|
މަގާމު: ބޭނުންވާ ޢަދަދު: މަގާމުގެ ބާވަތް: މަގާމުގެ ރޭންކް: ސެކްޝަން / ޔުނިޓް: އޮފީސް: ވަޒީފާ އަދާކުރަންޖެހޭ ތަން:
|
ޑިރެކްޓަރ – އިމަރޖެންސީ މެނޭޖްމަންޓް 1 (އެކެއް) ދާއިމީ DMT5-1 އިމަރޖެންސީ މެނޭޖްމަންޓް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ / މާލެ
|
|
މަގާމުގެމައިގަނޑު މަސްއޫލިއްޔަތާއި ވާޖިބުތައް: |
||||||||||||||||||||||||
|
1. އިމަރޖެންސީ މެނޭޖްމަންޓް ސެކްޝަންގެ އެންމެހާ މަސައްކަތް ރާވައި މަސައްކަތްތައް ހިނގާ ނުހިނގާގޮތް ބެލުމާއި މުވައްޒަފުންނަށް ބޭނުންވާ އިރުޝާދު ދިނުން 2. ކާރިސާގެ ހާލަތެއް ދިމާވެއްޖެނަމަ އެކަމަކުން ސަލާމަތްވެ އާންމު ހާލަތައް ގެނައުމަށްޓަކައި ކުރަންޖެހޭ އެންމެހައި މަސައްކަތް ތަކުގައި އެހީތެރިކަމާއި އެއްބާރުލުން ދިނުމާއި ރާއްޖެއަށް ކުރިމަތިވެދާނެ ކާރިސާއެއްގެ ސަބަބުން ޙާލުގައިޖެހޭ ރައްޔިތުންނަށް ސަރުކާރުން ކަޑައަޅާ އުޞޫލެއްގެ މަތީން ދޭންޖެހޭ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތްކުރުމައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން. 3. ކާރިސާގެ ވަގުތުގައި ނުރައްކަލާގުޅޭ މަޢުލޫމާތު ރަށްތަކަށާއި ސަރަޚައްދުތަކަށް ފެތުރުމަށްޓަކައި ކުރަންޖެހޭ މުއާމަލާތްތައް ކުރުމާއި އެފަދަ މަޢުލޫމާތުތައް ރަށްތަކަށާއި ސަރަޙައްދުތަކަށް މެދުނުކެނޑި ފޯރުކޮށްދިނުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން.
4. މިއޮތޯރިޓީގެ އިމަރޖެންސީ އޮޕަރޭޝަންގެ ސްޓޮކް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި މަސައްކަތް ސުޕަވައިޒްކުރުން. 5. އޮންކޯލް ޑިއުޓީ ތާވަލު ތައްޔާރުކުރުމުގެ މަސައްކަތް ސުޕަވައިޒްކުރުން އަދި މި އޮތޯރިޓީގެ އޮންކޯލް ޚިދުމަތް މެދު ނުކެނޑި ލިބޭކަން ކަށަވަރުކުރުން. 6. ކަނޑައެޅިފައިވާ ޤަވާއިދުތަކާއި އެއްގޮތްވާގޮތުގެމަތީން ކާރިސާތަކާއި ކުއްލި ނުރައްކަލުގެ ހާލަތްތަކަށް އިޖާބަދިނުމާއި އަލުން އިޔާދަވުމުގެ ހުރިހަ މަސައްކަތެއް ކަމާއިގުޅޭ އިދާރާތަކާއި އެކު އިސްވެ ކޯޑިނޭޓް ކުރުމާއި މަސައްކަތް ސުޕަވައިޒްކުރުން. 7. ކާރިސާތަކާއި ގުޅޭ އެންމެހާ ޑޭޓާ ބެލެހެއްޓުމާއި ޑޭޓާ އެނަލައިޒްކޮށް ކާރިސާތަކާއި ގުޅޭ ރިޕޯޓުތައް ތައްޔާރުކުރުމުގެ މަސައްކަތުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން. 8. ކާރިސާތަކާއި ގުޅިގެން ހަދަންޖެހޭ އެސެސްމެންޓްތައް ހަދައި ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ފޯރުކޮށްދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމުގެ އެންމެހާ މަސައްކަތެއް ވިލަރެސްކުރުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި އެ މަސައްކަތް ސުޕަވައިޒްކުރުން.
9. ފުރަތަމަ އިޖާބަދޭ ފަރާތްތަކާއި ނާޒުކު ރަށްރަށުގެ ކައުންސިލް އިދާރާތަކުގެ ރެސްޕޮންސް ކެޕޭސިޓި އިތުރުކުރުމަށް ކުރަންޖެހޭ އެންމެހާކަންކަންކުރުމަށް އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން. 10. ކާރިސާތަކަށް ވިލުންވެރި މުޖުތަމަޢުއެއް ބިނާކުރުމަށް، ކާރިސާތަކަށް ތައްޔާރުވުމުމާއި ގެއްލުންކުޑަކުރުމުގެ ޕްރޮގްރާމްތައް ޤައުމީ އަދި ބައިނަލްއަޤްވާމީ އެކިއެކި ޖަމިއްޔާ އަދި ޖަމާޢަތްތަކާއި ގުޅިގެން، ރާއްޖޭގެ ރަށްރަށުގައި ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވުމާއި ސުޕަވައިޒްކުރުން. 11. ރާއްޖެއާއި ރާއްޖޭން ބޭރުގެ އެހެނިހެން ޖަމިއްޔާ ޖަމާއަތްތަކުގެ މެދުގައި ގުޅުން އުފެއްދުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި ރާއްޖޭން ބޭރުން ވަޑައިގަންނަވާ ކޮންސަލްޓަންޓުން ހިންގަވާ ވޯކްޝޮޕް، ސެމިނަރތައް ރާވާ ހިންގުމަށް ބޭނުންވާނޭ އެންމެހާ އެހީތެރިކަމާ އެއްބާރުލުން ދިނުން. 12. ރާއްޖެއިން ބޭރުން ހިންގަވާ ވޯކްޝޮޕް، ސެމިނާރ ފަދަ ބައްދަލުވުންތަކުފައި މި އޮތޯރިޓީ ތަމްސީލްކުރުން މީގެ އިތުރުން ރަސްމީ މަސައްކަތާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި ކަންތައްތައް ކުރުން. 13. ކާރިސާތަކަށް އިޖާބަ ދިނުމާއި ކާރިސާގެކަންކަން ބެލެހެއްޓުމުގެ ދާއިރާއަށް ބޭނުންވާ މުހިންމު ޤަވާއިދުތަކާއި އުސޫލުތައް އެކުލަވާލުމާއި، ގެންނަންޖެހޭ ބަދަލުތައް ސުޕަވައިޒަރުގެ ލަފާގެމަތިން ގެނައުން.
|
||||||||||||||||||||||||