ކޮމްޕިއުޓަރުތަކާއި ނެޓްވޯކް، ރެކޯޑިންސިސްޓަމްތަކާއި ޕްރިންޓަރ އަދި ފޮޓޯކޮޕީ މެޝިންފަދަ ތަކެއްޗަށް ދިމާވާ މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ އެންމެހާ ފިޔަވަޅުތައް އެޅުން.
އައި.ސީ.ޓީގެ ޒަމާނީ ވަސީލަތްތައް ބޭނުންކޮށްގެން، ސެންޓަރުގެ މަސައްކަތްތައް އިތުރަށް ހަރުދަނާކޮށް ތަރައްޤީކުރުމަށް ކުރަންޖެހޭ ކަންތައްތައްކުރުން.
ސެންޓަރުގެ ބެހެއްޓިފައިވާ އެޓެންޑެންސް މެޝިނާއި ޑޯ ލޮކްތައް ބެލެހެއްޓުމާއި ގަވައިދުން އަޕްޑޭޓް ކުރުން.
ސެންޓަރުގެ މަސައްކަތްތަކުގައި ބޭނުންކުރާ އައިޓީގެ އެންމެހާ އާލާތްތައް ބޭނުންކުރުމުގައި މުވައްޒަފުންނަށް ކުރިމަތިވާ އެންމެހާ މައްސަލަތަކަށް ވަގުތުން އެޓެންޑްކޮށް، އަވަސް ޙައްލެއް ހޯދައިދިނުމަށް މަސައްކަތް ކުރުން.
ކޮމްޕިއުޓަރގެ އިންވެންޓްރީ އަޕްޑޭޓްކޮށް ބެލެހެއްޓުން.
ސެންޓަރުގެ ސަރވަރއަށް ދިމާވާ މައްސަލަތައް ހައްލުކޮށް ރަގަޅަށް ބެލެހެއްޓުމާއި ކޮމްޕިއުޓަރ ސިސްޓަމްތައް އަޕްގްރޭޑްކޮށް ބެލެހެއްޓުން.
ސެންޓަރުގައި ބާއްވާ އެކިއެކި ރަސްމިއްޔާތުތަކަށް އައި.ޓީ ޔުނިޓުން ފޯރުކޮށްދޭންޖެހޭ އެންމެހާ ކަންކަން ކޮށްދިނުން
އީ ގަވަރމަންޓް ނެޓްވާރކާއި ގުޅުންހުރި މަސައްކަތްތައްކުރުމަށް މުވައްޒަފުންނަށް އެހީތެރިވެދިނުން.
ޔުނިޓްގެ ޔައުމިއްޔާ ދުވަހުން ދުވަހަށް ލިޔުން.
އޮފީހުން ކުރިއަށް ގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން ކަންކަން ކުރުން.
ޔުނިޓްގެ މުވައްޒަފު ސަލާމުގެ ޗުއްޓީ ނަގައިފިނަމަ އެ މުވައްޒަފެއްގެ މަސައްކަތްތަކާއި ހަވާލުވުމާއި އެ މަސައްކަތްކުރުން.