ވަޒީފާތައް

މުސާރަ
8,510 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް / ކޮންޓްރެކްޓް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
2
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,510 ރުފިޔާ+
ވަޒީފާގެ ތަފްޞީލު

ނޯޓް: މި މަޤާމަށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިގަނެވޭނީ ހަމައެކަނި ޔުނިވަރސިޓީގެ ވަޒީފާއަށް ހުށަހެޅުމަށް ހާއްސަކުރެވިފައިވާ ލިންކް މެދުވެރިކޮށެވެ. މީގެ އިތުރުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއަށް ވަޒީފާއަށް  އެދި ހުށަހަޅާ ފޯމު ވެސް ހުށަހަޅަންޖެހޭނެއެވެ.

އިޢުލާން ނަންބަރު: MNU-HR/2022/176

މަޤާމު: އެޑްމިނިސްޓްރޭޓިވް އޮފިސަރ

އޮފީސް: ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ /  އިދާރީ މަރުކަޒު

ގްރޭޑް:  04

ސްޕައިން ޕޮއިންޓް: 18

މުސާރަ: މަހަކު:  5,956.80 ރުފިޔާ

ސާރވިސް އެލަވަންސް: މަހަކު  2,552.92 ރުފިޔާ

އިނާޔަޔްތައް: އިތުރުގަޑީގައި މަސައްކަތްކުރާނަމަ، އިތުރުގަޑީގެ ފައިސާ ހަމަޖެހިފައި އޮންނަ އުސޫލުން ދެވޭނެއެވެ.

މަޤާމުގެ ޝަރުތު:

  • ސެޓިފިކެޓް ލެވެލް 5/6 ގެ ސަރޓިފިކެޓެއް މަސައްކަތުގެ ދާއިރާއިން ލިބިފައިވުމާއެކު 1 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ސެޓިފިކެޓް ލެވެލް 4 ގެ ސަރޓިފިކެޓްއަށްފަހު 2 އަހަރުދުވަހުގެ ތަޖްރިބާ މަސައްކަތާ ގުޅޭ ދާއިރާއިން ހޯދާފައިވުން. ނުވަތަ،
  • ގްރޭޑް 12 ނިންމާފައިވުމާއެކު، އިދާރީ އަދި އޮފީސް މަސައްކަތުގެ މަދުވެގެން 4 އަހަރު ދުވަހުގެ ޞަރީޙަ ތަޖުރިބާ (ފޯރމަލް ޓްރޭނިންގ އާއެކު) ލިބިފައިވުން.

މަޤާމުގެ މަސްޢޫލިއްޔަތު:

