ވަޒީފާތައް

މުސާރަ
15,600 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
15,600 ރުފިޔާ+
އެހެނިހެން އެލަވަންސްތައް:
• ސަޕޯޓް ސަރވިސް އެލަވަންސް: 5,010/-ރުފިޔާ
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް ޑިޕާޓްމަންޓް ހެޑް އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/314053

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 8 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 12 އަހަރު ދުވަހު މެނޭޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ނުވަތަ ފައިނޭންޝަލް އެންޑް ކޯޕަރޭޓް ރިޕޯޓިންގ ދާއިރާއިން ތަޖުރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.
  • އެކައުންޓިންގ ނުވަތަ ފައިނޭންސްގެ ރޮނގުން ޕްރޮފެޝަނަލް ސަނަދެއް ހާސިލްކޮށް އަދި ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެމްބަރެއް ކަމުގައިވުން:-
  • މެންބަރ އޮފް އެސޯސިއޭޝަން އޮފް ޗަރޓަރޑް ސަރޓިފައިޑް އެކައުންޓަންޓް (ACCA)، ނުވަތަ؛
  • ސަރޓިފައިޑް ޕްރެކްޓިސިންގ އެކައުންޓަންޓް (CPA)، ނުވަތަ ؛
  • ޗަރޓަރޑް ޕަބްލިކް އެކައުންޓަންޓްސް (CPA)، ނުވަތަ ؛
  • ޗަރޓަރޑް އިންސްޓިޓިއުޓް އޮފް މެނޭޖްމަންޓް އެކައުންޓަންޓްސް (CIMA)، ނުވަތަ؛
  • އިންޓަރނޭޝަނަލް ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (IFAC) ސަރޓިފައިޑް ޕްރޮފެޝަނަލް އެކައުންޓިންގ ބޮޑީއެއްގެ މެންބަރަކު ކަމުގައިވުން.
  • މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:-

- ކޯޕަރޭޓް ގަވަރނައިސްއަށް އަހުލުވެރިވުން. 

- މާލިއްޔަތު ޤާނޫނަށް ރަނގަޅަށް އަހުލުވެރިވެފައިވުން. 

- ވަޒީފާގެ ޒިންމާތަކާއި ގުޅިގެން ނިންމަންޖެހޭ ކަންކަން ނިންމުމުގެ ޤާބިލްކަން. 

- ތަހުލީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން. 

- ފައިނޭންޝަލް އަދި މެނޭޖްމަންޓު އޮޑިޓް ކުރުމުގެ ޤާބިލުކަން. 

- ރިސްކު މެނޭޖުކުރުމުގެ ޤާބިލުކަން. 

- އިންޓަރނޭޝަނަލް ފައިނޭންށަލް ރިޕޯޓިންގް ސްޓޭންޑާރޑްސްގެ މަސައްކަތްތައް އެނގުން.

- ހިންގުންތެރިކަމުގެ ހުނަރުހުރުމާއި ކަންކަމުގަ ޒިންމާ ނެގޭވަރު ފަރާތެއްކަމުގައިވުން.

- އައި.އެފް.އާރ.އެސްގެ ނޮލެޖް ހުރި ފަރާތެއް ކަމުގައިވުން.

- ޒަމާނީ ޓެކްނޮލޮޖީއާއި މެނޭޖްމަންޓް ބެސްޓް ޕްރެކްޓިސްތަކަށް އަހުލުވެރިވުން.

