ވަޒީފާތައް

މުސާރަ
8,190 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
2
ރަށް
މާލެ ސިޓީ، ހުޅުމާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,190 ރުފިޔާ+
ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ހާޒިރީ ޢިނާޔަތް: ހާޒިރުވާ ދުވަހަކަށް -/67
ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑުތައް (01 މޭ 2023 އިސްލާހާއި އެއްގޮތަށް) އިތުރު ގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.
ވަޒީފާގެ ތަފްޞީލު

1.އާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނު، އިންޓަރނޭޝަނަލް ހެލްތު ރެގިއުލޭޝަންސް(2005) ، ބަނދަރުތަކުގައި ޞިއްޙީ ރައްކާތެރިކަން ކަށަވަރުކުރުމުގެ އާންމު ގަވައިދު އަދި ކަމާގުޅޭ އެކިއެކި އުސޫލުތަކާ އެއްގޮތަށް، ރާއްޖޭން ބޭރުން އަންނަ އަދި ފުރާ އުޅަނދުފަހަރަށް ހެލްތު ކްލިއަރެންސް ދިނުމާއި އަދި ޞިއްޙީގޮތުން ސާވައިލަންސް، މޮނިޓަރ އަދި ރިޕޯރޓް ކުރުމުގެ މަސައްކަތްތަކުގައި އަރަންޖެހޭ އުޅަނދުތައް ކޮންމެ ދުވަހަކު ފާހަގަކޮށް އެ އުޅަނދުތަކަށް އަރައި ބަލާފާސްކުރުމާއި، އަދި ބަނދަރުގައި ޔުނީފޯރމުގައި ޑިއުޓީކޮށްގެން މި މަސައްކަތް ފުރިހަމަކުރުން.

2. ކަމާގުޅޭ ޤާނޫނު، ގަވައިދު އަދި އުސޫލުތަކާ ފަހުގެ އިރުޝާދުތަކާ އެއްގޮތަށް، ރާއްޖެއިން ބޭރުން އަންނަ ފަޅުވެރިންނާއި އަދި ދަތުރުވެރީންނާ ގުޅޭގޮތުން، ބަނދަރުގައި ނުވަތަ އުޅަނދުގައި ޞިއްޙީގޮތުން ސާރވައިލަންސް، އެކްޓިވް ސާރވައިލަންސް، ސްކްރީންނިންގ، ކޮންޓެކްޓް ޓްރޭސިންގ، ރިޕޯރޓިންގ އަދި ސެލްފް ރިޕޯޓިންގ، ކަރަންޓީން ނުވަތަ އައިސޮލޭޓް ކުރުމުގެ މަސައްކަތް އިރުޝާދު ހޯދުމާއެކު އިސްނަގައިގެން ފުރިހަމަކުރުން.

3. ބައިނަލްއަގްވާމީ ދަތުރުކުރާ ވައިގެ އުޅަނދުފަހަރުގެ ޑިސްއިންސެކްޝަން މަސައްކަތް އަދި ކަނޑުގެ އުޅަނދުފަހަރު ސެނިޓޭޝަން، ފިއުމިގޭޝަން ނުވަތަ ޑިސްއިންފެކްޝަން ކުރާކަން ކަށަވަރުކުރުމާއި، ރިޕޯރޓުކުރުމާއި، މޮނީޓަރިން އަދި ކަރަންޓީން ކުރުމާގުޅޭ ކަންކަން ކޮންމެ ދުވަހަކު ފުރިހަމަ ކުރުން.

4. ބައިނަލްއަޤްވާމީ ބަނދަރުގެ ސަރަހައްދުގައި ހުންނަ އިމާރާތްތަކާއި، މުދަލާއި ކުނި ޖަމާވާ ތަންތަން ނެއްތާލާކަން ކަށަވަރުކުރުމާއި، ވެކްޓަރ ކޮންޓްރޯލް އިންސްޕެކްޓް ކުރުމާއި، ސެނިޓޭޝަން ނުވަތަ ސާފު ތާހިރުކަމާ ގުޅުން ހުރި ނުވަތަ އާންމު ޞިއްޙަތާއި ގުޅުންހުރި ބަނދަރުގައި ކުރަންޖެހޭ ކަންކަން އިންސްޕެކްޝަން އުސޫލުން ތާވަލެއް ކަނޑައަޅައި ދުވަސް/ހަފްތާ އަދި މަހުން މަހަށް ފުރިހަމަކުރުން.

