އެކިއެކި އިވެންޓްތަކާއި ގުޅިގެން ހޯދަންޖެހޭ ތަކެއްޗާއި ޚިދުމަތް ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހޯދުން.
ސެންޓަރަށް ހޯދޭ ހަރުމުދާ ސެޕްސިސްޓަމް ގައި ރަޖިސްޓްރީކޮށް، އެސެޓް ނަންބަރު އެފަރާތްތަކަށް ފޮނުވުން.
މުދަލާއި ޚިދުމަތް ހޯދުމަށް އަންނަ ރިކުއެސްޓްތަކާއި ގުޅިގެން، ތައްޔާރުކުރެވޭ ޕީއޯ އާއި އެއްގޮތަށް މުދަލާއި ޚިދުމަތް ބަލައިގަނެ، ރިކުއެސްޓްކުރި ސެކްޝަނަށް މުދާ ލިބުނުކަން ކަށަވަރުކުރުން
އެގްރީމެންޓް ރަޖިސްޓްރީ، ޕީ.އޯ ރަޖިސްޓްރީ، އެސެޓް ރަޖިސްޓްރީއަށް އަޅަންޖެހޭ މައުލޫމާތުތައް އަޅާ އަދާހަމަކުރުން.
އެގްރީމެންޓްކޮށްގެން ކުރިއަށްގެންދަންޖެހޭ ޚިދުމަތާއި މަސައްކަތްތަކުގެ އެގްރިމަންޓް ހެދުމާއި އެގްރިމަންޓާއި އެއްގޮތަށް ޚިދުމަތާއި މަސައްކަތް ނިންމިކަން ޔަގީންކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
ސެންޓަރުގެ ސްޓޮކަށް ހޯދަންޖެހޭ ތަކެތި ހޯދުމާއި، ސެންޓަރުގައި ކުރަންޖެހޭ މަރާމާތުގެ މަސައްކަތްތަކާއިގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ދައުލަތުގެ މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ހޯދައި އެފަރާތާއި ހަވާލްކޮށްގެން ކުރިއަށް ގެންދިއުން އަދި މަސައްކަތާއި ގުޅިގެން ހަދަންޖެހޭ އެގްރީމެންޓްތައް ސޮއިކުރުވުމާއި، ރިކޯޑްތައް ބެލެހެއްޓުން.
ސެންޓަރަށް ހޯދުމަށް ބޭނުންވާ ތަކެތީގެ ތެރެއިން ސާމްޕަލް ހޯދަންޖެހޭ ތަކެއްޗަށް ސާމޕަލްތައް ހޯދައި ކަމާއިބެހޭ ސެކްޝަންއިން ސާމްޕަލް ފާސްކުރުމާއި ތަކެތި ގަތުމަށް ޕާރޗޭސް އޯޑަރ ތައްޔާރުކޮށް ފިހާރަތަކަށް މެއިލް ކުރުމާއި ޑެލިވަރީ ޚިދުމަތް ފޯރުނުކޮށްދޭ ފިހާރަތަކުން މުދާ ގެނަސް މުދާ ހޯދަން އެދުނު ސެކްޝަނާއި ޙަވާލުކުރުން.
ޙަވާލުކުރެވިފައިވާ މަސައްކަތްތަކާއި ގުޅިގެން ތައްޔާރުކުރެވޭ ޕީއޯ އަދި އެސެޓް ތަކުގެ ފޯމު ސެޕް ސިސްޓަމަށް އެޓޭޗްކޮށް އަޕްލޯޑް ކުރުމާއި ޖެމްސް އިން ނަންބަރު ނަގާ ސިޓީ، މެމޯ، ނޯޓް، ފޯމް ފަދަ ލިޔުންތައް ޖެމްސްގައި އެޓޭޗްކުރުން
ޕީއޯ ސެޕް ސިސްޓަމުން ތައްޔާރުކުރުން.
