އަޅުގަނޑު (ސާޖިދު މުޙައްމަދު އިބްރާހީމް، A229358) އަކީ ފ. ބިލެއްދޫ އަށް ނިސްބަތްވާ ރައްޔިތެކެވެ. އަދި ވޭތުވެދިޔަ 07 އަހަރު މަސައްކާތް ކުރަމުން މިގެނދަވަނީ ހޮސްޕިޓަލިޓީ އިންޑަސްޓްރީގައެވެ.
އޯޕަން ޔުނިވަރސިޓީ މެލޭޝިޔާއިން ހިއުމަން ރިސޯސް މެނޭޖްމަންޓްގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ނިންމުމަށްފަހު، ހޮސްޕިޓަލިޓީ އިންޑަސްޓްރީއަށް އަޅުގަނޑުގެ ފައިހަމަކުރުމަށްފަހު، ތަފާތު ރިސޯޓްތަކެއްގައި ހަތް އަހަރު ދުވަހު މަސައްކާތްކޮށް ގިނަ އަދަދެއްގެ ޢިލްމާއި ތަޖުރިބާ މި ދާއިރާއިން އަޅުގަނޑަށް ޚާސިލް ކުރެވިއްޖެ އެވެ. މިއާއެކު އަޅުގަނޑުގެ ހުވަފެންތައް ހާސިލް ކުރުމުގެ ބޭނުމުގައި އަޅުގަނޑުގެ މިސްރާބް ކޮންސްޓްރަކްޝަން ދާއިރާއަށް ބަދަލު ކޮއްލުމަށް ކޮންސްޓްރަކްޝަން އެންޑް މެއިންޓެނަންސް ސާވިސް ކުންފުންޏެއް ފަށައިގަތުމަކީ އަޅުގަނޑަށް ލިބޭ ފަހުރެކެވެ.