ވަޒީފާތައް

މުސާރަ
8,700 ރުފިޔާ - 8,900 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,700 ރުފިޔާ - 8,900 ރުފިޔާ
ވަޒީފާގެ ތަފްޞީލު

އިޢުލާނު

 

މަޤާމު:

އެސިސްޓެންޓް މެރިން ރިސަރޗް އޮފިސަރ  

މަޤާމުގެ ނަންބަރު:

J-348114

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް /ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ކ.މާލެ

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

5. ރިސްކު އެކުލެވޭ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·         އެމުގެ ވަސީލަތްތަކާއި ގުޅޭ ދިރާސާ މަސައްކަތްތަކުގައި ސުޕަވައިޒަރއަށް އެހީތެރިކަން ފޯރުކޮށްދިނުން.

·         އެމުގެ ވަސީލަތްތަކާއި ގުޅޭ ސައިންޓިފިކް މައުލޫމާތު ނެގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން

·         އެމުގެ ވަސީލަތްތައް ދެމެހެއްޓުމަށްޓަކައި ނެގޭ މަޢުލޫމާތުތައް އެންޓަރ ކުރުން

·         އެމުގެ ވަސީލަތްތަކާއި ގުޅޭ ދިރާސާތަކުގެ ނަތީޖާ އާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އަމަލީގޮތުން ބައިވެރިވެ އެހީތެރިކން ފޯރުކޮށް ދިނުން.

·         އެމުގެ ވަސީލަތްތަކާއި ގުޅޭ ދިރާސާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންސްޓިޓިއުޓުން އެކިއެކި ފަރާތްތަކާއި ގުޅިގެން ހިނގާ ދިރާސާ ޕްރޮގރާމްތަކުގައި ބައިވެރިވުން.

·         ރަސްމީ މަސައްކަތަތކާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1.      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2.      މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3.      ދިވެހިރާއްޖޭގެ ޤައމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

·         އެޑްމިނިސްޓްރޭޝަން

·         މެނޭޖްމެންޓް

·         ފިޝަރީޒް

މަޤާމު:

އެސިސްޓެންޓް މެރިން ރިސަރޗް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-348116

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް /ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ކ.މާލެ

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

5. ރިސްކު އެކުލެވޭ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·         ހިބަރު އާއިލާގެ މަސްވެރިކަމާއި ގުޅޭ ދިރާސާ މަސައްކަތްތައް ހިންގުމަށް ސުޕަވައިޒަރއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށް ދިނުން.

·         ހިބަރު އާއިލާގެ މަސްވެރި ވަސީލަތްތަކާއި ގުޅޭގޮތުން ނެގޭ ސައިންޓިފިކް މައުލޫމާތު އެންޓަރކުރުމާއި ޑޭޓާތައް ކްލީން ކުރުން.

·         ހިބަރު އާއިލާގެ މަސްވެރި ވަސީލަތްތައް ދެމެހެއްޓުމަށް ބޭނުންވާ މައުލޫމާތު ދެނެގަތުމަށް ހިންގޭ ޕްރޮގްރާމްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.

·         ހިބަރު އާއިލާގެ މަސްވެރި ވަސީލަތްތަކާއި ގުޅޭ ދިރާސާތަކުގެ ނަތީޖާ އާއި ގުޅިގެން އާންމުން ހޭލުންތެރިކުރުމަށް ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިކަން ފޯރުކޮށްދިނުން.

·         ކަނޑުމަސްވެރިކަން މެނޭޖްކުރުމަށް މަސައްކަތްކުރާ ރާއްޖެ ބައިވެރިވާ ބައިނއަލްއަޤްވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކަށް ހިބަރުގެ ބާވަތްތަކުގެ މަސްވެރިކަމުގެ ދާއިރާއިން މައުލޫމާތު ފޯރުކޮށްދިނުމަށް ސުޕަވައިޒަރ އަށް އެހީތެރިކަން ފޯރުކޮށް ދިނުން.

·         ހިބަރު އާއިލާގެ މަސްވެރި ވަސީލަތްތަކާއި ގުޅޭ ދިރާސާތައް އިތުރަށް ހަރުދަނާކުރުމަށްޓަކައި އިންސްޓިޓިއުޓުން އެކިއެކި ފަރާތްތަކާއި ގުޅިގެން ހިނގާ ދިރާސާ ޕްރޮގރާމްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން.

·         ރަސްމީ މަސައްކަތްތަކާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3-      ދިވެހިރާއްޖޭގެ ޤައމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

·         އެޑްމިނިސްޓްރޭޝަން

·         މެނޭޖްމެންޓް

·         ފިޝަރީޒް

މަޤާމު:

އެސިސްޓެންޓް މެރިން ރިސަރޗް އޮފިސަރ 

މަޤާމުގެ ނަންބަރު:

J-348112

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

ޖީ. އެސް. 4

މަޤާމުގެ ކްލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 2

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް މެރިން ރިސާރޗް އިންސްޓިޓިއުޓް /ޕެލާޖިކް ފިޝަރީޒް އެންޑް މޮނިޓަރިން ރިސަރޗް ކ.މާލެ

މުސާރަ:

-/5020 ރުފިޔާ

ސަރވިސް އެލަވަންސް:

-/1500 ރުފިޔާ

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

2. އިތުރުގަޑީގެ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

3. ސްޕެޝަލް ޑިއުޓީ އެލަވަންސްގެ ގޮތުގައި މުސާރައިގެ %35

4. ސަޕޯރޓިންގ ކޯ އެލަވަންސްގެ ގޮތުގައި -/700 ރުފިޔާ

5. ރިސްކު އެކުލެވޭ މަސައްކަތްކުރާނަމަ ހަމަޖެހިފައިވާ އުސޫލުން ރިސްކް އެލަވަންސް ލިބޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·         ކަނޑުމަސްވެރިކަމުގެ ސައިންޓިފިކް މައުލޫމާތު ނެގުމަށް ކުރެވޭ ދިގުމުއްދަތުގެ ދިރާސާތަކަށް ހިންގުމަށް ސްޕަވައިޒަރއަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުން.

