ޝަރުތުތައް: އޯލެވެލް 4 މާއްދާއިން ފާސްވެފައިވުން (އިނގެރޭސި އަދި ދިވެހި ހިމެނޭހެން)
އެހެނިހެން ޝަރުތުތައް:
- ދިވެހިބަހުން އަދި އިނގެރޭސި ބަހުން މުޢާމަލާތް ކުރުމުގެ ހުނަރު
- ވާހަކަދެއްކުމުގެ ހުނަރާއި އެހެންމީހުންނާއި ގުޅިގެން މަސައްކަތް ކުރުމުގެ ހުނަރު
- އަމިއްލައަށް އިސްނަގައިގެން މަސައްކަތް ކުރުމުގެ ހުނަރު
- ގަޑިއަށް ފަރުވާތެރިވުން
މަޤާމުގެ މައިގަނޑު މަސްޢޫލިއްޔަތުތައް:
- އީމެއިލް މެދުވެރިކޮށާއި އޮފީހަށް އަންނަ ސިޓީތަކާއި އެހެނިހެން ލިޔުންތަކާއި ޙަވާލުވުމާއި ޖަވާބު ފޮނުވުން
- އީމެއިލް މެދުވެރިކޮށާއި އޮފީހަށް އަންނަ ކޯޓު އަމުރުތަކާއި ޙަވާލުވުމާއި، އަމުރުތައް ފައިލްކޮށް ބެލެހެއްޓުން އަދި ކަލަންޑަރަށް އެންޓަރކުރުން
- މިނޫންވެސް އެހެނިހެން އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން
މަސައްކަތު ގަޑި: ހެނދުނު 8:00 އިން ހަވީރު 16:30 އަށް (އާދީއްތަ - ބުރާސްފަތި) - [ކަނޑައެޅިފައިވާ ގޮތުގެ މަތިން 01 ގަޑިއިރު ލަންޗް ބްރޭކް ލިބޭނެ]
ޕްރޮބޭޝަން މުއްދަތު: 03 މަސްދުވަސް (ޕްރޮބޭޝަންގެ 03 މަސްދުވަސް ހަމަވުމުން މަޤާމަށް ހޮވޭ ފަރާތެއްގެ މަސައްކަތުގެ ފެންވަރާއި ޤާބިލްކަމަށް ރިޢާޔަތްކުރުމަށްފަހު 01 އަހަރުދުވަހުގެ ވަޒީފާގެ އެއްބަސްވުމެއްގައި ސޮއިކުރެވޭނެއެވެ. އަދި އެއްބަސްވުމުގެ މުއްދަތު މަސައްކަތުގެ ފެންވަރަށް ރިޢާޔަތްކޮށް އިތުރުކުރެވޭނެއެވެ.)