ބިޑް ކޮށްގެން ހޯދަންޖެހޭ ތަކެއްޗާއި، ޚިދުމަތްތައް ހޯދުމަށް އިޢުލާން ތައްޔާރުކޮށް ގެޒެޓް ކުރުމާއި، އިޢުލާނާ ގުޅިގެން އަންނަ ސުވާލުތަކަށް ޖަވާބު ދިނުމާއި، އިޢުލާނާ ގުޅޭ ޗެކްލިސްޓް ފުރިހަމަކޮށް ބިޑްތައް ބަލައިގަތުން.
ބިޑް އިވެލިއުޝަން ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ މަސައްކަތަތައް ކުރުމާއި ބިޑު އިވެލުއޭޝަން ރިޕޯޓް އެންމެ ލަސްވެގެން 2 ދުވަސް ތެރޭގައި ތައްޔާރުކޮށް މެމްބަރުންގެ ސޮއިހޯދުން.
ބިޑް ކޮމެޓީ ބޭއްވުމަށް ކުރަންޖެހޭ އިދާރީ ކަންކަން ހަމަޖައްސައި ބިޑް ކޮމިޓީ ބޭއްވުމާއި، ބިޑް ކޮމެޓީގެ ޔައުމިއްޔާ ބިޑް ނިންމާތާ އެންމެ ލަސްވެގެން 3 ދުވަސް ތެރޭގައި ލިޔެ މެމްބަރުން ލައްވައި ސޮއިކުރުވުމަށްފަހު ބިޑް ޑޮކިއުމެންޓްތައް ފުރިހަމަކޮށް، ބިޑް ތަކުގެ މަޢުލޫމާތު ބަނޑޭރި ޕޯޓަލް އަށް އެޅުން.
ބިޑް ކޮމިޓީ ބޭއްވުމަށްފަހު އަންދާސީ ހިސާބު ހުށައަޅާފައިވާ ހުރިހާ ފަރާތްތަކަށް ބިޑް އިވެލުއޭޝަން ސަމަރީ ޝީޓް ފޮނުވައި ޝަކުވާއަށް މުއްދަތެއް ދިނުމަށްފަހު، ލިބޭ ޝަކުވާތަކަށް މާލިއްޔަތު ގަވާއިދާއި އެއްގޮތަށް ޖަވާބުދިނުން އަދި ޝަކުވާއެއް ލިބިފައި ނުވާނަމަ، ފޯމު ސެޓް ތައްޔާރުކޮށް ބަނޑޭރި ހުއްދައަށް ފޮނުވުން އަދި މިނިސްޓްރީ އޮފް ފިނޭންސުން ހުއްދަ ލިބުމުން ބިޑް އެވޯޑް ކޮށްފައިވާ ފަރާތަށް އެވޯޑް ލެޓަރ ފޮނުވުން.
ބިޑް އެވޯޑް ކުރި ފަރާތަށް އެވޯޑް ލެޓަރ ފޮނުވުމަށްފަހު، ރަސްމީ ދެ ދުވަސް ތެރޭގައި އެގްރިމަންޓް ތައްޔާރުކޮށް ކޮމެންޓަށް ފޮނުވުމަށް ފަހު، ރަގަޅުކުރަންޖެހޭ ކަމެއް ވާނަމަ ލީގަލް ސެކްޝަންގެ ލަފާގެ މަތިން އިސްލާހުކޮށް ސޮއި ހޯދުން.
އެކިއެކި ޕްރޮޖެކްޓްތަކުގެ އެއްބަސްވުންތަކުގެ ރެކޯޑްތައް ބެލެހެއްޓުމާއި ވޯކް ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތްތައް ނިންމާ ޕޭމަންޓް ޝެޑިއުލްއާ އެއްގޮތަށް ބިލްތައް ހުށަހެޅުމުންދޭތޯ ބަލައި ޗެކްކުރުން އަދި ލަސްވާނަމަ އެކަން އެފަރާތްތަކަށް އެންގުން.
އެގްރީމެންޓްކޮށްގެން ކުރިއަށްގެންދަންޖެހޭ ޚިދުމަތާއި މަސައްކަތްތަކުގެ އެގްރިމަންޓް ހެދުމާއި އެގްރިމަންޓާއި އެއްގޮތަށް ޚިދުމަތާއި މަސައްކަތް ނިންމިކަން ޔަގީންކުރުމަށްފަހު ބިލަށް ފައިސާ ދެއްކުމަށް ބަޖެޓް ސެކްޝަނަށް ފޮނުވުމާއި ރެކޯޑް ބެލެހެއްޓުން.