5. ޕޯރޓް ހެލްތު ސެކްޝަނާ ގުޅޭ އިދާރީ މަސައްކަތްތަކާއި، ޑިއުޓީ ދަންފަޅިތަކާ ގުޅޭ ކަންކަމާއި އަދި އޮޕަރޭޝަނަލް މަސައްކަތްތައް ކުރެވޭގޮތް ބެލުމާއި، މަސައްކަތްތައް ތަރުތީބުކޮށް ހަރުދަނާކުރުމުގެ މަސައްކަތް އިސް ނަގައިގެން އިރުޝާދާއެއްގޮތަށް އީޖާދީގޮތެއްގައި ލަނޑުދަނޑިތައް ހާސިލްކުރުން. މީގެ ތެރޭގައި އެތެރޭގައި އަމަލުކުރާ އުސޫލުތައް، ޗެކް ލިސްޓްތަކާއި، ޑޭޓާ ޝީޓްތަކާއި، ރިޕޯރޓް ފޯރމެޓް އަދި ރޮސްޓަރ ޑްރާފްޓް ފަދަ ޑްރާފްޓްތައް ތައްޔާރުކުރުމާ، ބަނދަރުގައި ހިދުމަތްދޭ މަލްޓި އެޖެންސީ ސްޓޭކް ހޯލްޑަރުންނާ ބައްދަލުކުރުމާއި، އެޖެންޑާއާއެކު މީޓިންގ ބާއްވައި ލީޑްކުރުމާއި، އެކްޓިވިޓީ ޕްލޭން ހެދުމާއި އަދި އެކްޝަން ޕްލޭން ތަންފީޒުކުރުމާއި، ފަހުގެ މައުލޫމާތު ހޯދުމާއި، މުވައްޒަފުން ލައްވާ މަސައްކަތް ކުރުވުމާއި އަދި ފޮލޮ-އަޕް ހެދުން ހިމެނެއެވެ.

6. ޕޯރޓް ހެލްތުގެ މަސައްކަތްތަކާ ގުޅޭ ފަންނީ އަދި އިދާރީ މަސައްކަތްތަކާއި އެކިއެކި އޮޕަރޭޝަނަލް މަސައްކަތްތަކުގައި، ސުޕަވައިޒަރާއި ސެކްޝަނުގެ މުވައްޒަފުންނާ ނުވަތަ އެޗް.ޕީ.އޭގެ އިދާރީ ބަޔަށް އަދާހަމަކުރެވިފައިވާ މައުލޫމާތު އިސް ނަގައިގެން ބައްދަލުކޮށް ނުވަތަ ލިޔެކިޔުމުންވެސް ޙިއްސާކުރުމާއި، އަހަރީ، މަހު، ހަފްތާ، ދުވަހު ރިޕޯރޓް، ސްޓެޓިސްޓިކްސް ނުވަތަ ޑޭޓާ ރިޕޯރޓް އަދި ޔައުމިއްޔާ ލިޔުމާއި، ދުވަހު މަސައްކަތް ނުވަތަ މިފަދަ ހާއްސަ ޓާސްކްތަކާ ފުރިހަމަކުރުން އަދި ހޭންޑް-އޯވަރ ދިނުމާއި، އޮފީސް އަދި އަމިއްލަ ރަސްމީ އީ-މެއިލު، ޓީމްސް، ފޯނުން ޖަވާބު ދިނުން އަދި ސުޕަވައިޒަރު ދޭ އިރުޝާދާ އެއްގޮތަށް ވަގުތައް މަސައްކަތް ނިންމުން.

7. ޤާނޫނު، ގަވައިދު، އުސޫލުތަކާއި އަދި އިރުޝާދުތަކާ އެއްގޮތަށް، ޑެޑްބޮޑީ އާގުޅޭ ކްލިއަރަ ންސް، ޝިޕްމެޑިސިން ޗެސްޓާ ގުޅޭ ކަންކަން، އަދި ގައިންގަޔަށް ފެތުރޭ ބައްޔަކަށް ނުވަތަ ޞިއްޙީ ނުރައްކަލަކަށް ހުށަހެޅިދާނެ އެހެނިހެން ކަންކަމުގެ ތެރެއިން ބަނދަރާއި، އުޅަނދުފަހަރާއި އަދި ދަތުރުވެރީންނާއި ކުރޫންނާ ގުޅޭ ކަންކަން ކުރީބައިގައި އެކްޓިވްކޮށް ދެނެގަތުމާއި، މޮނިޓަރ ކުރުމާއި، ބަލާ ފާސްކުރުމާއި އަދި ރިޕޯރޓުކުރުން.

8. ސެކްޝަނުގެ މަސައްކަތާގުޅޭ ވޯކްޝޮޕް އަދި ތަމްރީންތައް ހިންގުމަށްޓަކައި ޕްލޭންކުރެވިގެން، ސުޕަވައިޒަރުގެ އިރުޝާދު ހޯދައިގެން ތަމްރީން ކޮންޓެންޓް މެޓީރިއަލް ޑިވެލޮޕްކުރުމަށްފަހު، ޓީމް އެކުލަވާލައި ތާވަލެއް ކަނޑައަޅައި އޮގަނައިޒުކުރުމަށްފަހު ދައުވަތު ފޮނުވައިގެން ތަމްރީން ހިންގުން ނުވަތަ ބައިވެރިވުން. މީގެ ތެރޭގައި ސްޓޭކް ހޯލްޑަރުންނާއި އޮފީހުގެ މުވައްޒަފުން ހިމެނޭހެން ތަމްރީންތައް ރާވައި ހިންގުން އަދި ބައިވެރިވެ ފުރިހަމަކުރުން ހިމެނެއެވެ.

9. ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ގާއިމުކުރެވިފައިވާ ޕޯރޓް ހެލްތު ޔުނިޓްތަކާއި އަދި ޕަބްލިކް ހެލްތު ޔުނިޓްތަކުން ދެމުން އަންނަ ޕޯރޓް ހެލްތާ ގުޅުން ހުރި މަސައްކަތްތަކުގައި، ފަންނީގޮތުން އެހީތެރިވެދީ އަދި ހަރުދަނާކުރުމުގައި، ގަވައިދުގައި ބުނާ މަސައްކަތްތަކާއި ޚިދުމަތްތައް ދޭގޮތް ކޮންމެ މަހަކު މޮނީޓަރ ކުރުމާއި، އެފަރާތްތަކާ ސެންޓްރަލީ ވިލަރެސްކުރުމާއި، ސުޕަވައިޒަރު، ޔުނިޓް އަދި އެޗް.ޕީ.އޭ އެޑްމިންއާއެކު ވިލަރެސްކޮށްގެން މޮނީޓަރިން ދަތުރު ހަމަޖައްސައި ޒިޔާރަތްކޮށް، ރިޕޯރޓް ޑްރާފްޓްކޮށް އަދި ފޮލޮއަޕް ހެދުން.

10. ގަވައިދާއި އަދި އުސޫލުތަކުގެ ދަށުން، ޚިދުމަތް ދޭންޖެހޭ ފަރާތްތަކާއި އަދި ފިޔަވަޅު އަޅަންޖެހޭ ފަރާތްތަކުން ސީދާ ހޯދާ މައުލޫމާތުގެ ޞައްހަކަން ކަށަވަރު ކުރުމަށްފަހު ކޮންމެ މަހަކު ނުވަތަ ހަފްތާއަކު ކަމާގުޅޭ ރިޕޯރޓް ތައްޔާރުކޮށް ރިޕޯރޓް ފޮނުވުމާއި، ނަގަންޖެހޭ ޚިދުމަތުގެ-ފީ އަދި ޖޫރިމަނާ ފީ ނެގުމަށް ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކޮށް، ކަމާބެހޭ އިދާރާއަށް އެ ފައިސާ ދައްކާފައިވާކަން ކޮންމެ ދުވަހަކު ކަށަވަރު ކުރުމާއި އަދި އުސޫލުގެ ތެރެއިން ޚިދުމަތް ދިނުން.

11. ގަވައިދުތަކާއި އުސޫލުތަކާ އެއްގޮތަށް، ސްޓޮކް އަދި އިންވެންޓްރީ ބަލަހަށްޓައި، މުދަލާއި އަދި ތަކެއްޗަށް އެދުމާއި އަދި ހަވާލުވެ ރައްކާތެރިކަމާއެކު ބެލެހެށްޓުމަށް ކުރަންވާނެ މަސައްކަތް ނިންމުން ނުވަތަ ސުޕަވައިޒަރު ކަނޑައަޅާފައިވާ މުވައްޒަފުން މެދުވެރިކޮށް އެ މަސައްކަތް ފުރިހަމަ ކުރުވުމާއި، މުދަލާއި ތަކެތީގެ ލިސްޓް ޗެކުކޮށް އަދާހަމަ ކުރުމާއެކު، ސަލާމަތާ ރައްކާތެރިކަން ކަށަވަރުކުރުމާއެކު ސުޕަވައިޒަރާއި އަދި ސީދާ އިދާރީ ބަޔަށް ކަނޑައަޅާ ގޮތެއްގެ މަތީން ލިޔެކިޔުން ފޮނުވުން ނުވަތަ ފޮނުވާކަން ކަށަވަރުކުރުކޮށް ޞިއްޙީ ކާރިސާތަކުގައި އަދި ޚާއްސަ އޮޕަރޭޝަންސްތަކުގައި ހެލްތު ޕްރޮޓެކްޝަން އެޖެންސީން ހަވާލުކުރާ މަސައްކަތް ފުރިހަމަކުރުން

12. ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ރަސްމީ މަސައްކަތްތަކާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުމުގައި ސުޕަވައިޒަރުގެ ލަފަޔާއެއްކޮށް މަސައްކަތްކުރުން އަދި ޞިއްޙީ އެކިއެކި ކާރިސާއާއި ގުޅިގެން ކުރަންޖެހޭ މަސައްކަތްތަކާ އަދި އެކިއެކި ކަންކަމާ ގުޅިގެން ޙަވާލުކު  ރެވޭ އެންމެހާ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ސާނަވީ ތަޢުލީމު

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • އިއުލާނުގައި ހިމެނިފައި
  • https://www.gazette.gov.mv/iulaan/364224

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
20 އޮކްޓޯބަރު 2025
މުއްދަތު ހަމަވާ ތާރީޚް
21 އޮކްޓޯބަރު 2025
އެޕްލިކޭޝަން ހުށަހެޅުމަށް