ވަޒީފާތައް

މުސާރަ
20,000 ރުފިޔާ - 23,000 ރުފިޔާ
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
20,000 ރުފިޔާ - 23,000 ރުފިޔާ
ފުޑް އެލަވަންސް މުސާރައާ އެކު
ވަޒީފާގެ ތަފްޞީލު

ތިރީގައި މިދަންނަވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް: ދޯނި/ ބޯޓް ކެޕްޓަން ބޭނުންވާ އަދަދު: 01 ޝަރުތު ތައް - ނިޔަމި ކަމުގެ ސެޓްފިކެޓް އޮތުން ( ކެޓަގަރީ، A,B,C,D,E,F)ލިބިފައިވުން

- ދޯނި/ ބޯޓް ކެޕްޓަނެްގެ ގޮތުގައި މަދުވެގެން 3-2 އަހަރު ތަޖްރިބާ ލިބިފައި ވުން - ނެވިގޭޝަނާއި، ސަރަޙައްދީ ކަނޑުމަގު ތަކާއި، ރާޅާއި އަދި މޫސުމީ ޙާލަތްތަކާއި ބެހޭގޮތުން މަޢްލޫމާތު ހުރުން - ސަލާމަތީ ޗެކްކޮށް ހެދުމާއި، އަސާސީ މަރާމާތުތަށް ކުރުމާއި، ކަނޑުގެ ގަވާއިދު ތަކަށް ތަބާވުން ކަށަވަރު ކުރުމުގެ ގާބިލިއްޔަތު ހުރުން - މަސައްކަތު މީހުން ހިންގާ ބެލެހެއްޓުމާއި މަގު ދެއްކުމުގެ ހުނަރުތައް ހުރުމާއި އެކު މީހުން ގޮވައިގެން މަސައްކަތް ކުރަން ދަންނަ މީހެއް ކަމުގައި ވުން - މީހުނާ މުވާޞަލާތު ކުރުމަށް ދަންނަ މީހަކަށްވުން - ސިއްޙަތު ރަނގަޅު، މަސްއޫލިޔައްތު އަދާކުރާ ޒިންމާތަކަށް އިސްކަންދޭ މީހަކަށްވުން މުސާރަ - ތަޢްލީމީ ފެންވަރާއި،ހުނަރުތަކާއި، އަދި ތަޖްރިބާއަށް ބަލައި 20،000އިން ފެށިގެން 23،000އާ ހަމައަށް މުސާރަ ހުށަހެޅޭނެއެވެ. މިމަޤާމަށް އެދޭ ފަރާތްތަކުން26 އޮކްޓޯބަރ 2025 ވަނަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު އަދި ލައިސަންސް ކޮޕީއާއި، ވަނަވަރާއި ލިބިފައިވާ ސެޓްފިކެޓްތަކުގެ ކޮޕީއާއެކު މިކުންފުންޏަށް އެޑްރެސްކުރައްވާ ސިޓީ ފޮނުވުން އެދެމެވެ. އިތުރުމަޢުލޫމާތު ހޯއްދެވުމަށް 3318181 ނަންބަރު ފޯނާއި ގުޅުއްވުން އެދެމެވެ. މެއިލްކުރައްވާނީ [email protected] އަށެވެ.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
1 Year
އެންމެ ދަށްވެގެން އޮންނަން ޖެހޭނެ ސަނަދު
އޯލެވެލް
ޢުމުރު
30 އަހަރު - 55 އަހަރު

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ބޯޓް / ލޯންޗް ދުއްވުމުގެ ލައިސަންސް ކާޑް
  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑް
  • ނިޔަމި ސެޓްފިކެޓް
  • ކަނޑު ދުއްވާ ބޯޓް އަދި ދޯނި ފަހަރު ކުރީން ދުއްވާފައިވާ ކަމުގެ ލިޔުން
  • ކުރީން މަސައްކަތް ކުރި ތަންތަނުގެ ލިޔުން
  • ޕޮލިސް ރިޕޯޓް

އެހެނިހެން މަޢުލޫމާތު

މަޤާމްތައް
  • ކެޕްޓަން ކަނޑު އުޅަނދު
ވަޒީފާގެ ބާވަތް
  • ފުލްޓައިމް
މަސައްކަތުގެ ދާއިރާ
  • Engineering, Manufacturing and Construction
ޝާޢިއުކުރި ތާރީޚް
19 އޮކްޓޯބަރު 2025
މުއްދަތު ހަމަވާ ތާރީޚް
26 އޮކްޓޯބަރު 2025