- ލީޑަރޝިޕް ހުނަރު ހުރުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ފައިނޭންސް ޑިޕާޓްމަންޓުގެ އެންމެހާ މަސައްކަތްތައް ކުންފުނީގެ ޢަމަލުކުރާ ޕޮލިސީތަކާއި އަދި ޕްރޮސީޖަރތަކާއި، ބަޖެޓު، ވާކް ޕްލޭންތަކާއި އެއްގޮތްވާގޮތުގެ މަތިން ކުރިއަށްގެންދިއުމާއި ބެލެހެއްޓުން އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓް ޓީމަށް ބޭނުންވާ ސްޓްރެޓެޖިކް ލަފާއެރުވުން؛
  • ކުންފުނީގެ ފައިސާ ގެންގުޅޭނެ ގޮތްތަކާއި ހިސާބުތައް ބެލެހެއްޓުމުގައި ޢަމަލުކުރާނެގޮތުގެ އެސް.އޯ.ޕީ، ޕޮލިސީ އަދި ޕްރޮސީޖާތައް ތައްޔާރުކުރުމާއި ތަންފީޒުކުރުން؛
  • އެކައުންޓިންގ އަދި ފައިނޭންޝަލް ޕޮލިސީތަކާއި، ޤަވާއިދުތަކާއި، އުސޫލުތަކާއި އެއްގޮތައް ކުންފުނީގެ އެންމެހާ މަސައްކަތްތައް ކުރިޔަށް ގެންދިއުން؛
  • އެހެނިހެން ޑިޕާރޓްމަންޓްތަކާގުޅިގެން ކުރެވޭ މާލީ މުއާމަލާތްތަކުގެ އެންމެހާ މަސައްކަތްތައް، ހަރުދަނާ ނިޒާމެއްގެދަށުން ކުރެވޭނެގޮތްތައް އެކުލަވާލައި ކަނޑައެޅުމަށްފަހު، އެއާ އެއްގޮތަށް އަމަލު ކުރާގޮތް ވިލަރެސްކުރުން؛
  • ކުންފުނީގެ ވިޔަފާރީގެ މުޢާމަލާތްތަކުގެ ސަބަބުން ކުންފުންޏަށް ލިބިދާނެ ގެއްލުންތައް ދިރާސާކޮށް ހޯދުމަށްފަހު، ކުންފުނީގެ މެނޭޖިން ޑައިރެކްޓަރަށް ހުށަހަޅާ، ލަފާ އެރުވުން؛
  • ފައިނޭންޝިއަލް ފޯކާސްޓިންގ އަދި ބަޖެޓު މެނޭޖްކޮށް ބެލެހެއްޓުމާއެކު އެންމެހާ ފައިނޭންޝިއަލް ރިޕޯޓްތައް (އިންކަމް ސްޓޭޓްމަންޓްސް ، ޓެކްސް އަދި އެހެނިހެން ރިޕޯޓްސް ހިމެނޭހެން) އެކުލަވާލުމުގެ މަސައްކަތް ކުރިއަށްދާގޮތް ވިލަރެސްކުރުން؛
  • ކުންފުނީގެ މާލީ ހާލަތާއި، މިހާރު ހުރި މައްސަލަތަކާއި، ތަކެތީގެ ދަތިކަމާއި، ކުންފުނި އޮތް ހާލަތު، އޯޑިޓް ކޮމެޓީއަށާއި، މެނޭޖިން ޑައިރެކްޓަރަށާއި، ކުންފުނީގެ ބޯޑަށް ސާފުކޮށްދިނުން؛
  • މާލީހާލަތު އަބަދުވެސް މޮނިޓަރކުރަމުން ގެންދިއުމާއި، ރަނގަޅުކުރެވޭނެ ކަންތައްތައް ދެނެގަނެ އެ މަސައްކަތްތައް ކުރިއަށްގެންދިއުމާއި އަދި އެ މައުލޫމާތުތައް މެނޭޖްމަންޓަށް ހިއްސާކުރުން؛
  • މާލީ އަދި ހިންގުމުގައި ހުރި ހިރާސްތަކާއި އަދި ކުރިމަތިވެދާނެ ހިރާސްތައް ދެނެގަނެ، އެކަންކަމުން ރައްކާތެރިވުމަށް އެޅިދާނެ ފިޔަވަޅުތަކާއި ޕްލޭންތައް އެކަށައަޅާ، ހިރާސްތައް މެނޭޖްކުރުން؛
  • ސްޓްރެޓެޖިކް ޕްލޭން ތައްޔާރުކުރުމަށް ޑޭޓާ އެނަލައިޒް ކުރުމާއި ރިސާޗް ހެދުމުގައި މެނޭޖްމަންޓް ޓީމާގުޅިގެން މަސައްކަތްކުރުން؛
