މަޤާމުގެ ޝަރުތު:
|
- ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ
- މަތީސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް
|
- މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
|
- ރޭޑިއޯ އާއި ޓީވީ އިން ތައްޔާރު ކުރާ ޚަބަރާއި ޕްރޮގްރާމްތައް އޮންއެއަރ ކުރުމުގެ މަސައްކަތް ކުރުން؛
- ރޭޑިއޯ/ޓީވީ އަށް އެޑިޓަރުން ދޭ ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްތައް ޕްލޭނިންގ ޝީޓްތަކަށް އަޅާ ތައްޔާރުކުރުން؛
- އޮންއެއަރ ކޮންޓްރޯލްގައި ހުންނަ ވީޑިއޯ ސުވިޗަރ / އޯޑިއޯ މިކްސަރ ފަދަ އިކުއިޕްމަންޓް އޮޕަރޭޓް ކުރުން؛
- ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ގަޑިޔަށް އޮންއެއަރ އަށް ފޮނުވުން
- ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ރިކޯޑްކުރާ ޕްރޮގްރާމްތައް ގަޑިޔަށް ރިކޯޑްކުރުން؛
- ނިއުސް އިން އެއަރ ކުރާ ޕްރޮގްރާމްތައް އަރކައިވް ކުރުން؛
- ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތްކުރުން؛
- މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން
|