|
އިޢުލާނު |
|
|
މަޤާމު: |
ސީނިއަރ ހަޔަރ އެޑިއުކޭޝަން ޕޮލިސީ ޑިވެލޮޕްމަންޓް އޮފިސަރ |
|
މަޤާމުގެ ނަންބަރު: |
J-431881 |
|
ބޭނުންވާ އަދަދު: |
1 (އެކެއް) |
|
މަޤާމުގެ ގިންތި: |
ދާއިމީ |
|
މަޤާމުގެ ރޭންކު: |
ޕަބްލިކް ސަރވިސް ރޭންކް 7 – ސްޓެޕް 1 |
|
ޖޮބް މެޓްރިކްސް ނަން: |
ހަޔަރ އެޑިއުކޭޝަން ޕޮލިސީ ޑިވެލޮޕްމަންޓް އެންޑް އެޑްމިނިސްޓްރޭޝަން ޕްރޮފެޝަނަލްސް |
|
ވަޒީފާ އަދާކުރަން ޖެހޭ ތަން: |
އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ/ ހުޅުމާލެ |
|
ސެކްޝަން/ޔުނިޓް: |
ޕޮލިސީ ޕްލޭނިންގ ސެކްޝަން |
|
މުސާރަ: |
9560.00 ރުފިޔާ |
|
ޖޮބް އެލަވަންސް: |
4465.00 ރުފިޔާ |
|
އެހެނިހެން އެލަވަންސް: |
1. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/120 ރުފިޔާ 2. ދައުލަތުގެ ޕޭ ފްރޭމްވަރކްގެ މިންގަނޑު (01 ނޮވެމްބަރ 2025 އާ އެއްގޮތަށް) އިތުރުގަޑީގެ ފައިސާ 3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން |
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް: |
1. ދިވެހިރާއްޖޭގައި މަތީ ޢުލީމާއި ތަމްރީނު ދިނުމަށް އުފައްދާ މަރުކަޒުތައް ރަޖިސްޓަރީކުރުމައްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރުން 2. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކުން ހުށަހަޅާ ހުށައެޅުންތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން 3. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭ ގޮތުން މަޢުލޫމާތު ބޭނުންވާ ފަރާތްތަކަށް މަޢުލޫމާތު ފޯރުކޮށްދިނުން. 4. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާބެހޭ މައުލޫމާތް ރައްކާކޮށް، މަތީ ތަޢުލީމުދޭ މަރުކަޒުތަކުގެ ދަޕްތަރު އަދާހަމަކޮށް ބެލެހެއްޓުން. 5. މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓަރީކޮށްދިނުމުގެ ޤަވާޢިދާއި މިންގަޑުތައް އެކުލަވާލައި އަޕްޑޭޓްކުރުމާއި ގުޅޭ މަސައްކަތް ކުރުން 6. މަތީތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތައް ރަޖިސްޓްރީކޮށްދިނުމުގެ ޤަވާޢިދުގެ ދަށުން މަރުކަޒުތަކުން ހޯދަން ޖެހޭ މައުލޫމާތާއި ރިޕޯޓްތައް ހޯދުމުގެ މަސައްކަތްކުރުން 7. މަތީ ތަޢުލީމާއި ތަމްރީނުދޭ މަރުކަޒުތަކާ ބެހޭ ގޮތުން ދަރިވަރުން ހުށަހަޅާ ޝަކުވާތަކާ ގުޅިގެން ކުރަންޖެހޭ އިދާރީ މަސައްކަތްތައް ކުރުން 8. ރެޖިސްޓަރޭޝަން ޔުނިޓްގެ އެންޓްރީ އަދާހަމަކޮށް ބަހަލައްޓައި ސިޓީ / އީމެއިލްތައް ފޮނުވުމާއި އެކިފަރާތްތަކުން އަންނަ ސިޓީ/ އީމެއިލްތަކަށް ޖަވާބުދިނުން. |
|
މަޤާމުގެ ޝަރުޠުތައް: |
1. މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ޑިގްރީއެއް ނުވަތަ ބެޗްލަރސް އޮނަރސް ޑިގްރީއެއް ޙާޞިލްކޮށްފައިވުން. |
|
|
ތަޢުލީމީ ރޮނގުތައް: 1. އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން 2. އެނަލިޓިކްސް 3. ޗޭންޖިންގ އެޑިއުކޭޝަން 4. ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން 5. އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް 6. އެޑިއުކޭޝަން މެނޭޖްމަންޓް 7. އެޑިއުކޭޝަން ޕޮލިސީ 8. އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން 9. އެޑިޔުކޭޝަނަލް ލޯ 10. އެޑިޔުކޭޝަނަލް ލީޑަރޝިޕް 11. އެޑިއުކޭޝަނަލް ސައިކޮލޮޖީ 12. އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން 13. އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ 14. ހަޔަރ އެޑިޔުކޭޝަން 15. ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން 16. ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން އެންޑް ޕޮލިސީ 17. ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް 18. ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް 19. ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް 20. ހަޔަރ އެޑިޔުކޭޝަން ޕޮލިސީ ރިސަރޗް އެންޑް އެޑްމިނިސްޓްރޭޝަން 21. އިނޮވޭޝަން އެންޑް ހަޔަރ އެޑިޔުކޭޝަން 22. ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން 23. ލީޑަރޝިޕް އިން އެޑިއުކޭޝަން 24. ޕޮލިސީ މެނޭޖްމަންޓް 25. ޕޮލިސީ ސްޓަޑީޒް 26. ޕަބްލިކް އެޑްމިނިސްޓްރޭޝަން 27. ޕަބްލިކް އެފެއާޒް 28. ޕަބްލިކް މެނޭޖްމަންޓް 29. ޕަބްލިކް ޕޮލިސީ 30. ރިސަރޗް 31. ރިސަރޗް މެތަޑްސް 32. ރިސަރޗް ސްޓަޑީސް 33. ސޯޝަލް ޕޮލިސީ 34. ސޯޝަލް ރިސާރޗް 35. ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް 36. ސްޓެރެޓީޖިކް މެނޭޖްމަންޓް 37. ސްޓެރެޓީޖިކް ސްޓަޑީޒް 38. ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން 39. ޓަރޝަރީ އެޑިޔުކޭޝަން |
|
|
ގުޅޭ ވަޒީފާގެ ދާއިރާތައް: 1. ޕޮލިސީ، ސިޔާސަތު ނުވަތަ ސްޓްރެޓެޖީ އެކުލަވާލުމުގެ މަސައްކަތްތަކާގުޅޭ ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތަކާއި އިދާރީ މަސައްކަތްތައް |
|
ހުށަހަޅަންޖެހޭ ލިޔުންތައް:
|
1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް). 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް. 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން. 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛ (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ. 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ: (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން. (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.) (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު". |
|
ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް: |
މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ. |
|
މަޤާމަށް އެދެންވީގޮތާއި ސުންގަޑި: |
މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 15 އޭޕްރިލް 2026 (ބުދަ) ދުވަހުގެ 13:30 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.
ޕޯޓަލް ލިންކް: https://jobcenter.mv/dv/jobs/seeniar-hayar-ediukeyshan-polisee-divelopmant-ofisar
އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ. |
|
ޝޯޓްލިސްޓުކުރުން:
|
މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ. |
|
އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު: |
މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 16 އޭޕްރިލް 2026 އިން 16 މޭ 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ. |
|
"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން |
އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. |
|
މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ. |
|