ވޭމަންޑޫ ސްކޫލަކީ 1949 ވަނައަހަރުގެ ޖުލައި މަހުގެ 8 ވަނަދުވަހު އުފައްދައި ޚިދުމަތްދޭންފެށުނު ސްކޫލެކެވެ. ވޭމަންޑޫ ސްކޫލުގެ މޮޓޯއަކީ "އަމިއްލަ ނަފުސަށް އިތުބާރުކުރާށެވެ!". މި ސްކޫލުގެ އަމާޒަކީ ވޭމަންޑޫ ސްކޫލުން ތަޢުލީމު ޙާޞިލުކޮށް މުޖުތަމަޢުއަށް ނިކުންނަ ދަރިވަރުންނަކީ ހަރުދަނާ އިސްލާމީ އަޤީދާގެ މަތީގައި ޢިލްމުވެރިކަމާއި އިތުބާރާއި، ޔަގީންކަމާއެކު، ބަވަނަވަންތަ މުޖުތަމަޢެއްގައި ފަރުދީ ހިއްސާ ޒިންމާދާރުކަމާ އުފެއްދުންތެރިކަމާ، ގާބިލްކަމާއެކު އަދާކުރާ ދަރިވަރަކަށް ހެދުން. ވޭމަންޑޫ ސްކޫލުގެ ތަޞައްވަރަކީ އިސްލާމީ ހަރުދަނާ އަޤީދާގެ މަތީގައި އިލްމީ ދުޅަހެޔޮކަމާއެކު، އަމިއްލަ ނަފްސަށް އިތުބާރުކުރާ، ތަފާތުތައް އިޙްތިރާމާއެކު ބަލައިގަނެ، ޖަމާޢަތުގައި ފަރުދީ ހިއްޞާ އުފެއްދުންތެރިކަމާ، ގާބިލްކަމާއެކު ފުރިހަމައަށް އަދާކުރާ ފަރުދުންތަކެއް ބިނާކުރަމެވެ.