ވަޒީފާތައް

މުސާރަ
16,550 ރުފިޔާ+

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
16,550 ރުފިޔާ+
މަޤާމުގެ އެލަވަންސް: 9,480 ރުފިޔާ
ހާޒިރީ ޢިނާޔަތް: 255 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)
ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
ވަޒީފާގެ ތަފްޞީލު

                                            `

 
   

 

 

 

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ

  މާލެ،ދިވެހި ރާއްޖެ     

         ނަންބަރު:    (IUL)428-A/428/2026/5

އިޢުލާނު

މަޤާމު:

އެކަޑެމިކް ޑިރެކްޓަރ، ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް

މަޤާމުގެ ނަންބަރު:

J-449734

ބޭނުންވާ އަދަދު:

1

މަޤާމުގެ ގިންތި:

ދާއިމީ  

މަޤާމުގެ ރޭންކު:

ރޭންކް 9 - ސްޓެޕް 1

މަޤާމުގެ ކްލެސިފިކޭޝަން:

-  

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީ/ހުޅުމާލެ

އަސާސީ މުސާރަ:

 16,550 ރުފިޔާ

މަޤާމުގެ އެލަވަންސް:

9,480 ރުފިޔާ

ހާޒިރީ ޢިނާޔަތް:

 255 ރުފިޔާ (ކަނޑައަޅާފައިވާ އުސޫލުން މަސައްކަތްކުރާ ދުވަހަކަށް)

އެހެނިހެން އެލަވަންސް:

 

  1. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

·         ސްޓޭންޑަރޑް ޑިވެލޮޕްމަންޓް އަދި ކޮލިޓީ އެޝުއަރެންސްގެ ދަށުން ކުރާ މަސައްކަތްތަކުގެ ޕޮލިސީތަކާއި އެސްއޯޕީތައް އޮތޯރިޓީގެ އިސްވެރިޔާގެ އިރުޝާދާ އެއްގޮތަށް ތައްޔާރުކޮށް ތަންފީޒުކުރުން

·         ސްޓޭންޑަރޑް އެންޑް ކޮލިޓީ އެޝުއަރެންސް ސެކްޝަން ދަށުން ހިމެނޭ މުވައްޒަފުން މެނޭޖްކޮށް މަސައްކަތްތައް ބަހާލުން

·         ކޮލިޓީ އެޝުއަރެންސާއި ގުޅުން ހުރި ވޯކްޝޮޕްތަކާއި ތަމްރީން ޕްރޮގްރާމްތައް އިންތިޒާމްކޮށް ބެލެހެއްޓުން

·         ވޮކޭޝަނަލް ޓްރެއިނިންގ ބޭނުންވާ ދާއިރާތަކުގެ ޓްރެއިނިންގ ނީޑްސް އެނަލިސިސް ހެދުން

·         ތަފާސް ހިސާބުތަކުން ފާހަގަވާ ކަންތައްތަކާއި މެދު ފިޔަވަޅު އެޅުމަށް ސްޕަވައިޒަރަށް އިރުޝާދު ދިނުން

·         ކޮންމެ އިމްތިހާނެއް ނިމުމުން ކޮންޕިޓެންސީ ބޭސްޑް އެސެސްމަންޓު ރިޕޯޓުން ފާހަގަ ކުރެވޭ ކަންކަމުގެ މައްޗަށް ބިނާކޮށް އެކުލަވާލާ ރިޕޯޓަށް ބަލައި އިސްލާހު ކުރެވިދާނެ އެންމެހައި ކަންކަން އިސްލާހު ކުރުމަށް ކުރަންޖެހޭ ކަންކަމާއި ގުޅޭގޮތުން ސެކްޝަނުގެ މުވައްޒަފުންނަށް އިރުޝާދުދިނުން

·         ނޭޝަނަލް ސެޓްފިކެޓް ތައްޔާރުކުރެވި ޓްރެއިނިންގ އިންސްޓިޓިއުޓްތަކާއި ޙަވާލުކުރެވެމުންދާކަން ކަށަވަރުކުރުން

·         ސެކްޝަނުގެ މަސައްކަތްތައް ވިލަރެސްކޮށް ބެލެހެއްޓުމާއި އިސްލާހުކުރަންޖެހޭ ކަންކަންފާހަގަކޮށް މުވައްޒަފުންނަށް އިރުޝާދު ދިނުން

·         އޮފީހުން ކުރިއަށްގެންދާ ޚާއްސަ މަސައްކަތްތަކުގައި ބައިވެރިވުމާއި އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ޙަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން

މަޤާމުގެ ޝަރުޠުތައް:

 

 މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10 ގެ ޑޮކްޓޯރަލް ޑިގްރީއެއް ހާސިލްކޮށްފައިވުން އަދި މަސައްކަތާ ގުޅުންހުރި ހިންގުމުގެ ދާއިރާއެއްގައި މަދުވެގެން 2 އަހަރު ދުވަހު މަސައްކަތް ކޮށްފައިވުން،

   ނުވަތަ،

 މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ މާސްޓަރސް ޑިގްރީއެއް ހާސިލްކޮށްފައިވުމާއިއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގު ދާއިރާއެއްގައި މަސައްކަތްކޮށްފައިވުން.

