ވަޒީފާތައް

މުސާރަ
6,000 ރުފިޔާ - 9,500 ރުފިޔާ
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
6,000 ރުފިޔާ - 9,500 ރުފިޔާ
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތް ކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

·         ރޭޑިއޯ އާއި ޓީވީ އިން ތައްޔާރު ކުރާ ޚަބަރާއި ޕްރޮގްރާމްތައް އޮންއެއަރ ކުރުމުގެ މަސައްކަތް ކުރުން.

·         ރޭޑިއޯ/ޓީވީ އަށް އެޑިޓަރުން ދޭ ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްތައް ޕްލޭނިންގ ޝީޓްތަކަށް އަޅާ ތައްޔާރުކުރުން.

·         އެޑިޓަރ އަންގާ ގޮތެއްގެ މަތިން ނިއުސް ބަރ ލިއުމާއި، ސްކްރިޕްޓްތައް އޮންއެއަރ އަށް ފޮނުވުމުގެ ކުރިން ޗެކްކޮށް ޓެލެޕްރޮމްޕްޓަރ އަށް ފޮނުވުން.

·         އޮންއެއަރ ކޮންޓްރޯލްގައި ހުންނަ ވީޑިއޯ ސުވިޗަރ، ޕްލޭއައުޓް އޯޑިއޯ މިކްސަރ އަދި އޮޓޯކިއު ކޮންސޯލް ފަދަ އިކުއިޕްމަންޓްސް އޮޕަރޭޓް ކުރުން.

·         ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ބޭނުންވާ ޕްރޮގްރާމްތައް ގަޑިއަށް އޮންއެއަރ އަށް ފޮނުވުން.

·         ނިއުސް އޮންއެއަރ ފުރިހަމަކުރުމަށް ރިކޯޑްކުރާ ޕްރޮގްރާމްތައް ގަޑިއަށް ރިކޯޑްކުރުމާއި އެޑިޓް ކުރަން ޖެހޭ ހާލަތުގައި އެޑިޓް ކުރުން.

·         ނިއުސް ޝެޑިއުލް ހެދުމާއި، ޝެޑިއުލާ އެއްގޮތަށް އޮން އެއަރކުރެވުނުތޯ ޗެކްކުރުން.

·         ނިއުސް އިން އެއަރ ކުރާ ޕްރޮގްރާމް ތައް އަރކައިވް ކުރުން.

·         ރޭޑިއޯ / ޓީވީ ޕްރޮގްރާމްތައް ޕްރޮޑިއުސް ކުރުން ނުވަތަ އެހީތެރިވެދިނުން.

·         ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތް ކުރުން. 

·         މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައި ހުންނަ ޕްރޮސީޖާތަކާއި އުސޫލުތަކާ އެއްގޮތަށް އަމަލުކުރުން. 

·         މީގެ އިތުރުންވެސް ވަޒީފާގެ މަސައްކަތާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހާ މަސައްކަތްތަކާއި ޙާއްސަ ހާލަތްތަކާގުޅިގެން ކުރަންޖެހޭ މަސައްކަތްތައް އޮފީހުން އަންގާގޮތެއްގެ މަތިން ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް
ޢުމުރު
18 އަހަރު+

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
3 ޖުލައި 2025
މުއްދަތު ހަމަވާ ތާރީޚް
9 ޖުލައި 2025
އެޕްލިކޭޝަން ހުށަހެޅުމަށް