·         ކަނޑުމަސްވެރިކަމުގެ ދާއިރާގެ ދިރާސާތަކުގެ ރިޕޯޓުތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުން.

·         ކަނޑުމަސްވެރިކަމުގެ ދާއިރާއިން، އިންސްޓިޓިއުޓުން އެކިއެކި ފަރާތްތަކާއި ގުޅިގެން ހިނގާ ދިރާސާ ޕްރޮގރާމްތަކުން އެއްކުރެވޭ މަޢުލޫމާތު ދުވަހުން ދުވަހަށް އެންޓަރކުރުން.

·         ކަނޑުމަސްވެރިކަން މެނޭޖްކުރުމަށް މަސައްކަތްކުރާ ރާއްޖެ ބައިވެރިވާ ބައިނއަލްއަޤްވާމީ އަދި ސަރަހައްދީ ޖަމިއްޔާތަކަށް ފޯރުކޮށްދޭންޖެހޭ ކަނޑުމަސްވެރިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމުގައި ސުޕަވައިޒަރ އަށް އެހީތެރިކަން ފޯރުކޮށްދިނުން.

·         ކަނޑުމަސްވެރިކަމުގެ ދިރާސާތަކުގެ ނަތީޖާ އާންމުކުރުމަށް ސައިންޓިފިކް ރިޕޯޓުތައް ޝާއިޢުކުރުމާއި، އާންމުން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.

·         ކަނޑުމަސްވެރިކަމުގެ ދިރާސާ ޕްރޮގްރާމްތަކުން އެއްކުރާ މައުލޫމާތު، ކަނޑައެޅިފައިވާ އުސޫލާ އެއްގޮތަށް އެންޓަރ ކުރުން.

·         ރަސްމީ މަސައްކަތަކާއި ގުޅޭ އެހެނިހެން މަސައްކަތްތައް ކުރުން.

މަޤާމުގެ ޝަރުޠު:

1-      ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިހާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ

2-      މަތީ ސާނަވީ ނުވަތަ އެއާ އެއް ފެންވަރުގެ އިމްތިހާނަކުން 2 މާއްދާއިން ދަށްވެގެން "އީ" ގްރޭޑް ލިބިފައި ވުމާއެކު، އޭގެ އިތުރުން "ސެކަންޑަރީ ސްކޫލް" ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ

3-      ދިވެހިރާއްޖޭގެ ޤައމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ޙާޞިލްކޮށްފައިވުމާއެކު، "ސެކަންޑަރީ ސްކޫލް" ނުވަތަ "ހަޔަރ ސެކަންޑްރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ތަޢުލީމީ ރޮނގުތައް: ނެތް

މަޤާމަށް ކަނޑައަޅާފައިވާ  ޕްރިފާރޑް ޑިސިޕްލިން: ނެތް

މަޤާމަށް ކަނޑައަޅާފައިވާ ކޯ ޑިސިޕްލިން: ނެތް

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

·         އެޑްމިނިސްޓްރޭޝަން

·         މެނޭޖްމެންޓް

·         ފިޝަރީޒް

ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.      ފުރިހަމަ ކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) http://www.csc.gov.mv/dv/downloads/15151

2.      ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.      ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.      ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.      ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.      މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާތަކަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ފުރަތަމަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

·         އެޑްވާންސް ޑައިވް ސެޓްފިކޭޝަން ލިބިފައިވުން އަދި ސްޓެޓިސްޓިކަލް ޕްރޮގްރާމް އެނގުން.

·   އާރް ސްޓެޓިސްޓިކަލް ޕްރޮގްރާމްސް އެނގުން އަދި ރެސްކިއު ޑައިވް އަދި ފަސްޓްއެއިޑް ކޮލިފިކޭޝަން އޮންނަ ފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މިމަޤާމްތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 2022 އޭޕްރީލް 5 13:00 ގެ ކުރިން، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާތަކަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު  އާއި އިމްތިޙާން އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމްތަކަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އާއި އިމްތިޙާން އޮންނާނީ، 06 އޭޕްރީލް 2022 އާއި 26 އޭޕްރީލް 2022 އާ ދެމެދު، މިނިސްޓްރީ އޮފް ފިޝަރީޒް، މެރިން ރިސޯސަސް އެންޑް އެގްރިކަލްޗަރ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3339244/3339246 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަންކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv/recruitment-usoolu) އިން ލިބެން ހުންނާނެއެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
30 މާރިޗު 2022
މުއްދަތު ހަމަވާ ތާރީޚް
5 އޭޕްރީލު 2022