ބަޑޭރި ޕޯޓަލްއިން ވެންޑަރ ކްރިއޭޓް ކުރުމުގެ މަސައްކަތް ކުރުން.
ޕްރޮކިއުމެންޓް ހަވާލުކުރެވޭ ފަރާތްތަކުގެ މަޢުލޫމާތު ކޮންމެ މަހަކު 10 ވަނަ ދުވަހުގެ ކުރިން ސަރުކާރު ގެޒެޓްގައި ޝާއިރުކުރުން.
ސެންޓަރުން ހޯދާ ޚިދުމަތްތަކާއި ގުޅިގެން އެކި ފަރާތްތަކަށް ދައްކަންޖެހޭ ބިލްތަކަށް ފައިސާދެއްކުމުގެ ކުރިން ޑޮކިއުމަންޓްތައް ހަމަކޮށް އެންޓްރީކުރުވުމާއި ބަޖެޓަށް ބިލް ހުށައެޅުމަށްފަހު ފޯލްޑަރ ގައި ހުރިހާ ޑޮކިއުމަންޓްތައް ރަނގަޅަށް ފައިލް ކުރުމާއި ލިޔުންތަކުގެ ރެކޯޑް ބެލެހެއްޓުން.
ސެކްޝަނުގެ އެހެން މުވައްޒަފުން ކުރާ މަސައްކަތުގައި އެހީތެރިވުމާއި މުވައްޒަފަކު ޗުއްޓީ އަށް ދާއިރު ހަވާލުކުރެވޭ މަސައްކަތްތައް ކުރުން.
ސެކްޝަނުގެ ދުވަހުގެ ޔައުމިއްޔާއަށް ބޭނުންވާ މަޢުލޫމާތު އަދާހަމަކުރުން.
ޕްރޮކިއުމަންޓް ސެކްޝަންގެ މެއިންޑޭޓްގައި ހިމެނޭ މަސައްކަތްތައް ދުވަހުން ދުވަހަށް ފުރިހަމަ ކުރުމަށްޓަކައި ކުރަންޖެހޭ އެންމެހާ މަސައްކަތްތަކުގައި އެހީތެރިވުމާއި ސެކްޝަނުން ކުރަންޖެހޭ އިދާރީ ކަންތައް ކުރުން.
އެން.ސީ.އޭގެ އަހަރީ ރިޕޯޓަށް ބެނުންވާ ޕްރޮކިއުމަންޓް މައުލޫމާތު އެޑްމިން ސެކްޝަނަށް ފޮނުވަންޖެހޭ މުއްދަތަށް ފޮނުވުމުގައި އެހީތެރިވެދިނުން.
ކޮންމެ ކުއާޓާރ އެއްގައި ބަޖެޓް ސެކްޝަނަށް ޙަވާލުކުރެވޭ ބިލްތަކުގެ ރިޕޯޓެއް ތައްޔާރުކޮށް، ފައިނޭންސް ސެކްޝަންނަށް ފޮނުވޭ ބިލްތަކާއި، ނުފޮނުވޭ ބިލްތައް ފާހަގަކޮށް ނުފޮނުވުނު ސަބަބު، ބަޔާންކޮށް ސެކްޝަންގެ ވެރިޔާ އަށް ފޮނުވުން.
މުވައްޒަފެއް ސަލާމް/ޗުއްޓީ އެއްގައި ހުރެއްޖެ ހާލަތެއްގައި ސެކްޝަނާ ޙަވާލުވެ ހުންނަވާ ބޭފުޅެއްގެ އިރުޝާދުގެ ދަށުން އަންގާ މަސައްކަތްތައް ކުރުން.
ސިވިލް ސަރވިސް ގަވާއިދާއި ދައުލަތުގެ މާލިއްޔަތު ގަވާއިދަށް ޢަމަލުކުރުން.
ޔުނިޓްގެ ޔައުމީއްޔާ ދުވަހުން ދުވަހަށް ނިންމުން.
މަސައްކަތުގެ ދާއިރާއިން ހަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.