|
އިޢުލާނު |
|
|
މަޤާމު: |
ސީނިއަރ ރިސާރޗް ޑިވެލޮޕްމެންޓް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
- |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ކޮންޓްރެކްޓް (1 އަހަރު) |
|
ޖޮބް މެޓްރިކްސް ނަން: |
ރިސަރޗް ޑިވެލޮޕްމަންޓް ޕްރޮފެޝަނަލުން |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 7 |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / ހުޅުމާލެ |
|
ޑިޕާޓްމެންޓް: |
ޕޮލިސީ ޕްލޭނިންގ ޑިޕާޓްމެންޓް |
|
މުސާރަ: |
10525.00 ރުފިޔާ |
|
މަޤާމުގެ އެލަވަންސް: |
4915.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/135 ރުފިޔާ 2. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ޤައުމީ ދިރާސާ ފަންޑުގެ ރެކޯޑްތަކާއި ފައިލްތައް ބެލެހެއްޓުން. 2. ފޯނުތަކަށް ޖަވާބުދީ، ސުވާލުތަކަށް ރިފަރކުރުން. 3. ޤައުމީ ދިރާސާ ފަންޑާ ގުޅޭ މެއިލް ހުޅުވައި ތަރުތީބުކުރުން، އަދި މެއިލް/ސިޓީތަކަށް ޖަވާބުދާރީވުން. 4. ޤައުމީ ދިރާސާ ފަންޑާ ގުޅިގެން އަންނަ އިންކުއަރީތަކާއި ޕްރޮޕޯސަލްތައް ޓްރެކްކުރުން. 5. ރޫޓިން ކޮރަސްޕޮންޑެންސް ޑްރާފްޓްކުރުން. 6. ކެލެންޑަރާއި ކޮންޓެކްޓްތައް ބެލެހެއްޓުން. 7. ޤައުމީ ދިރާސާ ފަންޑުގެ ހަރަދު ރިޕޯޓްތައް ބެލެހެއްޓުން. 8. ޤައުމީ ދިރާސާ ފަންޑުގެ ކައުންސިލް ބައްދަލުވުންތަކުގެ ޔައުމިއްޔާ ލިޔެ ރެކޯޑް ބެލެހެއްޓުން. 9. ޤައުމީ ދިރާސާ ފަންޑު ކައުންސިލް ބައްތަލުވުންތަކަށް ބޭނުންވާ ތަކެތި ތައްޔާރުކުރުމުގައި އެހީތެރިވެދިނުން. 10. ދިރާސާ ޕްރޮޖެކްޓް ތަކުގެ މުހިންމު މަރުހަލާތައް ބަލައި، ކަނޑައެޅިފައިވާ ވަގުތަށް ހުށަހަޅަންޖެހޭ ތަކެތި ހުށަހެޅޭނެކަން ކަށަވަރުކުރުން 11. ދިރާސާތައް އިވެލުއޭޓްކުރުމަށް ބޭނުންވާ ޑޮކިއުމަންޓްތައް ތައްޔާރުކުރުން 12. ދިރާސާތަކުގެ އިވޭލުއޭޝަން ރިޕޯރޓްތައް ތައްޔާރުކުރުން. 13. ހަވާލުކުރެވޭ ގޮތަށް އެހެނިހެން މަސައްކަތްތައް ކުރުން. |
|
މަޤާމުގެ ޝަރުޠުތައް: |
1. މަސައްކަތާއި ގުޅުންހުރި ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ޙާޞިލްކޮށްފައިވުން.
ނޯޓް: ރިސާރޗް މަސައްކަތުގައި އުޅުއްވާ ބޭފުޅުންނަށް އިސްކަންދެވޭނެއެވެ. |
|
ތަޢުލީމީ ރޮނގުތައް:
|
ރިސަރޗް، ރިސަރޗް ސްޓަޑީޒް، ރިސަރޗް މެތޮޑޮލޮޖީއާ އެކު މޭޖަރވާގޮތަށް ހަދާ ތަފާތު ދާއިރާތައް
ބިޒްނަސް އެޑްމިނިސްޓްރޭޝަން،މާކެޓިންގ، މާކެޓިންގ އެނަލިޓިކްސް، ބިސްނަސް އެނަލިޓިކްސް، ޕަބްލިކް އެޑްމިނިސްޓްރޭޝަން، ޕަބްލިކް ޕޮލިސީ،ޕޮލިޓިކަލް ސައިންސް، މެނޭޖްމަންޓް، އެޑިއުކޭޝަން މެނޭޖްމަންޓް، އިކޮނޮމިކްސް، ސްޓްރެޓަޖިކް މެނޭޖްމަންޓް، އެކައުންޓިންގް އެންޑް ޑޭޓާ އެނަލިޓިކްސް, ސްޓެޓިސްޓިކްސް ، އެޕްލައިޑް ސްޓެޓިސްޓިކްސް އެންޑް ރިސަރޗް މެތަޑްސް، ސްޓެޓިސްޓިކަލް އެނަލިޓިސްޓް، މާކެޓިންގް އެނަލިސްޓް، ބިޒްނަސް އެނަލިޓިކްސް، ޑޭޓާ މެނޭޖްމަންޓް، ޑޭޓާ ސައިންސް |
|
ގުޅޭ ވަޒީފާގެ ދާއިރާތައް:
|
ޕޮލިސީ، ސިޔާސަތު ނުވަތަ ސްޓްރެޓެޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި، 31 މާރިޗް 2026 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.
ޕޯޓަލް ލިންކް: https://jobcenter.mv/en/jobs/projekt-ofisar-kontrekt
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
އެހެނިހެން:
|
1. މި މަޤާމަށް ހޮވޭ ފަރާތްތަކުން 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ފުރިހަމަ ކުރަންވާނެއެވެ. 3 މަސް ހަމަވުމަށްފަހު އިތުރަށް ވަޒީފާގައި ބެހެއްޓުމާމެދު ގޮތެއް ނިންމާނީ ޕްރޮބޭޝަން މުއްދަތުގެ މަސައްކަތު ފެންވަރަށް ބެލުމަށް ފަހުއެވެ. 2. މި މަޤާމަށް މިނިސްޓްރީގެ މުވައްޒަފަކު ހޮވުނުކަމުގައި ވީނަމަވެސް 3 މަސްދުވަހުގެ ޕްރޮބޭޝަން މުއްދަތު ގުނޭނެއެވެ. 3. މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. މި މަޤާމުގެ އިންޓަވިއުއަށް ދެންނެވޭނީ ގިނަވެގެން 10 ކެނޑިޑޭޓުންނަށެވެ. |
|
އިންޓަރވިއު އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އަދި އިމްތިހާނު އޮންނާނީ 01 އޭޕްރިލް 2026 އިން 30 އޭޕްރިލް 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. |
|