ވަޒީފާތައް

ބޯޓް ކެޕްޓަން މުއްދަތު ހަމަވެފައި

AGRO NATIONAL CORPORATION PVT LTD
މުސާރަ
20,000 ރުފިޔާ - 25,000 ރުފިޔާ
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
20,000 ރުފިޔާ - 25,000 ރުފިޔާ
ވަޒީފާގެ ތަފްޞީލު

·       ހަވާލު ކުރެވިފައިވާ އުޅަނދުގެ އެންމެހާ ކަންކަން ބެލެހެއްޓުން

·       އުޅަނދުގެ ކޮންޑިޝަން ދެމެހެއްޓުމަށްޓަކާ ކުރަންޖެހޭ މަރާމާތުތަކާއި ޑެއިލީ ކުރަންޖެހޭ މަސައްކަތް ދެނެގަނެ، ދަށުގައިތިބޭ މުވައްޒަފުންނަށް ބުނެދީ ދުވަހުން ދުވަހަށް ކުރުން.

·       އުޅަނދުގައި ކުރާ ދަތުރު ތަކަކީ އަމާން ރައްކާތެރި ދަތުރަކަށްހެދުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.

·       ދަތުރަށް ފުރީއްސުރެ ދަތުރު ނިމުމާއު ހަމައަށް އުޅަނދުން ދަތުރުކުރާ ޕަސެންޖަރުންނާއި މުދަލުގެ އެންމެހާ ކަންކަން ބެލެހެއްޓުން.

·       މިނިސްޓްރީ އޮފް ޓްރާންސްޕޯރޓް އެންޑް ސިވިލް އޭވިއޭޝަން އާއި ދައުލަތުގެ މުވައްސަސާތަކާއި ބައިނަލް އަޤްވާމީ ގޮތުން ހެދިފައިވާ ޤަވާއިދުތަކާއި މުއާހަދާތަކާ އެއްގޮތައް މަސައްކަތްކުރުން.

·       ހިމާޔަތްކޮށްފައިވާ ތަންތަނާއި ވަނުންމަނާ ތަންތަނަށް ވަނުމުގައި ނަގަންޖެހޭ ހުއްދަ ހޯދައިގެން މެނުވީ ނުވަނުން.

·       ބަނދަރުތަކުގައި އަޅާފައިވާ ވަގުތު ތަކުގައާއި އުޅަނދު އޮޕަރޭޓް ކުރަމުންދާ ވަގުތު އުޅަދުގެ އެންމެހާ ކަންކަން ބެލެހެއްޓުމާއި ދަށުގައި މަސައްކަތްކުރާ މުވައްޒަފުންނަށް މަސައްކަތް ޓާސްކް ކުރުމާއި ދަށުގައިވާ މުވައްޒަފުން މަސައްކަތްކުރަމުންދާގޮތް ބަލާ މޮނީޓަރކުރުން.

·       އުޅަނދަށް ބޭނުންވާ ކާބޯތަކެއްޗާއި ބޯފެން އަދި ތެޔޮ ބަންކަރ ކުރުމަށް ބޭނުންވާ އިންތިޒާމްތައް ބެލެހެއްޓުން އަދި ތެޔޮ އެޅުމާއި މުވައްޒަފުންނާއި ޕަސެންޖަރުންގެ ކަންކަން ހަމަޖެއްސުމަށް ގުޅަންޖެހޭ ފަރާތްތަކާއި ގުޅާ އިންތިޒާމްތައް ހަމަޖެއްސުން.

·       އުޅަނދުން އުފުލާ މުދަލާއި ޕަސެންޖަރުންގެ މައުލޫމާތު ލޮގްކޮށް ބެލެހެއްޓުން.

·       އުޅަނދަށް އަރުވާ ކާބޯތަކެއްޗާއި ބޯފެނާއި ތެލުގެ ރެކޯޑްސް ބެލެހެއްޓުން.

·       އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުމާއި މުވައްޒަފުން މަސައްކަތްކުރާގޮތް ދެނެގަނެ ގައިޑް ކޮށްދިނުން.

·       އުޅަނދުގައި އުފެދޭ ކުނި ޤާނޫނާއި ޤަވާއިދާއި އެއްގޮތްވާ ގޮތުގެމަތީން ނައްތާލުމާއި އުޅަނދުގެ ސާފްތާހިރުކަން ދެމެހެއްޓުމަށް މަސައްކަތްކުރުން.

