ވަޒީފާތައް

މުސާރަ
7,000 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
2
ރަށް
މާލެ ސިޓީ، ހުޅުމާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
7,000 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

ސޭލްސް އެސޯސިއޭޓް (އަންހެން/ފިރިހެން)

މަސައްކަތް ކުރަންޖެހޭ ތަން: ފުރަތަމަ ފަންގިފިލާ، އޯޕަލް ރެސިޑެންސީސް (އެޕޯލޯ)، ރަބަރުގަސް މަގު، ހުޅުމާލެ ފޭސް 1
ވަޒީފާގެ ބާވަތް: ފުލްޓައިމް (ދާއިމީ)

އެސް އެމް އެކްސްޕްރެސް ފިހާރައިގެ ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތަކާއި ވިޔަފާރީގެ ކަންކަން ބެލެހެއްޓުމަށް، ޒިންމާދާރު އަދި މަސައްކަތަށް ޝައުގުވެރިކަން ހުރި މުވައްޒަފަކު ބޭނުންވެއެވެ.

މައިގަނޑު މަސްއޫލިއްޔަތުތައް:

  • ސޭލްސް ބެލެހެއްޓުމާއި، ފިހާރައިގެ އެންމެހައި މަސައްކަތްތައް ރާވައި ހިންގުން.
  • ފިހާރައިގެ މުދާތައް ތަރުތީބުން ބެހެއްޓުމާއި މުދާ ޑިސްޕްލޭކުރުމުގެ ކަންކަން ބެލެހެއްޓުން.
  • ފައިސާގެ މުއާމަލާތްތަކާއި، ބިލް ހެދުމުގެ ކަންކަން ފަރުވާތެރިކަމާއެކު ކުރުން.
  • ދުވަހުގެ ވިޔަފާރި ނިންމައި، އޭގެ ރެކޯޑުތައް ބެލެހެއްޓުން.
  • ސްޓޮކް ހުރި މިންވަރު ދެނެގަނެ، މުދާ މަދުވާނަމަ އެކަން ރިޕޯޓްކުރުން.
  • ކަނޑައެޅިފައިވާ ގަޑިއަށް ފިހާރަ ހުޅުވައި ލެއްޕުން.

ޝަރުތުތައް:

  • އޯލެވެލް ފެންވަރަށް ތައުލީމު ހާސިލުކޮށްފައިވުން.
  • ތެދުވެރި، ޒިންމާދާރު އަދި ގަޑިއަށް ފަރުވާތެރި މީހަކަށްވުން.
  • މީހުންނާ މުއާމަލާތްކުރުމުގެ ހުނަރާއި ކަސްޓަމާ ސާވިސްގެ ދާއިރާއަށް އަހުލުވެރިވުން.

 

އިނާޔަތްތައް:

  • ދާއިމީ ވަޒީފާއެއްގެ ޔަގީންކަން.
  • މަސައްކަތްކުރުމަށް އެހީތެރި އަދި އެކުވެރި މާހައުލެއް.
  • މުސާރަ: -/7000 ރުފިޔާއަށް ވުރެ މަތި.

ކުރިމަތިލުމަށް:
މި ވަޒީފާއަށް ޝައުގުވެރިވާ ފަރާތްތަކުން ތިރީގައިވާ އީމެއިލް ނުވަތަ ފޯނު ނަންބަރަށް ސީވީ (CV) ފޮނުއްވުން އެދެމެވެ.


އީމެއިލް [email protected]/[email protected]


ފޯނު/ވައިބާ/ވަޓްސްއެޕް: 7483028

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
ޕްރައިމެރީ ތަޢުލީމު
ޢުމުރު
18 އަހަރު+

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ރީޓެއިލް ވިޔަފާރި- ސައިކަލު އަދި އިންޖީނުލީ އުޅަނދު ފިޔަވައި
  • ހޯލްސޭލް އަދި ރީޓެއިލް- ކާބޯތަކެތީގެ ބާވަތްތައް
މަޤާމްތައް
  • ސޭލްސް ޕަރސަން، ޝޮޕް
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Services

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
17 ފެބްރުއަރީ 2026
މުއްދަތު ހަމަވާ ތާރީޚް
26 ފެބްރުއަރީ 2026
އެޕްލިކޭޝަން ހުށަހެޅުމަށް