ވަޒީފާތައް

މުސާރަ
8,000 ރުފިޔާ - 10,000 ރުފިޔާ
ވަޒީފާގެ ބާވަތް
ޕާރޓްޓައިމް
ރަށް
ރ. ވަންދޫ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,000 ރުފިޔާ - 10,000 ރުފިޔާ
ހަމަޖެހިފައިވާ އުސޫލުން ފުޑް އަދި ރިސްކް އެލަވަންސް ލިބޭނެއެވެ.
އިތުރު ގަޑީގައި މަސައްކަތް ކޮށްފިނަމަ ކުންފުނީގެ އިތުރުގަޑީގެ ޕޮލިސީގައި ބަޔާންކުރާ ފަދައިން އިތުރުގަޑީގެ ފައިސާ ދެވޭނެއެވެ.
ވަޒީފާގެ ތަފްޞީލު

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން - ރީޖަނަލް އޮޕަރޭޝަންސް، ވަންދޫ

 

ޝަރުޠު

  1. މެކޭނިކަލް/އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން ނުވަތަ،
  2. މެކޭނިކަލް/އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 1 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ،
  3. މެކޭނިކަލް/އިލެކްޓްރިކަލް އިންޖިނިއަރިންގ ނުވަތަ ގުޅުން ހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން؛ އަދި،
  4. އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުން،
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރެވޭނެ ފަރާތެއްކަމުގައިވުން،
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. ޕަވާރ ހައުސް އޮޕަރޭޓިންގ މެޝިނަރީސްތައް ރޫޓިންގް އޮޕަރޭޝަން ގެ ދަށުން ބެލެހެއްޓުން.
  2. އޮޕަރޭޓިންގ މެޝިނަރީސްތަކަށް ދިމާވާ މެކޭނިކަލް އަދި އިލެކްޓްރޯނިކްސް މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.
  3. މެޝިނަރީސްތައް ދޮވެ ސާފުކޮށް ބެލެހެއްޓުން.
  4. ކޯޕަރޭޝަންގެ މަޤްޞަދުތައް ހާސިލުކުރުމަށް އޮފީހުގެ އެހެންނިހެން ޑިޕާރޓްމަންޓްތަކާއި ގުޅިގެން މަސައްކަތްކުރުން؛
  5. އޮޕަރޭޓިންގ މެޝިނަރީސްތަކަށް ދިމާވާ މެކޭނިކަލް އަދި އިލެކްޓްރޯނިކްސް މައްސަލަތަކުގައި އެހީތެރިކަން ފޯރުކޮށް ދިނުން.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޭލެވެލް / އެޑްވާންސް ސެޓްފިކެޓް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  • 2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • 3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.)
  • 4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  • 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • ގުދަންކުރުމުގެ ޚިދުމަތް (ވެއަރ ހައުސިންގ)
މަޤާމްތައް
  • އެސެމްބްލަރ، އިލެކްޓްރިކް އިކުއިޕްމަންޓް
ވަޒީފާގެ ބާވަތް
  • ޕާރޓްޓައިމް
މަސައްކަތުގެ ދާއިރާ
  • Engineering, Manufacturing and Construction
ޝާޢިއުކުރި ތާރީޚް
15 ޑިސެމްބަރު 2022
މުއްދަތު ހަމަވާ ތާރީޚް
22 ޑިސެމްބަރު 2022