ވަޒީފާތައް

މުސާރަ
8,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,000 ރުފިޔާ
-
ވަޒީފާގެ ތަފްޞީލު

މިކުންފުނީގެ ހިއުމަންރިސޯސް އޮފިސަރުގެ މަޤާމަށް މީހަކު ބޭނުންވެއެވެ. މިމަޤާމުގައި ހުންނަ މީހަކަށް މުސާރައާއި އެލަވަންސްގެ ގޮތުގައި މަހަކު 8000.00 ރުފިޔާ ދެވޭނެއެވެ. މީގެއިތުރުން އިތުރުގަޑީގައި ކުރާ މަސައްކަތްތަކަށް ހަމަޖެހިފައިވާ އުސޫލުން އިނާޔަތް ލިބޭނެއެވެ. މިމަޤާމުގައި ހުންނަ މީހަކު ކުރަންޖެހޭނެ މައިގަނޑު މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންގެ ހާޒިރީ ބެލެހެއްޓުމާ، ވިސާގެ މަސައްކަތްތަކާ، މުވައްޒަފުންނާ ގުޅުންހުރި އެހެނިހެން މަސައްކަތް ކުރުމާއެކު މަސައްކަތުގެ ރެކޯޑް ބެލެހެއްޓުމެވެ. ކުންފުނީގެ ޤަވާޢިދު ހަމަޖެހިފައިވާގޮތުން ކުންފުނީގެ އިދާރީ މުވައްޒަފުންގެ ރަސްމީ ގަޑިއަކީ ހުކުރުދުވަހާ ބަންދު ދުވަސްތައްފިޔަވައި ކޮންމެ ދުވަހަކު 08:00 ން 17:00 އެވެ.

 

ވީމާ ޖީ.ސީ.އީ އެޑްވާންސް ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނުން 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި އަދި އިސްލާމް މި 2 މާއްދާއިން ދަށްވެގެން "ސީ" ފާސް ލިބިފައިވާ، މިމަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އެމީހެއްގެ ތަޢުލީމާ ވަޒީފާގެ ވަނަވަރާ ވަޒީފާއަށް އެދޭ ސިޓީގެ އިތުރުން ބޭނުންވާ ލިޔެކިޔުންތަކާއެކު 19 އޮގަސްޓް 2021 ވަނަދުވަހު 14:00 ގެ ކުރިން ތިރީގައިވާ އެޑްރެހަށް ނުވަތަ އީމެއިލް އެޑްރެހަށް ފޮނުވައިދެއްވުން އެދެމެވެ.

 

ތަކެތި ހުށަހަޅަންވީ އެޑްރެސް

މާލާ ހައިރައިޒިންގ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް

ގ. މައިލްސް، 2 ވަނަ ފަންގިފިލާ

ކޮއިމަލާ ހިނގުން.

 

މެއިލްކުރަންވީ އެޑްރެސް

  [email protected]

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޭލެވެލް / އެޑްވާންސް ސެޓްފިކެޓް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ
  • ވަޒީފާ އަށް އެދޭ ސިޓީ
  • ސީ. ވީ
  • ތަޢުލީމީ ސެޓްފިކެޓްގެ ކޮޕީ
  • ވަޒީމާގައި އުޅުން ކަމުގެ ލިޔުމުގެ ކޮޕީ (އޮތްނަމަ)

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • އިމާރާތް ބިނާކުރުން
  • ސިވިލް އިންޖިނިއަރިންގ
  • އިމާރާތް ކުރުމުގެ ޚާއްސަ މަސައްކަތް
މަޤާމްތައް
  • ހިއުމަން ރިސޯސް އެޑްމިނިސްޓްރޭޓަރ
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ބޭނުންވާ ފަންނުތައް
  • ހިއުމަން ރސޯސް މެނޭޖްކުރުން
ޝާޢިއުކުރި ތާރީޚް
15 އޯގަސްޓު 2021
މުއްދަތު ހަމަވާ ތާރީޚް
19 އޯގަސްޓު 2021