·       އެގްރޯ ނޭޝަނަލް ކޯޕްރޭޝަންގެ ލަނޑުދަނޑި ހާސިލްކުރުމަށް މަސައްކަތްކުރުމާއި ކުންފުނީގައި ހެދިފައިވާ ޤަވާއިދުތަކަށް ކިޔަމަންވަން.

ވަޒީފާގައި ކުރަންޖެހޭ މައިގަނޑު މަސައްކަތްތައް:

·       ސެޓްފިކެޓް 3 އިން މެރިން އޮޕަރޭޝަން ފުރިހަމަކޮށްފައިވުމާއި އެކު 5 އަހަރު ދުވަހު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުން ނުވަތަ ކޯސްޓަލް ނެވިގޭޝަން ކޯސް (ނިޔަމި ކަމުގެ ސަނަދު) ފުރިހަމަ ކުރުމާއި އެކު 10 އަހަރު ކެޕްޓަނެއްގެ ގޮތުގައި އުޅެ ތަޖްރިބާ ލިބިފައިވުމާއިއެކު މެރިޓައިމް ދާއިރާއިން އިތުރު ތަމްރީނުތައް ފުރިހަމަކޮށްފައިވުން.

·       ދައްވެގެން ގްރޭޑް 10 ގެ ފެންވަރު ހުރުން.

·       ބޭސިކް ފަސްޓް އެއިޑް ކޯހެއް ފުރިހަމަކޮށްފައިވުން.

·       ބޭސިކް ފަޔާރ ފައިޓިންގ ކޯހެއް ފުރިހަމަކޮށްފައިވުން.

·       އިންބޯރޑް އަދި އައުޓްބޯރޑް އިންޖީނު އެޅި ހައިސްޕީޑް އުޅަނދުފަހަރު ދުއްވުމުގެ ލައިސަންސް އޮތުމާއިއެކު ރާއްޖޭގެ ކޮންމެތާކަށް ކޮންމެ ވަގުތަކު ދަތުރުކުރުމުގެ ޤާބިލްކަން ލިބިފައިވުން.

·       ކޮމްޕިއުޓަރ ލިޓެރަސީއަށް އަޙުލުވެރި މީހެއް ކަމުގައިވުން.

·       ޖިނާއީ އެއްވެސް މައްސަލައެއް ބަލަމުންދާ މީހެއް ކަމުގައި ނުވުމާއިއެކު ފާއިތުވީ 5 އަހަރު ދުވަހުގެ އެއްވެސް ކުށުގެ ރެކޯޑެއްނެތުން.

ޝަރުތު (ތަޢުލީމު، ތަމްރީނު އަދި ތަޖްރިބާ):

·       ފަޅުވެރިން ތަމްރީނު ކުރުމުގެ ޤާބިލްކަށް ހުރުން.

·       ކަނޑުމަތީގައި ގިނަވަގުތު އުޅުމުގެ ޤާބިލްކަން ހުރުމާއިއެކު ރަގަޅަށް ފަތަންއެނގޭ މީހެއްކަމުގައިވުން.

·       އެގްރޯ ނޭޝަނަލް ކޯޕަރޭޝަންގައި ދުއްވާ ހުރިހާ ބާވަތެއްގެ ކަނޑު އުޅަނދުފަހަރު ދުއްވުމުގެ ޤާބިލްކަން ހުރުން.

·       ސިއްހީގޮތުން ދުޅަހެޔޮ މީހެއް ކަމުގައިވުން.

ހުނަރު: (މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުންވާނެ ހުނަރު)

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • • ވަޒީފާއަށް އެދި ހުށަހަޅާ ސިޓީ
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު/ އައި.ޑީ.ކާޑް ކޮޕީ
  • • ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އަޞްލާ އެއްގޮތްކަމަށް ރަސްމީ ފަރާތަކުން ތައްގަނޑު ޖަހައި ސޮއިކޮށްފައި)
  • • ކުރިން ވަޒީފާ އަދާކޮށްފައިވާނަމަ، އެފަރާތުގެ ލިޔުން ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން ހުށަހަޅަންޖެހޭ ތަކެތި:
ޝާޢިއުކުރި ތާރީޚް
22 މޭ 2024
މުއްދަތު ހަމަވާ ތާރީޚް
27 މޭ 2024