ވަޒީފާތައް

ޑިރެކްޓަރ ލީގަލް މުއްދަތު ހަމަވަނީ

Public Service Media
މުސާރަ
12,300 ރުފިޔާ - 25,770 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,300 ރުފިޔާ - 25,770 ރުފިޔާ
• ސަޕޯޓް ސަރވިސް އެލަވަންސް: -/5,010 ރުފިޔާ
• ސަރވިސް އެލަވަންސް -/5،000
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ކޮމިޔުނިކޭޝަން އެލަވަންސް: -/1،000 ރުފިޔާ
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރު އެލަވަންސެއްވާނަމަ ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

·      ލީގަލް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި ޕްރޮސީޖަރތަކާއި، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ރާވާ ހިންގާ ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ މައުލޫމާތުތައް ހިއްސާކުރުން؛

·      ކުންފުނީގެ ލީގަލްއާ ގުޅޭ މަސައްކަތްތައް ރާވާ ހިންގުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީތަކާއި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛

·      ޝަރުޢީ އަދި ޤާނޫނީ ދާއިރާ އިން ކުންފުންޏަށް ބޭނުންވާނެ ލަފާދިނުމައްޓަކައި ހަދަންޖެހޭ ދިރާސާތައް ހެދުމާއި އެފަދަކަންކަމަށް ތައްޔާރުކުރަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން؛

·      ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ/ޖަމާޢަތްކުން އަންނަ ސިޓީތަކުގެ ތެރެއިން ލީގަލް ޔުނިޓުން ޖަވާބުދާރީވާންޖެހޭ އެންމެހައި ލިޔުންތަކަށް ޖަވާބުދާރީވުން؛

·      ކުންފުނީގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި، މެނޭޖްމަންޓުން ނިންމައިފިނަމަ އެ އިޞްލާޙެއް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑަށާއި، މެނޭޖްމަންޓަށް ދޭންޖެހޭ ޤާނޫނީ ލަފާއާއި އެހީތެރިކަން ދިނުމުގެ މަސައްކަތްކުރުން؛

·      ޓެންޑަރ އިވެލުއޭޝަން ކޮމެޓީން ނިންމާ މައްސަލަތަކުގައި ޤާނޫނީގޮތުން އުފެދޭ ހުސޫމަތުތަކާބެހޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި، ލަފާ ދިނުމާއި އެ މަސައްކަތްކުރުވުން؛

·      ކުންފުނީގެ ޑިޕާޓްމަންޓްތައް ހިންގުމުގައި ޤާނޫނީގޮތުން ދިމާވާ މައްސަލަތަކުގައި މެނޭޖްމަންޓަށް ޤާނޫނީ ލަފާ ދިނުމާއި އަދި އެ މަސައްކަތްތައް ކުރުވުން؛

·      ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރާ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި ޑިރެކްޓަރުންގެ  ބޯޑަށް ޤާނޫނީ ލަފާ ދިނުމާއި އެ މަސައްކަތްތައް ކުރުވުން؛

·      ކުންފުނިން ތަންފީޒު ކުރަމުންދާ ހުރިހާ އެއްބަސްވުންތަކުގެ ރެޖިސްޓްރީއެއް އެކުލަވާލައި ވިލަރެސްކުރުން؛

·      އަލަށް އެކުލަވާލާ އެއްބަސްވުންތަކުގެ ޑްރާފްޓް އެކުލަވާލުމާއި، އިންޓަރނަލް ޕޮލިސީތަކުގެ ޑްރާފްޓް ޗެކްކުރުމާއި، އެލިޔުންތައް ތައްޔާރު ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެ މަތީންކަން ކަށަވަރުކޮށް އަދި އެމަސައްކަތް ކުރުވުން؛

·      ކުންފުނީގެ ޕޮލިސީތަކާއި، އުޞޫލުތަކާއި ޚިލާފަށް ނުވަތަ އެކަމެއް ކުރުމަށް ކަނޑައެޅިފައި އޮންނަ އިޖުރާއާތުތަކާއި ޚިލާފަށް ކުރަމުންދާ ކަންކަން ފާހަގަ ކުރެވިއްޖެނަމަ އެކަންކަން އެ ޑިޕާރޓްމަންޓެއް ހިންގަން ހުންނަ ވެރިޔެއްގެ ސަމާލުކަމަށް ގެނެސް ކަމާގުޅޭ ލަފާދިނުން؛

