ވަޒީފާތައް

މުސާރަ
7,611 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
7,611 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ

މާލެ، ދިވެހިރާއްޖެ

އިޢުލާނު

ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް  އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.

އިޢުލާން ނަންބަރު: MNU-HR/2022/99

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ (މިނިމަމް)

އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ / އިދާރީ މަރުކަޒު

ގްރޭޑް:  02

ސްޕައިން ޕޮއިންޓް: 10

މުސާރަ: މަހަކު  4,668.61ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު 4,668.61 ރުފިޔާ

މިނިމަމް ވޭޖް: މަހަކު 942.00 ރުފިޔާ

ވަޒީފާގެ ބާވަތް: ދާއިމީ

އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ގްރޭޑް 12 ނިންމާފައިވުން.ނުވަތަ،
  • ގްރޭޑް 10ނިންމާފައި 2 އަހަރު ދުވަހުގެ ތަޖްރިބާމަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ސެޓިފިކެޓް ލެވެލް 1 ނުވަތަ 2،ގެ ސަނަދެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުން. ނުވަތަ،

މަޤާމުގެ މަސްޢޫލިއްޔަތު:

  1. ސްޓޮކަށް ތަކެތި އޯޑަރ ކުރުމަށް ހަމަޖެހިފައިވާ ލެވެލް އަށް ތަކެތީގެ އަދަދު ތިރިވުމުން އެތަކެތި ހޯދުމަށް ކަނޑައެޅިފައިވާ އުސޫލުން އެތަކެއްޗަށް އެދޭ ފޯރމް މެދުވެރިކޮށް ޕްރޮކިއުމަންޓް ސެކްޝަންގައި އެދުން.
  2. ދުވަހުން ދުވަހަށް ސްޓޮކް ބާކީކޮށް ސްޓޮކަށް ވައްދާ ތަކެތި ސްޓޮކް ސިސްޓަމްގައި ރެކޯރޑް ކުރުން.
  3. ހަމަޖެހިފައިވާ ގަޑިތަކުގައި ހަމަޖެހިފައިވާ އުސޫލުން ސްޓޮކުން ތަކެތި ދޫކުރުން އަދި ވަގުތުން ވަގުތަށް ސްޓޮކް ބާކީކުރުން.
  4. ސްޓޮކަށް ތަކެތި ލިބުމުން ތަކެތި ރިސީވް ކުރުމާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަ ކުރުން.
  5. އިންވެންޓަރީ ބެލެހެއްޓުމަށް ކުރަންޖެހޭ އެންމެހާ ކަންކަން ކުރުން. މިގޮތުން މުދާ ލިބުމުން ސިސްޓަމުގައި ރެކޯރޑް ކުރުމާއި، ނަންބަރު ދިނުމާއި ނަންބަރު ޖެހުމާއި ހަވާލުކުރުމާއި މީގެ އިތުރަށްވެސް ކުރަންޖެހޭ ކަންކަން ކުރުން.
  6. ނީލަން ކިޔުމަށް ނުވަތަ މުދަލެއް ނައްތާލުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  7. ގްރެޖުއޭޝަން ފަދަ މުނާސަބަތުތަކުގައި އިދާރީ ގޮތުން ކުރަންޖެހޭ ކަންކަން ކުރުމުގައި ބައިވެރިވެ ހަވާލުކުރެވޭ ޒިންމާ ފުރިހަމަގޮތުގައި އަދާކުރުން. މިގޮތުން ގައުން ދޫކުރުން، ބަލައިގަތުން، ގައުން ބެލެހެއްޓުން، ގައުން ތައްޔާރުކުރުން ފަދަ އެނަމެހާ ކަންކަން ކުރުން.
  8. ސެކްޝަނަށް ލިބޭ ލިޔުންތަކާއި ޙަވާލުވެ، އެކަމާބެހޭ ގޮތުން އަޅަންޖެހޭ ފިޔަވަޅު އަޅާ މައްސަލަ ނިމުމުން ކަމާ ބެހޭ ލިޔުންތައް ފައިލް ކުރުން.
  9. އިދާރީ މަރުކަޒަށް އަންނަ އާނމު ފޯނުކޯލްތަކަށް ޖަވާބުދީ އަދި ފޯނުކުރާ ފަރާތްތަކުން ކުރާ ސުވާލުތަކަށް ޖަވާބު ދީ ވީވަރަކުން އެހީތެރިކަން ފޯރުކޮށްދިނުން.
  10. ޔުނިވަރސިޓީގެ ރިސެޕްޝަންގެ މަަސއްކަތް ވިލަރެސްކޮށް އެސެކްޝަނަށް ދިމާވާ ކަންކަން ދެނެގަނެ ވެރިންގެ މަޝްވަރާގެ މަތިން ކަންކަން ރަގަޅު ކުރުމަށް މަސައްކަތް ކުރުން.
  11. އިދާރީ މަރުކަޒަށް ލިބޭ ތަކެތި ބަލައިގަނެ އެތަކެތި އެންޓްރީކޮށް ކަމާބެހޭ ސެކްޝަންތަކަށް ލަސްވެގެން އެއްދުވަސް ތެރޭގައި ޙަވާލުލުރުން.
  12. އަވަސް ސިޓީ/ޗިޓް އަދި ބިލް ފަދަ ތަކެތި ލިބުމުން އެކަން ކަމާބެހޭ ސެކްޝަނަށް ލަސްނުކޮށް އެންގުން.
  13. ޑިސްޕެޗްގެ ކަންކަން ވިލަރެސް ކޮށް ބެލެހެއްޓުން. މިގޮތުން ޕޯސްޓް ކުރުމަށް ނުވަތަ ފޮނުވުމަށް ލިބޭ ތަކެތީގެ ކަންކަން ހަރުދަނާގޮތެއްގައި ކުރުން.
  14. ޖަލްސާތަކުގެ ސައި ހެދުމުގައި އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން.
  15. ބޭރުން މަރުކަޒީ އިދާރާއަށް ވަޑައިގަންނަވާ ބޭފުޅުން ސާފުކުރައްވަން ބޭނުންފުޅުވާ މަޢުލޫމާތު / ބައްދަލު ކުރައްވަން ބޭނުންވާ ފަރާތެއް ކަމާބެހޭ ބޭފުޅަކާ ގުޅިގެން ހަމަޖެއްސުން.
  16. ސަލާމް ބުނާ މުވައްޒަފުންނާއި ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގާ ގޮތުގެ މަތިން ކުރުން.
  17. ސެކްޝަންގެ މުވައްޒަފުން ސަލާމާއި ޗުއްޓީނެގުމުން ވެރިން އަންގަވާ ގޮތެއްގެ މަތިން އެހީތެރިކަން ދިނުން.

 

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

  • 2022 މާރިޗު 17 ވާ ބުރާސްފަތި ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNUHR-2022-99

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

 

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.

ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

މަޤާމްތައް
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
ޝާޢިއުކުރި ތާރީޚް
10 މާރިޗު 2022
މުއްދަތު ހަމަވާ ތާރީޚް
17 މާރިޗު 2022