ޑައިވް ޑެސްކްއަކީ މާލޭގައި ހިނގަމުންދާ ޕަޑީ ފައިވް-ސްޓާ ޑައިވް ސެންޓަރެކެވެ. ދިވެހި ރާއްޖޭގެ ޑައިވް އިންޑަސްޓްރީއަށް އެންމެ ގިނަ އަދަދަކަށް ޕްރޮފެޝަނަލް ލެވެލްގެ ދަރިވަރުން ތަމްރީނުކޮށް އެންމެ ގިނަ އަދަދަކަށް ޑައިވް މާސްޓަރުންނާއި އިންސްޓަރުންނާއި، ސްޓާފް އިންޓްރަކްޓަރުންނާއި މާސްޓަރ އިންސްޓްރަކްޓަރުން އުފައްދަނީ ޑައިވް ޑެސްކްއިންނެވެ. މިގޮތުން އަޅުގަނޑުމެން ކުރާ މަސައްކަތް ބަލައިގަތުމުގެ ގޮތުން ޕަޑީގެ ފަރާތުން "އައުޓްސްޓޭންޑިންގ ކޮންޓްރިބިއުޝަންސް އިން ޕްރެފެޝަނަލް ޑައިވަރ ޓްރެއިނިންގ"ގެ ނަމުގައި މިއަހަރުގެ ފެބްރުއަރީމަހު އެވޯޑެއްދިނެވެ.
ޑައިން އިންސްޓަރަކްޓަރ ހަދާކުދިންނަށް އެންމެ ގިނަ އަދަދެއްގެ ސްޕެޝަލިޓީ ހެދޭނީ ޑައިވް ޑެސްކްއިންނެވެ. މިގޮތުން އެންމެ މަޤްބޫލު ކޯސްތައް ކަމަށްވާ ލައިވް ގާޑް ކޯހާއި، ސައިޑްމައުންޓް ކޯހާއި، ނައިޓްރޮކްސް ކޯހާއި، އަންޑަރވޯޓަރ ފޮޓޯގްރަފީއާއި، މެރިން ރިސޯސް މެނޭޖްމަންޓްއާއި، އިކުއިޕްމަންޓް ސްޕެޝަލިޓީއާއި ޑީޕީވީ ކޯހުގެ އިތުރުންވެސް އެތައް ބައިވަރު ސްޕެޝަލިޓީ ކޯހެއް ހަދާ، ދާއިރާއިން ކުރިއަށް ނުކުތުމުގެ ފުރުސަތު ފަހިކޮށްދެމެވެ.