  • ދުރުރާސްތާ ފައިނޭންޝަލް ޕްލޭން އެކުލަވާލުމުގައި ލަފާދިނުމާއި، ކުންފުނީގެ ޕްލޭންއާ އެއްގޮތްވާގޮތުގެ މަތީން އަހަރީ ފައިނޭންޝިއަލް އޮބްޖެކްޓިވްސްތައް ކަނޑައަޅައި އިމްޕްލިމެންޓްކުރުން؛
  • ކުންފުނި ހިންގުމަށް ބޭނުންވާނެ ފައިސާ ހޯދާނެގޮތުގެ ދިރާސީ ރިޕޯޓް ތައްޔާރުކުރުމާއި، އިންވެސްޓްކުރުމަށް ކުންފުނީގެ ފަރާތުން ފައިސާ ހޯދާނެ ގޮތާއި، އެ މަރުޙަލާތަކުގެ ތަޙުލީލީ ރިޕޯޓް ތައްޔާރުކޮށް ހުށަހަޅައިދިނުން؛
  • ކުންފުނިން އެކި ފަރާތްތަކަށް ދޭންޖެހޭ ފައިސާ އާއި ޚަރަދުވާ ފައިސާގެ ހިސާބުތައް ބެލެހެއްޓުމާއި އަދި ފައިސާއާއިގުޅޭ މުއާމަލާތްތައް ކުރެވެމުންދަނީ ޤާނޫނާއި ޤަވާއިދާ އަދި ކުންފުނީގެ އެންމެހާ ސިޔާސަތުތަކާ އެއްގޮތަށްތޯ ބަލާ އަމަލުކުރުމާއި ވިލަރެސްކުރުން؛
  • މާލީ އަދި މިލްކިއްޔާތާގުޅޭ ކަންކަމުގައި ކުންފުނީގެ ފަރާތުން ޖަވާބުދާރީވާންޖެހޭ ފަރާތްތަކަށް ޖަވާބުދާރީވުމާއި އަދި ކަމާގުޅޭގޮތުން މެނޭޖްމަންޓަށް އެހީތެރިކަން ފޯރުކޮށްދިނުން؛
  • ބެންކުތަކާއި، އިވެސްޓަރުންނާއި، މުދާ ދޫކުރާ ފަރާތްތަކާ އޮންނަ ގުޅުންތައް ރަނގަޅުކޮށް ކުންފުނީގެ އަޚްލާޤީ މިންގަނޑުގެ ތެރެއިން ނަޒާހަތްތެރިކަމާ ތެދުވެރިކަމާއެކު ދެމެހެއްޓުން؛
  • ކުންފުނީގެ ޚަރަދުކުރުމުގެ އޮނިގަނޑަށް ގެންނަންޖެހޭ ބަދަލުތަކާއި ތަރުތީބުތައް ގެނެސް، ކުންފުނީގެ ރިޒާވް އިތުރުކުރެވޭނެ މަގުތައް ތަނަވަސްކުރުން؛
  • ކުންފުނީގެ މާލީ ހިސާބުތައް ވިލަރެސްކުރެވޭ ނިޒާމުގެ ތެރެއިން ކުންފުނީގެ ފަރާތުން ހިންގާ ޕްރެޖެކްޓްތަކުގެ ޚަރަދުތަކުގެ ތަފްޞީލު ދިރާސާކުރުމާއި، ވިޔަފާރީގެ މުޢާމަލާތްތައް ދިރާސާކޮށް، ޚަރަދުކުރެވޭނެ ނިޒާމް ހަރުދަނާކުރުން؛
  • ކުންފުނީގެ ފައިނޭންޝިއަލް ޑޮކިއުމެންޓްސްތަކާއި ރިކޯޑްސްތައް ކުންފުނީގެ އުސޫލުތަކާއި އެއްގޮތަށް ބަލަހައްޓަމުން ގެންދިއުމާއި އަދި ގެންދާގޮތް ވިލަރެސްކުރުން؛
  • ސަރުކާރުގެ އިދާރާތަކާއި މިކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ހުށަހަޅަންޖެހޭ އަހަރީ، ކުއާޓަރލީ އަދި މަހުންމަހައް ތައްޔާރުކުރަންޖެހޭ ފައިނޭންޝިއަލް ރިޕޯޓުތައް ފަދަ އެންމެހާ ފައިނޭންޝިއަލް ރިޕޯރޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމާއި، ހުށަހެޅުމުގެ މަސައްކަތްކުރުމާއި އެމަސައްކަތް ވިލަރެސްކުރުން؛
  • ކުންފުނިން ކުރިއަށްގެންދާ އެންމެހާ ހަރަކާތްތަކުގެ ހިސާބުތައް ބެލެހެއްޓުމާއި، ހަރަކާތްތަކުގެ ޚަރަދުތައް ކުރިއަށްގެންދެވެނީ ކަނޑައަޅާފައިވާ ބަޖެޓުގެ ތެރެއިންކަން ޔަޤީންކޮށް ރިކޯޑްސް ބެލެހެއްޓުން؛