 

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

·         އެޑްމިނިސްޓްރޭޝަން އޮފް ހަޔަރ އެޑިޔުކޭޝަން، އެނަލިޓިކްސް، އެޕްލައިޑް މެތަމެޓިކްސް، އޮޑިޓިންގ އެންޑް މެނޭޖްމަންޓް ކޮންޓްރޯލް، ޗޭންޖިންގ އެޑިއުކޭޝަން، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަން، ކަރިކިއުލަމް އެންޑް އިންސްޓްރަކްޝަނަލް ޓްކެނޯލޮޖީ، ކަރިކިއުލަމް ޑިޒައިން އެންޑް އިނޮވޭޝަން، ކަރިކިއުލަމް ސްޓަޑީސް، ޑޭޓާ މެނޭޖްމަންޓް، ޑޭޓާ ސައިންސް، އެޑިއުކޭޝަން، އެޑިޔުކޭޝަން އެންޓަރޕްރިނިއޮރޝިޕް، އެޑިއުކޭޝަން ލޯ، އެޑިއުކޭޝަން މެނޭޖްމަންޓް، އެޑިއުކޭޝަން ޕޮލިސީ، އެޑިއުކޭޝަނަލް އެޑްމިނިސްޓްރޭޝަން، އެޑިޔުކޭޝަނަލް ލީޑަރޝިޕް، އެޑިއުކޭޝަނަލް ސައިކޮލޮޖީ، އެޑިއުކޭޝަނަލް ޓްރާންސްފޮމޭޝަން، އެޑިއުކޭޝަނަލް ޓްރީޓްމަންޓް އޮފް ޑައިވަރސިޓީ، ހަޔަރ އެޑިޔުކޭޝަން، ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން، ހަޔަރ އެޑިޔުކޭޝަން އެޑްމިނިސްޓްރޭޝަން އެންޑް ޕޮލިސީ، ހަޔަރ އެޑިޔުކޭޝަން އެންޑް ލީޑަރޝިޕް، ހަޔަރ އެޑިޔުކޭޝަން އެންޑް މެނޭޖްމަންޓް، ހަޔަރ އެޑިޔުކޭޝަން މެނޭޖްމަންޓް އެންޑް ޑިވެލޮޕްމަންޓް، ހަޔަރ އެޑިޔުކޭޝަން ޕޮލިސީ ރިސަރޗް އެންޑް އެޑްމިނިސްޓްރޭޝަން، އިނޮވޭޝަން އެންޑް ހަޔަރ އެޑިޔުކޭޝަން، ލީޑަރޝިޕް އެންޑް ޑިޖިޓަލް އެޑިއުކޭޝަން، ލީޑަރޝިޕް އިން އެޑިއުކޭޝަން، ކޮލިޓީ އެޝުއަރެންސް، ކޮލިޓީ މެނޭޖްމަންޓް، ކޮލިޓީ ސިސްޓަމް މެނޭޖްމަންޓް، ކޮލިޓީ ސިސްޓަމްސް، ރިސަރޗް، ރިސަރޗް މެތަޑްސް، ރިސަރޗް ސްޓަޑީސް، ސޯޝަލް ޕޮލިސީ، ސޯޝަލް ރިސާރޗް، ސޯޝަލް ސައިންސް، ސްޓެޓިސްޓިކްސް، ސްޓެރެޓީޖިކް ބިޒްނަސް ޑިވެލޮޕްމަންޓް، ސްޓެރެޓީޖިކް މެނޭޖްމަންޓް، ސްޓްރެޓީޖިކް ކޮލިޓީ މެނޭޖްމަންޓް، ސްޓެރެޓީޖިކް ސްޓަޑީޒް، ޓަރޝަރީ އެންޑް ހަޔަރ އެޑިޔުކޭޝަން، ޓަރޝަރީ އެޑިޔުކޭޝަން

މަޤާމުގެ ވަޒީފާގެ ދާއިރާތައް

މަތީ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ ތަޢުލީމު ދޭ އިދާރާއެއްގައި ނުވަތަ މަތީ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގެ ނުވަތަ ތަޢުލީމާގުޅޭ މަސައްކަތްތައްކުރާ ސަރުކާރުގެ އިދާރާއެއްގެ މެނޭޖީރިއަލް ފެންވަރުގެ މަސައްކަތްތަކާއި ފަންނީ މަސައްކަތްތަކާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

 

ހުށަހަޅަންޖެހޭ ލިޔުންތައް:

1.       ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2023/51/Annex%202%20-%20Application%20form1pnd4eve.a2u.docx

2.       ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް.)

3.       ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.       ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5.       ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމު ދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ

6.       މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 (ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ).

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމ."

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަ ޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ  20 އޭޕްރީލް 2026 ވާ ހޯމަ ދުވަހުގެ 13:00 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށެވެ. 

ޕޯޓަލް ލިންކް: https://tinyurl.com/24b3awzc  

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަވިއު، ޕްރެޒެންޓޭޝަން

އަދި އިމްތިހާން  އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިމްތިޙާން އިންޓަވިއު، ޕްރެޒެންޓޭޝަން  އޮންނާނީ 23  އޭޕްރީލް  2026  އިން 7  މެއި  2026 އާ ދެމެދު ގެ ތާރީޚެއްގައި ، މޯލްޑިވްސް ނޭޝަނަލް ސްކިލްސް ޑިވެލޮޕްމަންޓް އޮތޯރިޓީގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ. 

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026600/3026607 އަށެވެ. އީ-މެއިލް ކުރާނީ[email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

މިވަޒީފާއަށް ކުރިމަތިލުމަށް ލޮގިންވެލާ

ޝާޢިއުކުރި ތާރީޚް
12 އޭޕްރީލު 2026
މުއްދަތު ހަމަވާ ތާރީޚް
20 އޭޕްރީލު 2026
އެޕްލިކޭޝަން ހުށަހެޅުމަށް