ވަޒީފާތައް

މުސާރަ
10,500 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
10,500 ރުފިޔާ+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

· ޕީއެސްއެމްގެ ޗެނަލްތަށް އިސްތިހާރު ކުރުމަށް ސޯޝަލް މީޑިއާ އަށް ކުރު ވީޑިއޯ ކްލިޕް ޕްރެޒެންޓް ކޮށްގެން ހެދުމާއި އެފަދަ ވީޑިއޯ އެޑިޓްކޮށް އަޕްލޯޑް ކުރުން.

· ޕީއެސްއެމް ސޯޝަލް މީޑިއާ އަށް ބޭނުންވާ ކޮންޓެންޓް ތައްޔާރުކުރުމަށްޓަކައި އޮންއެއަރ އަދި ލައިބްރަރީ އާރކައިވް މެޓީރިއަލްސް ކެޕްޗަރކުރުން. މިމަސައްކަތުގައި ކޮންޓެންޓްގެ ފޯރމެޓް ބަދަލުކުރުމާއި އެޑިޓް ކުރުން ހިމެނެއެވެ.

·  ވީއޯޑީ އަދި ސޯޝަލް މީޑީއާއަށް އަޕްލޯޑް ކުރުމަށް ތައްޔާރުކުރެވޭ ކޮންޓެންޓްތައް އާކައިވް ކުރުން. އަދި މިކޮންޓެންޓްތަކަށް ރައްކާތެރިވުން. އަދި ޕީއެސްއެމްގެ ބޭނުމަކަށް ފިޔަވައި އެހެން އެއްވެސް ކަމަކަށް ބޭނުން ނުކުރުން.

·  ސޯޝަލް މީޑިއާއަށް ތައްޔާރުކުރެވޭ އެކިއެކި ޕްރޮގްރާމްތަކުގެ ޕޯސްޓް ޑިޒައިންކުރުމާއި ޓެމްޕްލެޓް ހެދުމާއި އެޑިޓްކޮށް ޕޯސްޓް ތައްޔާރުކުރުން.

· ޕީއެސްއެމް ޗެނަލްތަކުން އެއަރ ކުރެވޭ ޕްރޮގްރާމް، ލައިވް އިވެންޓްސް އެޑިޓްކޮށް ހައިލައިޓްސް ތައްޔާރުކުރުން.

·  ސޯޝަލް މީޑިއާ އަށް ބޭނުންވާ ސްލައިޓް ހެދުމާއި އޮންނަ އުސޫލުން އަޕްކުރަމުން ދިއުން.

·  ޓީވީއެމް އިން ޔޫޓިއުބަށް އަޕްލޯޓް ކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ކުރުކޮށް އޮންނަ އުސޫލުން އަޕްލޯޑް ކުރަމުން ގެންދިއުމަށް.

·   ސޯޝަލް މީޑިއާއަށް ބޭނުންވާ ޙާއްސަ ހާލަތްތަކުގައި މަސައްކަތް ކުރުން.

·  ވަކި ބާވަތެއްގެ ކޮންޓެންޓް އުފެއްދުމަށް ކުންފުނިން ބޭނުންވެއްޖެ  ހިނދެއްގައި ސޯޝަލް މީޑިއާއަށް އުފައްދާ ކޮންޓެންޓަކީ ޕީއެސްއެމް ގާނޫނާއި އެއްގޮތަށް އުފައްދާ ކޮންޓެންޓަކަށްވުން.

·  ކޮންޓެންޓް ނެގުމާއި އެޑިޓްކުރުމާއި އަދި ޕޯސްޓް ޕްރޮޑަކްޝަން އަމިއްލައަށް ކުރުން.

· ކުންފުނީގެ ޕޮލިސީ ނުވަތަ ގައިޑްލައިނަށް އަންނަ ބަދަލަކާއެކު ޑިޕާޓްމަންޓް އިން ކަނޑައަޅާ އުސޫލުތަކާ އެއްގޮތަށް މަސައްކަތްތައް ކުރިއަށް ގެންދިއުން.

·  ޑިޕާޓްމަންޓްގެ ސިއްރުތައް ހިފެހެއްޓުމާއި، މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކުރަން މަސައްކަތް ކުރުމާއި، މަސްލަޙަތަށް ބުރޫ އަރާފާނެ އެއްވެސް ކަމެއް ނުކުރުން.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް
ޢުމުރު
18 އަހަރު+

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
14 ޖުލައި 2025
މުއްދަތު ހަމަވާ ތާރީޚް
21 ޖުލައި 2025
އެޕްލިކޭޝަން ހުށަހެޅުމަށް