  • މި ކުންފުނީގެ އެކްސްޓަރނަލް އަދި އިންޓާނަލް އޮޑިޓް ޤަވާއިދުން އަހަރުން އަހަރަށް ކުރިއަށް ގެންގޮސް ނިންމުމުގައި ކުރަންޖެހޭ މަސައްކަތްތައް މެނޭޖްކުރުމާއި މޮނިޓަރކުރުން އަދި އެފަރާތްތަކަށް އެއްބާރުލުން ދިނުމާއި މަސައްކަތްތަކުގައި އެހީތެރިކަން ފޯރުކޮށްދިނުން؛
  • އިންޓަރނަލް އަދި އެކްސްޓަރނަލް އޮޑިޓުގައި ފާހަގަކުރެވޭ ކަންކަން އިސްލާޙުކުރުމަށް ބޭނުންވާ ޕްލޭންތައް އެކުލަވާލައި، ހަރުދަނާ ފޮލޯއަޕް ނިޒާމްއެއް ޤާއިމްކޮށް، އެއާއެއްގޮތަށް އަމަލުކުރުން؛
  • ބަޖެޓް ފައިސާއާއި، ޚިދުމަތްތަކާއި ތަކެތި ހޯދުމުގެ އެންމެހައި މަސައްކަތްތައް، ކުންފުނީގައި ކަނޑައަޅައިފައިވާ ސިޔާސަތުތަކާ އެއްގޮތަށް އަދި ޕީސީބީ އާއި މާލީ ވުޒާރާއިން ދެއްވާ ލަފާފުޅާ އެއްގޮތަށް ޢަމަލުކުރުމާއި އަދި އަމަލުކޮށްފައިވާ ގޮތް ބަލައި ފައިނޭންޝިއަލް ރިޕޯޓްތައް ތައްޔާރުކޮށް މެނޭޖިންގ ޑިރެކްޓަރަށް ހުށަހެޅުން؛
  • އިންޓަރނަލް އަދި އެކްސްޓަރނަލް ސްޓޭކް ހޯލްޑަރުންނާއި އެދެވޭ ގުޅުމެއް ބޭއްވުމާއި ގުޅިގެން މަސައްކަތްކުރުން؛
  • ފައިނޭންސް ޑިޕާޓްމެންޓުގެ މުވައްޒަފުން މަސައްކަތައް އަހުލުވެރިކުރުމާއި، އެމުވައްޒަފުންގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި، މަސައްކަތުގެ ފެންވަރު ބެލުމާއި، އެމުވައްޒަފުންނަށް ދޭންޖެހޭ އިރުޝާދުދީ މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް، ސްޕަވައިޒްކޮށް، ބެލެހެއްޓުން؛
  • ތެދުވެރިކަމާއި، ނަޒާހާތްތެރިކަން ފަދަ ކަންކަން ޕްރޮމޯޓްކުރުމާއި މުވައްޒަފުންގެ ކުރިއެރުމަށާއި އިނޮވޭޓިވް ޚިޔާލުތައް ބަލައިގަންނަ ފަދަ ސިޔާސަތެއް ކުންފުނީގައި އެކަށައެޅޭނެފަދަ މާހައުލެއް ޤާއިމްކުރުން؛
  • މަސައްކަތުގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް ގުޅިގެން މަސައްކަތްކޮށް އެދެވޭ ނަތީޖާތައް ނެރުން؛
  • ކުންފުނީގެ ފަރާތުން ރާވާ ހިންގާ އެކި އިވެންޓްތަކުގައި ޙަރަކާތްތެރިވުން؛
  • ވަޒީފާ ބަޔާނުގައިވާ މަސައްކަތްތައް ކުރުމާއި ކުންފުނީގެ ޚިދުމަތްތަކާ ގުޅުންހުރި ކުންފުނިން އަންގާ އެންމެހައި ކަންކަމުގައި ޢަމަލީގޮތުން ބައިވެރިވެ މީގެ އިތުރުންވެސް ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ސާފުކޮށް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
30 އޮކްޓޯބަރު 2024
މުއްދަތު ހަމަވާ ތާރީޚް
5 ނޮވެމްބަރު 2024
އެޕްލިކޭޝަން ހުށަހެޅުމަށް