އަޅުގަނޑުމެންނާ މެދު

Seguro Insurance

ސެގޫރޯ އިންޝއުރެންސް ސާވިސަސް އަކީ 21 ޖެނުއަރީ 2016 ގައި ދިވެހިރާއްޖޭގައި އުފައްދައި ރަޖިސްޓަރީކޮށްފައިވާ ޕްރައިވެޓް ލިމިޓެޑް ކުންފުންނެކެވެ. ސެގޫރޯ އިންޝއުރެންސް ސާވިސަސް އިން ހަރަކާތްތެރިވަނީ، އިންޝުއަރެންސް ބްރޯކަރޭޖް، އިންޝުއަރެންސް ކޮންސަލްޓެންސީ އަދި އިންޝުއަރެންސްއާ ގުޅުންހުރި މިފަދަ އެހެންވެސް ޚިދުމަތްތައް ދިނުމުގައެވެ. ދިވެހިރާއްޖޭގައި، އިންޝުއަރެންސް ބްރޯކަރެއްގެ ގޮތުގައި ޙަރަކާތްތެރިވުމުގެ ލައިސެންސް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކުންފުންޏަށް ދީފައިވަނީ 7 އެޕްރިލް 2016 ގައެވެ.

ސެގޫރޯ އިންޝއުރެންސް ސާވިސަސް އުފައްދާފައިވަނީ އިތުބާރުކުރެވޭފަދަ، ޚިދުމަތުގެ ފެންވަރު ރަނގަޅު، އަވަސް އިންޝުއަރެންސް ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއެކު، ދިވެހިރާއްޖޭގައި މިހާރު ޑިމާންޑް ބޮޑުވަމުން މިއަންނަ އިންޝުއަރެންސްގެ ވިޔަފާރި ކުރިއަރުވައި އެވިޔަފާރިއަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ ބޭނުމުގައެވެ. މި ކުންފުނީގެ ވިޝަންއަކީ ދިވެހިރާއްޖޭގެ އިންޝުއަރެންސް އިންޑަސްޓްރީގައި ފާހަގަކޮށްލެވޭފަދަ ނަމަކަށް ސެގޫރޯ އިންޝުއަރެންސް ސާވިސަސް ހެދުމެވެ.

މިދާއިރާއިން ޢިލްމު ލިބިފައިވާ، ގިނަ އަހަރުތަކެއްގެ ތަޖުރިބާހުރި ބައިވެރިންތަކެއް ގުޅިގެން ސެގޫރޯ އިންޝއުރެންސް ސާވިސަސް ޕވޓ. ލޓޑ. އުފައްދައި ރަޖިސްޓަރީކޮށްފައި މިވަނީ، ހަރުދަނާ ގޮތެއްގައި އިންޝުއަރެންސް ކޮންސަލްޓެންސީ ދިނުމާއެކު، ދިވެހިރާއްޖޭގައި އިންޝުއަރެންސް ޕްރޮޑަކްޓްތައް މާކެޓްކޮށް ވިއްކުމަށެެވެ.

ކުންފުނީގެ ޚިދުމަތްތައް

ޕްރޮފެޝަނަލް އިންޝުއަރެންސް ބްރޯކަރެއްގެ ޙައިޞިއްޔަތުން އަޅުގަނޑުމެންގެ މަސައްކަތަކީ، އިސްތިޝާރީ ޙައިޞިއްޔަތަކުން އިންޝުއަރެންސް ކުންފުނިތަކުގެ ޕޮލިސިީތައް ހުށަހެޅުމާއި، އެކަމާ ގުޅޭ މަޝްވަރާތައް ފަހިކޮށްދިނުމާއި، އިންޝުއަރެންސް ޕޮލިސީތައް ވިއްކުމެވެ. މިމަސައްކަތުގައި އަޅުގަނޑުމެން އަދާކުރާނީ، އިންޝުއަރެންސް ކުންފުނިތަކާއި ކަސްޓަމަރުންނާ ދެމެދުގައިވާ މެދުވެރިއެއްގެ ރޯލެވެ. އަޅުގަނޑުމެންގެ މަސައްކަތަށްވާ އުޖޫރަ ދޭނީ އިންޝުއަރެންސް ކުންފުނިންނެވެ.

ސެގޫރޯ އިންޝުއަރެންސް ޕވޓ. ލޓޑ. ގެ މަސައްކަތަކީ ދިވެހިރާއްޖޭގެ ހުރިހާ ކަންކޮޅުތަކެއްގައި އިންޝުއަރެންސްގެ އެންމެހައި ބޭނުންތައް ފުދޭނެހެން ޚިދުމަތް ފޯރުކޮށްދީ، އިންޝުއަރެންސް ޕްރޮޑަކްޓްތައް އެންމެ ހެޔޮ އަގުގައި ހޯދައިދިނުމަށް ކަސްޓަމަރުންގެ ފަރާތުން މަޝްވަރާކޮށް ވަކާލާތު ކުރުމެވެ.

އަޅުގަނޑުމެންގެ ޓީމުން ކަސްޓަމަރުންނަށް ޚިދުމަތް ފޯރުކޮށްދޭނީ، އަޅުގަނޑުމެންގެ ޤާބިލުކަން ތަންދޭ އެންމެ މަތީ ދަރަޖައަށް، އެންމެ ކުރީ ސަފުގައި ތިބެގެން ކަސްޓަމަރުންނަށް ލިބެންޖެހޭ އެއްވެސް ޚިދުމަތަކަށް ބުރުލެއް އަދި އުނދަގުލެއް ކުރިމަތި ނުވާނެ ގޮތެއްގައެެވެ.

އަޅުގަނޑުމެން ފޯރުކޮށްދޭ ޚިދުމަތްތައް

  • އިންޝުއަރެންސް އަދި ރީއިންޝުއަރެންސް ބްރޯކަރޭޖްގެ ޚިދުމަތް
  • އިންޝުއަރެންސްއާ ގުޅޭ މުޢާމަލާތްތަކުގައި ލަފާދިނުން
  • އިންޝުއަރެންސް ކްލެއިމް ކުރުމާގުޅޭ މުޢާމަލާތްތަކުގައި ލަފާދިނުން
  • އާއްމު މުޖްތަމަޢުއާއި ވިޔަފާރި އިންޑަސްޓްރީތައް އިންޝުއަރެންސްއަށް އަހުލުވެރިކުރުވުން.

އިތުރު މަޢުލޫމާތު

ވަޒީފާދޭ ފަރާތުގެ ބާވަތް
އަމިއްލަ ވިޔަފާރި
ސިނާޢަތްތައް
  • އިންޝުއަރެންސް، ރީއިންޝުއަރެންސް އަދި ޕެންސަން ފަންޑް، ލާޒިމު އިޖުތިމާއީ ރައްކާތެރިކަން ފިޔަވައި
  • ފައިނޭންޝަލް އަދި އިންޝުއަރެންސާ ގުޅުންހުރި އެހެނިހެން ކަންކަން