ވަޒީފާތައް

މުސާރަ
770 ރުފިޔާ - 1,650 ރުފިޔާ
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
770 ރުފިޔާ - 1,650 ރުފިޔާ
ވަޒީފާގެ ތަފްޞީލު

ި އޮތޯރިޓީގައި ޕެއިޑް އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ތިރީގައި މިދަންނަވާ ގޮތަށް މީހަކު ބޭނުންވެއެވެ.

 

މައިގަނޑު މަސައްކަތް:

1.      ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ދަށުން ބަލަހައްޓާ ޑޭޓާބޭސްއަށް ޑޭޓާ އެންޓްރީ ކުރުން.

2.      ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ މަސައްކަތާއި ގުޅިގެން ތައްޔާރުކުރާ ރިޕޯޓުތައް ހެދުމުގައި އެހީތެރިވުން.

3.      ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓުގެ މަސައްކަތްތަކާއި ގުޅިގެން ނަގަންޖެހޭ ސެޝަންތައް ނެގުމުގައި އެހީތެރިވުން

4.      ކޯޑިނޭޝަން އެންޑް މޮނިޓަރިންގ ޑިޕާޓްމެންޓްގެ ފަރާތުން ކުރަންޖެހޭ މަސައްކަތުގައި އެހީ ތެރިވެދިނުން

 

ބޭނުންވާ ޢަދަދު:

1 (އެކެއް)

ޝަރުތު:

  • މަތީ ސާނަވީ ތަޢުލީމު ހާސިލުކޮށްފައިވާ ފަރާތްތައް؛
  • ރާއްޖެއާއި ނުވަތަ ރާއްޖެއިން ބޭރުގައި ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ތެރޭގައި ހިމެނޭ ލެވެލް 5 (ޑިޕްލޮމާ) ނުވަތަ 6 (އެޑްވާންސްޑް ޑިޕްލޮމާ/ އެސޯސިއޭޓް ޑިގްރީ/ފައުންޑޭޝަން ޑިގްރީ) ނުވަތަ 7(ބެޗްލަރސް ޑިގްރީ) ގެ ސަނަދެއް ހާސިލުކޮށްފައިވާ ނުވަތަ ހާސިލުކުރަމުންދާ ދަރިވަރަކަށްވުން؛
  • ގެވެށި އަނިޔާއާ ދެކޮޅަށް މަސައްކަތް ކުރުމަށް ޝައުޤުވެރިކަން ހުރުން؛
  • މައިކްރޮސޮފްޓް އޮފީސް އެޕްލިކޭޝަންތަކަށް ފަރިތަވެ، ބޭނުންކުރަން އެނގުން (ވޯޑް، އެކްސެލް، ޕަވަރޕޮއިންޓް، ޕަބްލިޝަރ ފަދަ އެފްލިކޭޝަންތައް)؛
  • 1 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ހުރި ފަރާތްތަކަށް އިސްކަންދެވޭނެއެވެ. ތަޖުރިބާގެ ގޮތުގައި ޑޭޓާ އެންޓްރީ ކުރުން، ރިސާޗް އެކްސްޕީރިއަންސް، ނުވަތަ މައިގަނޑު މަސައްކަތާއި ގުޅުންހުރި އެހެނިހެން ތަޖުރިބާ ބަލައިގަނެވޭނެއެވެ

މަސައްކަތް ކުރަންޖެހޭ ވަގުތު:

·     ހަފްތާ އަކު މަދުވެގެން 20 ގަޑިއިރު.

މުއްދަތު:

·      03 މަސްދުވަސް

އެލަވަންސް:


ތަޢުލީމު

 

މަސައްކަތުގެ ތަޖުރިބާއާ ނުލައި ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

މަސައްކަތުގެ ތަޖުރިބާއާއެކު ދެވޭ އެލަވަންސް (ގަޑިއަކަށް ދެވޭ އެލަވަންސް، ރުފިޔާއިން)

އޭ ލެވެލް

15

20

ޑިޕްލޮމާ (ލެވެލް 5)

20

25

އެޑްވާންސްޑް ޑިޕްލޮމާ(6) އެސޯސިއޭޓް ޑިގްރީ/ ފައުންޑޭޝަން ޑިގްރީ )

25

30

ބެޗްލަރސް ޑިގްރީ (ލެވެލް 7)

35

40

ހުށަހަޅަންޖެހޭ ލިޔެކިއުންތައް:

1.     ފުރިހަމަ ކުރައްވާފައިވާ އިންޓަރންޝިޕަށް އެދޭ ފޯމު؛

2.     ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

3.     ކޯސް ފުރިހަމަކުރަމުންދާ ދަރިވަރުން ކޯސް ފުރިހަމަކުރާކަމުގެ ލިޔުން؛

4.     ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ.

5.     ވަނަވަރު (ކަރިކިއުލަމް ވީޓާ).

 

ވީމާ، މި އޮތޯރިޓީގައި އިންޓަރނެއްގެ ގޮތުގައި މަސައްކަތްކުރުމަށް ޝައުވެރިވެލައްވާ ފަރާތްތަކުން އެކަމަށް އެދޭ ފޯމް ފުރިހަމަކުރައްވާ ފޯމާއެކު ހުށަހަޅަންޖެހޭ ލިޔެކިއުންތައް 16 އޮކްޓޯބަރ 2023 ވަނަ ދުވަހުގެ 13:30 ގެ ކުރިން މިއޮތޯރިޓީއަށް (ހ. މައިޒާންދޮށުގެ، 2 ވަނަ ފަންގިފިލާ) އަށް ހުށަހެޅުއްވުން އެދެމެވެ. ހުށަހަޅަންޖެހޭ ހުރިހާ ލިޔެކިއުންތަކާއެކު ސުންގަޑީގެ ކުރިން އީ-މެއިލް [email protected] މެދުވެރިކޮށް ހުށަހަޅާ އެޕްލިކޭޝަންތައްވެސް ބަލައިގަނެވޭނެއެވެ.

 

ނޯޓް: އިންޓަރވިއުއަށް ދަޢުވަތު ދެވޭނީ ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން ހަމައެކަނި ޝޯޓްލިސްޓްކުރެވޭ ފަރާތްތަކަށެވެ.

 

އިތުރު މަޢުލޫމާތު ހޯއްދެވުމަށް:

ފޯން: 3010551

ފެކްސް: 3010552

އީ-މެއިލް: [email protected]

ވެބްސައިޓް: www.fpa.gov.mv                                 

      ފޭސްބުކް:www.facebook.com/fpa.maldives  

 

--------------

                             20 ރަބީއުލްއައްވަލް 1445

                               05 އޮކްޓޫބަރ 2023 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޭލެވެލް / އެޑްވާންސް ސެޓްފިކެޓް
ޝާޢިއުކުރި ތާރީޚް
5 އޮކްޓޯބަރު 2023
މުއްދަތު ހަމަވާ ތާރީޚް
16 އޮކްޓޯބަރު 2023