  • އެންޓްރީ ނަގައި ރެވެނިއު ސެކްޝަންގެ އެންޓްރީ އަޕްޑޭޓްކޮށް، ސިޓީތަކަށް ޖަވާބު ދިނުމާއި އެހެނިހެން ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން
  • ޔުނިވަރސިޓީގެ ސިޔާސަތުތަކާއި އެއްގޮތްވާގޮތުގެ މަތިން، ކޯސް ފީ އާއި ލިބޭ ފައިސާ ބަލައިގަތުމާއި، ބެލެހެއްޓުމާއި، ރިސިޕްޓް ތައްޔާރުކުރުމާއި އަދި ރިފަންޑު ދޫކުރުން
  • ޔުނިވަރސިޓީއަށް ލިބޭ އާމްދަނީގެ ދުވަހު ހިސާބާއި، މަހު ހިސާބާއި އަދި އަހަރީ ހިސާބު ބަލަހައްޓައި، އާމްދަނީއާއި ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން
  • ތިޖޫރީ ހިސާބުބެލެހެއްޓުމާއި ތިޖޫރީ ހިސާބުތައް ފޮނުވަން ޖެހޭ ފަރާތްތަކަށް ފޮނުވުން.
  • ޔުނިވަރސިޓީގެ ފައިސާ ބަލައިގަންނަ ނިޒާމް ތައް (ޕަވަރ ކެމްޕަސް) ފަދަ ނިޒާމްތަކަށް އަހުލުވެރިވެ އޭގެ ތަމްރީނުތައް ފުރިހަމަކުރުން
  • ޔުނިވަރސިޓީއަށް ލިބެންޖެހޭ ފައިސާ ހޯދުމަށް އިންވޮއިސް ތައްޔާރުކޮށް، އިންވޮއިސް ކުރެވިފައިވާ ތަންތަނަށް މުއްދަތު ހަމަވުމުން ގުޅައިގެން ފައިސާ ހޯދަން މަސައްކަތް ކުރުން
  • އަތޮޅުތަކުން ލިބޭ ފައިސާ ޕަވަރކެމްޕަސް އަށް އަޅައި، ސަމަރީ ޝީޓް ތައްޔާރުކުރުން
  • ފައިސާ ޖަމާކުރަން ބޭންކަށް އަށް ދިޔުން
  • ކޯސްތަކުގެ ފީ އާއި އެހެނިހެން ގޮތްގޮތުން ލިބޭ ފައިސާ ފެކަލްޓީ ތަކާއި މަސްތައް ވަކިން އެނގޭނޭގޮތަށް އެނުއަލް ރިޕޯޓް ތައްޔާރުކުރުމުގައި އެހީތެރިވުން
  • ރެވެނިއު ސެކްޝަން ހަރުދަނާ ކުރުމަށް ޓަކައި އަޅަންޖެހ ފިޔަވަތުތައް ފާހަގަކޮށް ވެރިންނާއި އެކަން ޙިއްޞާކޮށް، އަމަލީ ގޮތެއްގައި މިކަމުގައި ޚަރަކާތްތެރިވުން
  • ޤަވާއިދުން ޔައުމިއްޔާ ލިޔުމާއި، ސެކްޝަނާއި އޮފީހުގައި ކުރެވޭ މުހިއްމު މަސައްކަތްތަކަށް އެހީތެރިކަންދިނުމާއި ސަލާމްބުނާ މުވައްޒަފުންނާއި އަހަރީ ޗުއްޓީގައި ތިބޭ މުވައްޒަފުންގެ މަސައްކަތް ވެރިން އަންގަވާ ގޮތެއްގެ މަތިން ކުރުން
  • ވެރިން އަންގަވާ ގޮތެއްގެ މަތީން އެހެނިހެން މަސައްކަތް ކުރުން.

އެޕްލިކޭޝަން ފޮނުވަންވީ ތާރީޚް:

2022 ޖޫން 05 ވާ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ފޯމް ލިންކް މެދުވެރިކޮށް އޮންލައިންކޮށް.

https://tinyurl.com/MNU-HR-2022-176

އެޕްލިކޭޝަނާއެކު ހުށަހަޅަންޖެހޭ ލިޔުންތައް:

  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ވަޒީފާއަށް އެދޭ ފޯމު (ވަޒީފާއަށް އެދޭ ފޯމު، ޔުނިވަރސިޓީގެ އިދާރީ މަރުކަޒުގެ ރިސެޕްޝަނުން ލިބެން ހުންނާނެއެވެ. އަދި ތިރިގައި މިވާ ޔުނިވަރސިޓީގެ ވެބްސައިޓުގެ ލިންކުން ޑައުންލޯޑް ކުރެވެންވެސް ހުންނާނެއެވެ.)

http://bit.do/JobApplicationForm-for-Locals-English  

http://bit.do/JobApplicationForm-for-Locals-Dhivehi

  • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަނުވާ) ސާފު ކޮޕީ.
  • ވަޒީފާގައި އުޅުއްވާ ނުވަތަ އުޅުއްވާފައިވާ ބޭފުޅެއްނަމަ އަދާކުރައްވާ ނުވަތަ އަދާ ކުރެއްވި ވަޒީފާގެ މަސްއޫލިއްޔަތާއި، ވަޒީފާ އަދާކުރެއްވި މުއްދަތުގެ ފެށުނު ތާރީޚް އަދި ވަޒީފާއިން ވަކިވި ތާރީޚް އެނގޭނެފަދަ ލިޔުމެއް.
  • ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ މަސައްކަތް ބެލެހެއްޓި ސްޕަވައިޒަރަކު އެފަރާތެއްގެ މަސައްކަތާ މެދު ދެކޭ ގޮތުގެ ލިޔުމެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކާއި ޓްރާންސްކްރިޕްޓްތަކުގެ ކޮޕީ (ރާއްޖެއިން ބޭރުގެ ސެޓިފިކެޓެއްނަމަ އެކްރިޑިޓް ކޮށްފައިވާ ސަނަދު)
  • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އެޓެސްޓްކޮށްފައި ނުވާނަމަ ކޮޕީ ވެރިފައިކުރުމަށް ޔުނިވަރސިޓީއިން އެދުމުން ސެޓްފިކެޓްތަކުގެ އޮރިޖިނަލްތައް ހުށަހަޅަންވާނެއެވެ.
  • ރާއްޖެއިން ބޭރުގެ ކޮލެޖް/ޔުނިވަރސިޓީއެއްގެ ކޯހެއް ފުރިހަމަކޮށް ސެޓިފިކެޓް ލިބިފައިނުވާނަމަ، ކޯސް ފުރިހަމަކޮށްފައިވާކަމުގެ ލިޔުމާއެކު އެމް.ކިއޫ.އޭގެ ކޮލިފިކޭޝަން އެސެސްމެންޓް ރިޕޯޓެއް ހުށަހަޅަންވާނެއެވެ.

ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއެކު)

ނޯޓް:

  • އިޢުލާނުގެ މުއްދަތުގެ ތެރޭގައި ފޮނުވާ އެއްވެސް އެޕްލިކޭޝަނަކަށް، އިޢުލާނުގެ މުއްދަތު ހަމަނުވަނީސް ޢަމަލެއް ނުކުރާނެއެވެ.
  • އިޢުލާނުގައި ބަޔާންކުރެވިފައިވާ ހުރިހާ ލިޔެކިޔުންތައް އެޕްލިކޭޝަނާއެކު ފޮނުވަންޖެހޭނެއެވެ.
  • އިންޓަރވިޔު ކުރެވޭނީ އިޢުލާނުގައި ބަޔާންކުރެވިފައިވާ މަޤާމަށް ޝަރުޠުހަމަވާ ކެންޑިޑޭޓުންގެ ތެރެއިން ޝޯޓްލިސްޓް ކުރެވޭ ފަރާތްތަކާ އެކަންޏެވެ.
  • މަޤާމަށް ނުހޮވޭ ކެންޑިޑޭޓުންނަށް ސިޓީ ފޮނުވޭނީ އިންޓަވިއުކޮށް ނިމުމަށްފަހުގައެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ތަޢުލީމީ ސެޓުފިކެޓު އެކްރިޑެޓް ކުރެވިފައިނުވިޔަސް ބަލައިގަންނާނެއެވެ.
  • ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ކޯހެއް ފުރިހަމަ ކޮށްފައިވާފަރާތްތައް ތަޢުލީމީ ސެޓުފިކެޓު ނުލިބެނީސް ޔުނިވަރސިޓީގެ ވަޒީފާއަކަށް ކުރިމަތިލާނަމަ، ކޯހުން ފާސްވިކަމުގެ ލިޔުމަކަށް ހުށަހަޅަންވާނީ، ރެޖިސްޓްރާރ އޮފީހުގެ ލިޔުމެކެވެ.

އިތުރު މަޢުލޫމާތު:

  • މިމަޤާމަށް ހޮވޭ ކެންޑިޑޭޓަކު ވަޒީފާއަށް ނުކުންނަ ތާރީޚުން ފެށިގެން ފުރަތަމަ 3 މަސް ދުވަސް ބެލޭނީ، ވަޒީފާގެ ޕްރޮބޭޝަން މުއްދަތުގެ ގޮތުގައެވެ. މިމުއްދަތުގެ ތެރޭގައި، މުވައްޒަފުގެ މަސައްކަތުގެ ފެންވަރާއި، މަސައްކަތްތަކުގެ އަޚުލާޤަށް ބަލައި، އެއްވެސް ނޯޓިހެއް ދިނުމަކާނުލައި ވަޒީފާގެ އެއްބަސްވުން އުވާލައި، މުވައްޒަފު ވަޒީފާއިން ވަކިކުރުމުގެ އިޚުތިޔާރު ޔުނިވަރސިޓީއަށް ލިބިގެންވެއެވެ.
  • މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3345136 ނަމްބަރު ފޯނަށެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

އެހެނިހެން މަޢުލޫމާތު

މަޤާމްތައް
  • އެޑްމިނިސްޓްރޭޓިވް އޮފިސަރ
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
  • ކޮންޓްރެކްޓް
ޝާޢިއުކުރި ތާރީޚް
29 މޭ 2022
މުއްދަތު ހަމަވާ ތާރީޚް
5 ޖޫން 2022