·      ޤާނޫނުތައް ދިރާސާކޮށް ކުންފުނީގެ އިޙުތިޞާސްތަކާއި ފުށުއަރާ ކަންކަމާއި ދާއިރާތައް ދެނެގަނެ އެކަންކަން އިސްލާޙު ކުރުމަށް ކުރަންޖެހޭ ކަންކަން ރާވާ ހިންގުން؛

·      ކުންފުނީގެ އެކިއެކި ކަންކަމާއި އަދި ވިޔަފާރީގެ މުޢާމަލާތްތަކަށް ހެދޭ އެއްބަސްވުންތަކުން ކުންފުންޏަށް ލިބިދާނެ ގެއްލުންތަކާއި ހިރާސްތައް ދިރާސާކޮށް ދެނެގަނެ، މެނޭޖްމަންޓަށް ހުށަހަޅާ، އެ ނިންމާ ނިންމުންތަކާއެއްގޮތަށް އަމަލުކުރުން؛

·      ތަޙްޤީޤުކުރަންޖެހޭ މައްސަލަތައް ތަޙްޤީޤް ކުރުމަށްފަހު ތަޙްޤީޤް ރިޕޯރޓް، މެނޭޖްމަންޓަށް ހުށަހެޅުމުން އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމަށް ނިންމައިފިނަމަ އެމައްސަލަ ޝަރީޢަތަށް ނުވަތަ ކަމާބެހޭ ފަރާތަކަށް ހުށަހެޅުމުގެ މަސައްކަތްކުރުން؛

·      ކުންފުނީގެ ފަރާތުން ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ދަޢުވާ ފޯރމާއި އެއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުވުމާއި ކުންފުނީގެ ފަރާތުން ވަކާލާތުކުރުމާއި އަދި އެ މަސައްކަތް ކުރުވުން؛

·      ކޯޓުތަކަށާއި އެހެނިހެން އިދާރާތަކައް ހުށަހެޅޭ މައްސަލަތަކުގައި ކުންފުނި ތަމްސީލުކުރުން؛

·      ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ކަމާބެހޭ ޑިޕާރޓްމަންޓަށް ލަފާ ދިނުމާއި، އެ ޙުކުމެއް ތަންފީޒުވެ ނިމެންދެން ވިލަރެސްކުރަމުން ގެންދިއުން؛

·      ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުން ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތަކުގެ ތެރެއިން އިސްތިޢުނާފް ކުރުމަށް ކުންފުނިން ނިންމާ މައްސަލަތައް އިސްތިޢުނާފް ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުވުމާއި، އެފަދަ ޙުކުމްތައް އިސްތިޢުނާފް ކުރުން؛

·        ކުންފުނީގެ މުވައްޒަފުންނަކީ ޤާނޫނާއި ގަވާއިދުތަކަށް އަހުލުވެރި ފަރާތްތަކެއްގެ ގޮތުގައި ދެމެހެއްޓުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތަކާއި، ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއި، ހަރަކާތްތަކާއި، ކަންތައްތައް ރާވާ ހިންގުމަށްޓަކައި ކަމާގުޅުންހުރި ފަރާތްތަކާއިގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތައް ކުރުން؛

·      ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި ދެމެދު ވެވޭ އެއްބަސްވުންތައް ތައްޔާރުކުރުމުގައި އެކަމާ ގުޅުންހުރި ޑިޕާޓްމަންޓްތަކާއެކު މަސައްކަތްކުރުމާއި އަދި އެފަރާތްތަކަށް އެއްބާރުލުންދީ އެހީތެރިކަން ފޯރުކޮށްދިނުން؛

·      މެނޭޖްމަންޓުން ނިންމާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައްތައް މެނޭޖްމަންޓްގެ އިރުޝާދުގެ މަތިން ކުރުން؛

·      ލީގަލް ޔުނިޓުގެ މުވައްޒަފުން، މަސައްކަތްތަކަށް އަހުލުވެރިކުރުވުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛

·      ތެދުވެރިކަމާއި، އަމާނާތްތެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކޮށް، މަސައްކަތްކުރުން؛

·      މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛

·      ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކިއެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛

·      ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
މާސްޓާރސް ޑިގްރީ

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
28 އޭޕްރީލު 2026
މުއްދަތު ހަމަވާ ތާރީޚް
1 މޭ 2026
އެޕްލިކޭޝަން ހުށަހެޅުމަށް