ވަޒީފާތައް

މުސާރަ
5,400 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
3
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
5,400 ރުފިޔާ+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ
ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ
ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/236448

މަޤާމުގެ ޝަރުތު:

  • ޖީ.ސީ.އޯ އޭ ލެވެލް އިމްތިޙާނުން 2 (ދޭއް) މާއްދާއިން ފާސްވެފައިވުމާއި މަޤާމާއި ގުޅޭ ދާއިރާއިން 1 (އެކެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ 4 (ހަތަރެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ވެހިކަލްތައް ދުވަހުންދުވަހަށް ސާފުކުރުމާއި އަދި މެނޭޖްމަންޓުން އަންގައިފައިވާ ގަޑިތަކުގައި ސާފުކޮށް ވެހިކަލްގެ އެތެރޭގައި ނުބައިވަސް ނުދުވާނެހެން ބެލެހެއްޓުން؛
  • ލޮޖިސްޓިކްސް ގެ ދަތުރުތަކަށާއި، ވެހިކަލްތަކަށް ދިމާވާ ކުދިކުދި މަރާމާތުތަކަށް ޚަރަދުކުރުމަށް ޙަވާލުކޮށްފައިވާ ޕެޓީ ކޭޝް ނަޒާހަތްތެރިކަމާއިއެކު ޚަރަދުކޮށް ބެލެހެއްޓުމުގެ ޒިންމާ އުފުލުން؛
  • ވެހިކަލް ދުއްވަން ފެށުމުގެ ކުރިން، އަޑީތެޔޮ ފަދަ އެހެނިހެން ތަކެތި ހަމަތޯ ނުވަތަ މަދުތޯ ބަލައި ޗެކްކުރުމާއި؛ ވެހިކަލްތަކަށް ބޭނުންވާ ތަކެތި ހޯދުމަށް ސްޕަވައިޒަރާ ގުޅިގެން މަސައްކަތްކުރުން؛
  • ވެހިކަލްދުއްވާ ވަގުތާއި، ރަސްމީ ޑިއުޓީގެ ވަގުތުގައި ކުންފުނީގެ ޔުނިފޯމު ނުވަތަ ޓީޝާޓު، ނުވަތަ އޮފީހުގައި ބޭނުންކުރާ ރަސްމީ ފޭރާމެއްގައި ސާފުތާހިރުކަމާއިއެކު ހުރުން؛
  • ވެހިކަލްތަކަށް ދިމާވާ މައްސަލަތައް ޙައްލު ކުރުމާއި، އަމިއްލަޔަށް ޙައްލު ނުކުރެވޭ ވަރުގެ ކަންކަން ދިމާވުމުން އެކަމެއް ރަނގަޅު ކުރުމަށްޓަކަށް ކުރަންޖެހޭ އެންމެހާ ކަންކަމުގައި ސްޕަވައިޒަރަށާއި، އޮފިސަރަށް އެހީތެރިވެދިނުން
  • ކުއްލި ޙާލަތެއް މެދުވެރިވެގެން ވެހިކަލްގެ ފުރޮޅު ބަދަލުކުރަން ޖެހިއްޖެނަމަ އެފަދަ ކަންކަން ކުރުން؛

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • އެއްގަމު އުޅަނދު ދުއްވުމުގެ ލައިސެންސްގެ ސާފު ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
11 އޭޕްރީލު 2023
މުއްދަތު ހަމަވާ ތާރީޚް
20 އޭޕްރީލު 2023