެނިހެން އެލެވަންސް:

1. ސަޕޯޓިންގ ކޯ އެލަވަންސް 2: -/900 ރުފިޔާ

2. ސްޕެޝަލް ޑިއުޓީ އެލަވަންސް : އަސާސީ މުސާރައިގެ %35

3. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

4. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

 

1. ވަޒީފާދޭ ފަރާތްތަކާއި، ދިވެހިންގެ ތެރެއިން ވަޒީފާ ހޯދަން ބޭނުންވާ ފަރާތްތައް ގުޅުވައިދޭނެ ގޮތްތަކާއި އުފެއްދުންތެރިކަން އިތުރުކުރުމަށް މަގުފަހި ކުރުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ހިންގުމާއި އެމަސައްކަތްތައް ކުރުން

2. ޖޮބް ޕޯޓަލް މެދުވެރިކޮށް ވަޒީފާ ހޯދަން އެދޭ ފަރާތްތަކަށް ވަޒީފާ ހޯދާނެ ގޮތްތައް މަގުފަހިކޮށްދިނުމާއި ޕޯޓަލްގެ ޒަރިއްއާއިން ވަޒީފާ ބޭނުންވާ ފަރާތްތައް ދެނެގަންނާނެ ގޮތްތައް ވަޒީފާދޭ ފަރާތްތަކަށް ކިޔައިދިނުން

3. ޖޮބް ޕޯޓަލް ބޭނުންކުރުމަށް އެދޭ ވަޒީފާދޭ ފަރާތްތަކާ ބައްދަލުކޮށް، ޕޯޓަލް ބޭނުންކުރާނެ ގޮތުގެ މައުލޫމާތު ސެޝަންތައް ހިންގުމާއި ޕޯޓަލްގައި ޤާއިމުކުރެވިފައި 'ޖޮބް މެޗިންގ' ގެ ޚިދުމަތާގުޅޭގޮތުން މަޢުލޫމާތު ދިނުން

4. މިނިސްޓްރީން ކަނޑައަޅާ ރަށްރަށަށް ދަތުރުކޮށް ޢާންމު ރައްޔިތުންނާއި ޒުވާނުން އަދި ސްކޫލް ކުދިންނަށް އަމާޒުކޮށް، ޖޮބް ޕޯޓަލް އާ ގުޅޭގޮތުން މައުލޫމާތު ހިއްސާކުރުމަށާއި ޖޮބް ސެންޓަރު ބޭނުންކުރާނެ ގޮތާމެދު އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން

5. ވަޒީފާތަކަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދޭ ކޯސްތަކާއި ތަމްރީނު ޕްރޮގްރާމްތައް ހެދުމަށް ބޭނުންވާ ފަރާތްތަކުން، ޕޯޓަލްގައި ރަޖިސްޓަރ ކުރާނެ ގޮތާއި މިކަމާ ގުޅޭ އިތުރު މައުލޫމާތު ޕޯޓަލްގެ ޒަރިއްއާއިން ހޯދާނެ ގޮތް ކިޔައިދިނުން

6. ޖޮބް ޕޯޓަލް ބޭނުން ކުރުމުގައި ދިމާވާ ދަތިތައް ދެނެގަނެ، ޕޯޓަލް އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ ކަންތައްތައް ރިޕޯޓުކުރުން

7. ޖޮބް ސެންޓަރ ގެ ފަރާތުން ފޯރުކޮށްދެވޭ ޚިދުމަތްތަކަކީ ޚިދުމަތް ހޯދަން އަންނަ ފަރާތްތަކުގެ ބޭނުންތަށް ފުރިހަމަކުރުމުގައި ބޭނުންތެރި ޚިދުމަތްތަކެއް ކަމުގައި ޔަޤީންކުރުމާއި ޚިދުމަތްތައް އިތުރަށް ރަނގަޅުކުރުމަށް އެޅިދާނޭ ފިޔަވަޅުތައް ދެނެގަތުން

މަޤާމުގެ ޝަރުޠުތައް:

 

މަޤާމުގެ މަސައްކަތާ ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

·         އެކައުންޓިންގ

·         އެޕްލައިޑް މެތަމެޓިކްސް

·         ބިޒްނަސް އެޑްމިނިސްޓްރޭޝަން

·         ބިޒްނަސް މެނޭޖްމަންޓް

·         ކޮމްޕިއުޓަރ ސައިންސް

·         އިކޮނޮމެޓްރިކްސް

·         އިކޮނޮމިކްސް

·         ފައިނޭންސް

·         ހިޔުމަން ރިސޯސް މެނޭޖްމަންޓް

·         ލޯ

·         ޕަބްލިކް އެޑްމިނިސްޓްރޭޝަން

·         ސްޓެޓިސްޓިކްސް

 

ޕްރިފަރޑް ޑިސިޕްލިން: ނެތް

 

ކޯ ޑިސިޕްލިން:

·         ހިޔުމަން ރިސޯސް މެނޭޖްމަންޓް

·          

ނޯޓް: ކޯ ޑިސިޕްލިންއާ ގުޅޭ ސަނަދެއް ވަޒީފާއަށް ކުރިމަތިލާ ފަރާތުން ހުށަހަޅާފައިވާ ނަމަ ، އެ ފަރާތަކަށް ކްރައިޓީރިއާގައި ކޯ ޑިސިޕްލިންއަށް ދިނުމަށް ކަނޑައަޅާފައިވާ ޕޮއިންޓު ދެވޭނެއެވެ.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

·         ހިއުމަން ރިސޯސް

JOB APPLICATION FORM

JOB OFFER & ACCEPTANCE FORM

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އެސޯސިއޭޓް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  • (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ޓެލެކޮމިއުނިކޭޝަން
  • ވެބް ހޯސްޓް ކުރުމާއި ޑޭޓާ ޕްރޮސެސް ކުރުމުގެ ޚިދުމަތް
  • ލީގަލް އަދި އެކައުންޓިންގެ ޚިދުމަތް
  • އިޝްތިހާރާއި މާކެޓް ރިސާޗް
  • ވަޒީފާ ހޯދައިދިނުމާއި، އޭޖެންސީ އަދި ރެކްރޫޓްމަންޓްގެ ޚިދުމަތް
  • އޮފީސް އެޑްމިނިސްޓްރޭޓިވް، އޮފީސް ސަޕޯޓް އަދި ވިޔަފާރިއާ ގުޅޭ އެހެނިހެން ޚިދުމަތްތައް
މަޤާމްތައް
  • މެނޭޖަރ، ހިއުމަން ރިސޯސް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ބޭނުންވާ ފަންނުތައް
  • އެކައުންޓިންގ ސްކިލްސް
  • އެޑްމިނިސްޓްރޭޝަން
  • ކޮމްޕިއުޓަރ ސްކިލްސް
  • އިކޮނޮމިކްސް
  • ފައިނޭންސް
  • ހިއުމަން ރސޯސް މެނޭޖްކުރުން
  • މެނޭޖްމެންޓް
  • ސްޓެޓިސްޓިކަލް މެތަޑް
ޝާޢިއުކުރި ތާރީޚް
28 މާރިޗު 2022
މުއްދަތު ހަމަވާ ތާރީޚް
7 އޭޕްރީލު 2022