ވަޒީފާތައް

މުސާރަ
12,000 ރުފިޔާ - 17,000 ރުފިޔާ
ވަޒީފާގެ ބާވަތް
ޕާރޓްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
3
ރަށް
ކ. ތިލަފުށި

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
12,000 ރުފިޔާ - 17,000 ރުފިޔާ
ހަމަޖެހިފައިވާ އުސޫލުން ފުޑް އަދި ރިސްކް އެލަވަންސް ލިބޭނެއެވެ.
ވަޒީފާގެ ތަފްޞީލު

ވަޒިފާ އަދާކުރަންޖެހޭ ރަށް، އޮފީސް، ސެކްޝަން - ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) / ގްރޭޓަރ މާލެ އޮޕަރޭޝަންސް، ތިލަފުށި

 

ޝަރުޠު

  1. އެކްސްކަވޭޓަރ އޮޕަރޭޓްކުރުމުގެ ލައިސަންސް ލިބިފައިވުން (ކެޓަގަރީ E)
  2. އެކްސްކަވޭޓަރ އޮޕަރޭޓްކުރުމުގެ މަސައްކަތު ތަޖުރުބާ ލިބިފައިވުން
  3. ތަޢުލީމީ ފެންވަރު އެންމެ ދަށްވެގެން 7 ގެ ފެންވަރު ހުރުން ނުވަތަ ލިޔަން ކިޔަން ދަތުމާއެކު މަޤާމުގެ މަސައްކަތުގެ ހުނަރު / ޤާބިލުކަން ލިބިފައިވުން.
  4. އިނގިރޭސިބަހާއި ދިވެހިބަހުން ފަރިތަކޮށް މުޢާމަލާތް ކުރަން އެނގުމާއި، ޓީމެއް ގޮވައިގެން މަސައްކަތްކުރުމުގެ ޤާބިލުކަން ލިބިފައިވުން؛
  5. އަމިއްލައަށް އިސްނަގައިގެން މަސައްކަތްކުރުމުގެ ތަޖުރިބާ ލިބިފައިވުމާއި މަޝްރޫޢުގެ އަމާޒުތައް ހާސިލުކުރެވޭނެ ފަރާތަކަށްވުން؛
  6. މަޤާމުގެ މަސްއޫލިއްޔަތު އަދާ ކުރެވޭފަދަ ޞިއްޙަތެއްގައި ހުރި މީހަކު ކަމުގައިވުން.
  7.  

މަޤާމުގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް

  1. އެކްސްކަޥޭޓަރ އޮޕަރޭޓް ކުރުން
  2. އެކްސްކަޥޭޓަރުން ކުނި ލޯޑް/އަންލޯޑް ކުރުން، ކުނި ވަކިކުރުން، ގޮނޑުގައި ޖާގަހެދުން އަދި ގޮނޑުގެ މަގުތަށް ރަނގަޅުކޮށް ލެވެލްކުރުމުގެ މަސައްކަތް ކުރުން
  3. އެކްސްކަޥޭޓަރ ދުއްވުމަށް ބޭނުންވާ ތައްޔާރީތައްވުމާއި އެކްސްކަވޭޓަރުގެ ރިޕެއަރ އެންޑް މެއިންޓަނަންސް މަސައްކަތަށް ބޭނުންވާ ތަކެއްޗާއި ވަސީލަތް ހޯދުމާއި ރިޕެއަރ އެންޑް މެއިންޓެނަނަސް މަސައްކަތްކުރުން
  4. އެކްސްކަވޭޓަރުގެ ދުއްވުމާއި މަރާމާތުކުރުމާއި ގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުމާއި ރިޕޯޓް ކުރަންޖެހޭ ފަރާތްތަކަށް ރިޕޯޓްކުރުން
  5. އެކްސްކަވޭޓަރ އަށް ތެޔޮ އެޅުމާއި ކަމާ ގުޅުންހުރި ލިޔެކިޔުންތައް ބެލެހެއްޓުން
  6. އެކްސްކަވޭޓަރ ދޮވެސާފުކޮށް ބެލެހެއްޓުމާއި މަސައްކަތް ކުރަމުންދާއިރު ހާދިސާއެއް ދިމާވެއްޖެނަމަ އަޅަންޖެހޭ ފިޔަވަޅުތައް އަޅައި ރިޕޯޓްކުރުން
  7. މީގެ އިތުރުން ކޯޕަރޭޝަނުން ކުރިއަށް ގެންދާ އިތުރު ކަންތައްތަކުގެ ޢަމަލީގޮތުން ބައިވެރިވުން

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޭލެވެލް / އެޑްވާންސް ސެޓްފިކެޓް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • 1. ވަޒީފާއަށް އެދި ހުށަހަޅާ ފޯމު (ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން ލިމިޓެޑްގެ މައި އޮފީހުގެ ކައުންޓަރުން އަދި މި ކޯޕަރޭޝަންގެ ވެބްސައިޓް (www.wamco.com.mv) އިން ލިބިވަޑައިގަންނަވާނެ).
  • 2. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު
  • 3. ލިބިފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ (އިންޓަވިއުއަށް ދުރުވާ ފަރާތްތަކުން ހުށައަޅާފައިވާ ލިޔެކިޔުންތަކުގެ އަސްލު ހިއްޕަވައިގެން އިންޓަވިއުއަށް ދުރުވުން އެދެމެވެ. ލިޔެކިޔުންތައް ނުގެނެވޭނަމަ އެލިޔުމަކަށް ލިބޭ މާކްސް އުނިކުރެވިގެން ދާނެއެވެ.)
  • 4. ޕޮލިސް ރިޕޯޓު (ދޫކުރި ފަހުން 03 މަސްދުވަސް ހަމަނުވާ)
  • 5. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • 6. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (ދެފުށުގެ ލިޔުންތައް ކިޔަން އެނގޭ ފަދަ ސާފު) ކޮޕީ

އެހެނިހެން މަޢުލޫމާތު

ސިނާޢަތްތައް
  • އިންޖީނުލީ އުޅަނދާއި ސައިކަލުގެ ހޯލްސޭލް އަދި ރީޓެއިލް ވިޔަފާރި އަދި މަރާމާތު ކުރުން ހެދުން
  • ގުދަންކުރުމުގެ ޚިދުމަތް (ވެއަރ ހައުސިންގ)
މަޤާމްތައް
  • ހެވީ ޓްރަކް ޑްރައިވަރ
ވަޒީފާގެ ބާވަތް
  • ޕާރޓްޓައިމް
މަސައްކަތުގެ ދާއިރާ
  • Engineering, Manufacturing and Construction
ޝާޢިއުކުރި ތާރީޚް
15 ޑިސެމްބަރު 2022
މުއްދަތު ހަމަވާ ތާރީޚް
20 ޑިސެމްބަރު 2022