ވަޒީފާތައް

މުސާރަ
5,900 ރުފިޔާ+
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,900 ރުފިޔާ+
ސަރވިސް އެލަވަންސް -/2,520 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

· ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
· އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
· ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
· ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
· މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/232957

މަޤާމުގެ ޝަރުތު:

  • ހިއުމަން ރިސޯސް ފަދަ ދާއިރާއިން ޑިޕްލޮމާއެއް އޮތުން ނުވަތަ،
  • ޖީ.ސީ.އީ އޭ ލެވެލް އިމްތިހާނުން 4 (ހަތަރެއް) މާއްދާއިން ފާސްވުމާއެކު ދާއިރާއިން 2 (ދޭއް) އަހަރު ދުވަހުގެ  ތަޖުރިބާ ލިބިފައިވުން ނުވަތަ،
  • ދާއިރާއިން 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް މީހަކު ހޮވުމުގައި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި، މައިކްރޯސޮފްޓް އެކްސެލް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ވަޒީފާތަކަށް ބޭނުންވާ މީހުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން؛
  • އިޢުލާން ތައްޔާރުކޮށް ގެޒެޓާއި ވެބްސައިޓްއަދި ޕޯޓަލްގައި އަޕްލޯޑްކޮށް ރެކްރޫޓްމަންޓް ރިކްއެސްޓް ފޯމާއި އިޢުލާން އެއްފަތްކުރުން؛
  • އިންޓަރވިޔުއަށް ބޭނުންވާ ސަމަރީ ރިޕޯޓް ހަދާ ޝޯޓްލިސްޓްކުރުމާއި ފޯމް ހެދުމާއި އަދި އިންޓަވިއު ބޭއްވުމަށް ކުރަންޖެހޭ އެންމެހާ ތައްޔާރީތައް ކުރުން.
  • ޓެސްޓް، ޕްރެޒެންޓޭޝަން އަދި މިނޫންވެސް ކެންޑިޑޭޓުންގެ އެސެސްމެންޓެއް ހަދަން ޖެހޭނަމަ އެ އިންތިޒާމްތައް ހަމަޖެއްސުން؛
  • އިންޓަވިއު ނިމުމުން މަރކްސްތައް އެންޓަރކޮށް، އިންޓަވިއު ސަމަރީ ރިޕޯޓް ހަދާ އަންގަންވާ ފަރާތްތަކަށް މައުލޫމާތު ހިއްސާކުރުން؛
  • މަޤާމްތަކަށް ހޮވޭ އަދި ނުހޮވޭ ކެންޑިޑޭޓުންނަށް އެންގުން؛
  • ބިދޭސީ މުވައްޒަފުން ހޯދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުން. އެގޮތުން ބިދޭސީ މުވައްޒަފުންގެ ވޯކް ވިސާ ފީ ދެއްދުކުމާއި، ވޯކް ވިސާ ކާޑް ހެއްދުމާއި، ވޯކް ޕަރމިޓް (އެމްޕްލޯއީ އެޕްރުވަލް)ހެއްދުމާއި، އިންޝޫރެންސް ހެއްދުމާއި، މެޑިކަލް ހެއްދުމާއި، ޕާސްޕޯޓް ހެއްދުމާއި އަދި މީގެ އިތުރުން ވޯކް ވިސާ އާއި ގުޅިގެން ކުރަންޖެހޭ އެންމެހާ މަސަތްކަތްތައް ކުރުން.
  • އެކްސްޓަރނަލް އެޖެންސީއާ ހަވާލުކުރެވޭނަމަ، އަޕްޑޭޓް ލިސްޓް މަހުން މަހަށް ހޯދައި ބިދޭސީންނާގުޅޭ ހުރިހާ މައުލޫމާތު އަޕްޑޭޓްކޮށް ބެލެހެއްޓުމާއި، ކޮންޓްރެކްޓްތައް ހެދުން، އަދި އެޖެންސީއިން ފޮނުވާ ބިލްތައް ޗެކްކޮށް އަޕްޑޭޓްކޮށް ކަމާގުޅޭ ޑިޕާޓްމަންޓްތަކަށް މައުލޫމާތު ފޯރުކޮށްދިނުން.
  • މީޓިންތަކުން ހުށަހެޅޭ މަސައްކަތުގެ އަޕްޑޭޓް ބެލެހެއްޓުމާއި ޔައުމިއްޔާ ލިއުން؛
  • ޑިޕާޓްމަންޓްގެ ޕްރެޒެންޓޭޝަން މަސައްކަތްކުރުން؛
  • މުވައްޒަފަކު ޗުއްޓީއަށް ދިއުންފަދަ ހާލަތެއްގައި އެ މުވައްޒަފެއްގެ މަސައްކަތް ބަހާލުމުން ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
  • ލިބޭ ސިޓީ، މެއިލްފަދަ ލިޔުންތައް ދުވަހުންދުވަހަށް ބަލާ ކަމާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ކުރުން؛
  • ކުންފުނީގެ މުވައްޒަފުންގެ އެކުވެރިކަމާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތަކުގައި އެހީތެރިވުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ޝާޢިއުކުރި ތާރީޚް
14 މާރިޗު 2023
މުއްދަތު ހަމަވާ ތާރީޚް
20 މާރިޗު 2023