Jobs

Salary
MVR 18,945+
Employment Type
Full-Time
Vacancies
1
Island
Male' City, Hulhumale'

Details

Salary and Benefits
MVR 18,945+
1. މަޤާމުގެ އެލަވަންސް: 10,850.00 ރުފިޔާ
2. ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ
3. ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން
Job Description

އިޢުލާނު

މަޤާމު:

ސިވިލް އިންޖިނިއަރ (ކޮންޓްރެކްޓް)

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ މުއްދަތު:

12 މަސް ދުވަސް  (މުވައްޒަފުގެ މަސައްކަތުގެ ފެންވަރުބަލައި މަޤާމު ދާއިމީކުރުމުގެ ފުރުސަތު އޮންނާނެއެވެ)

ޖޮބް މެޓްރިކްސް ނަން:

ސިވިލް އިންޖިނިއަރުން

މަޤާމުގެ ރޭންކު:

ޕަބްލިކް ސަރވިސް ރޭންކް 8

ވަޒީފާ އަދާކުރަން ޖެހޭ ތަން:

އުމަރު ޒާހިރު އޮފީސް ބިލްޑިންގ، ހުޅުމާލެ ފޭސް 1، އޯކިޑު މާ ހިނގުން،  މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް  / ހުޅުމާލެ

ޑިޕާޓްމެންޓް:

ޕޮލިސީ ޕްލޭނިންގ ޑިޕާޓްމެންޓް

މުސާރަ:

18,945.00 ރުފިޔާ

މަޤާމުގެ އެލަވަންސް:

10,850.00 ރުފިޔާ

އެހެނިހެން އެލަވަންސް:

1.  ހާޒިރީ އިނާޔަތް: ހާޒިރުވާ ދުވަހަކަށް -/295 ރުފިޔާ

2.  ދިވެހިރާއްޖޭގެ ޕެންޝަނާއި ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތައް:

1.   މިނިސްޓްރީގެ ފަރާތުން ކުރިއަށްގެންދާ އެންމެހާ ކޮންސްޓްރަކްޝަން މަޝްރޫޢުތައް ރާވައި ހިންގުމާއި، އެ މަޝްރޫޢުތައް ރެގިއުލޭޓްކޮށް ބެލެހެއްޓުމުގައި ފަންނީ އެހީތެރިކަން ފޯރުކޮށްދިނުން.

2.  މަޝްރޫޢުތަކަށް ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް މަސައްކަތްތައް ކުރިއަށްދާކަން ގަވާއިދުން މޮނިޓަރކޮށް، ކުރިއަށް ހުރި މަސައްކަތްތައް ރޭވުމާއި ކޯޑިނޭޓްކުރުން. މީގެ ތެރޭގައި މަސައްކަތަށް ބޭނުންވާ ހުއްދަތައް ވަގުތަށް ހޯދުމާއި، އިދާރީ ގޮތުން ފުރިހަމަކުރަންޖެހޭ ލިޔެކިޔުންތައް ތައްޔާރުކޮށް މަޝްރޫޢު ހުއްޓުމެއްނެތި ކުރިއަށް ގެންދިއުމަށް މަގުފަހިކުރުން ހިމެނެއެވެ.

3.  މަޝްރޫޢުތައް ހިނގަމުންދާ ސައިޓުތަކަށް ކަނޑައެޅިފައިވާ އުސޫލުގެ ތެރެއިން ޒިޔާރަތްކޮށް، ފަރުމާކޮށްފައިވާ ކުރެހުންތަކާއި ފަންނީ މިންގަނޑުތަކާ އެއްގޮތަށް މަސައްކަތް ކުރިއަށްދާކަން ކަށަވަރުކުރުމަށް އިންސްޕެކްޝަންތައް ހެދުން. އަދި ސައިޓުގެ ހާލަތު ބަޔާންކޮށް ތަފްސީލީ ރިޕޯޓްތައް ތައްޔާރުކުރުމާއި، އިސްލާހުކުރަންޖެހޭ ކަންކަމުގައި ފަންނީ އިރުޝާދު ދިނުން.

4.  ކޮންސަލްޓަންޓުންނާއި، ކޮންޓްރެކްޓަރުން އަދި އިންވެސްޓަރުން ހުށަހަޅާ ސްޓްރަކްޗަރަލް ޑިޒައިންތަކާއި، ކުރެހުންތައް މަޝްރޫޢުގެ މަގުސަދުތަކާ އެއްގޮތަށް ހުރިތޯ ބަލައި ދިރާސާކުރުން. މީގެ އިތުރުން، ބޭނުންވާ ހާލަތްތަކުގައި ޓެކްނިކަލް ޑިޒައިންތަކާއި، ބީ.އޯ.ކިއު (BOQ) އަދި ޓެކްނިކަލް ސްޕެސިފިކޭޝަންތައް ތައްޔާރުކުރުމުގައި އެހީތެރިވެދިނުމާއި، ހުރިހާ ލިޔެކިޔުންތަކެއް ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެންވަރު ހިފެހެއްޓިފައިވާކަން ކަށަވަރުކުރުން.

5.  މަޝްރޫޢުތަކާ ގުޅޭގޮތުން ބާއްވާ ބައްދަލުވުންތަކުގައި ބައިވެރިވެ، ދިމާވާ ޓެކްނިކަލް މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް މަސައްކަތްކުރުމާއި، ސެކްޝަނުން ހަވާލުކުރާ މިފަދަ އެންމެހާ މަސައްކަތްތައް ފަރުވާތެރިކަމާއެކު ނިންމުން.

6.  މަޝްރޫޢުތަކާ ގުޅޭ ރިޕޯޓްތަކާއި އިދާރީ ލިޔެކިޔުންތައް އެކުލަވާލުމުގައި ފަންނީ އިރުޝާދު ދިނުމާއި، ކަނޑައެޅިފައިވާ މިންގަނޑުތަކަށް އެތަކެތި ފެއްތުން. މަޝްރޫޢުގެ ކުރިއެރުން ދެނެގަނެވޭނެ ހަރުދަނާ ނިޒާމެއް ގާއިމުކުރުމާއި، ކޮންޓްރެކްޓަރުން ހުށަހަޅާ އިންޖިނިއަރިންގ ލިޔެކިޔުންތަކާއި ކުރެހުންތައް ތަފްސީލީގޮތެއްގައި ދިރާސާކޮށް، އެތަކެތީގެ ފަންނީ ފުރިހަމަކަން ކަށަވަރުކުރުން.

7.  ނިންމާފައިވާ މަސައްކަތްތަކުގެ ފެންވަރު ބަލައި މިންކުރުމަށްފަހު، ކޮންޓްރެކްޓަރުންނަށް ފައިސާ ދެއްކުމަށް ބޭނުންވާ ޕޭމަންޓް ސެޓްފިކެޓްތަކާއި އިދާރީ ލިޔެކިޔުންތައް ތައްޔާރުކުރުން. އަދި މަޝްރޫޢުގެ ތެރެއިން ހުށަހެޅޭ ކްލެއިމްތަކާއި (Claims)، ވޭރިއޭޝަން އޯޑަރުތަކުގެ އިތުރުން މުއްދަތު އިތުރުކުރުމަށް އެދޭ ހުށަހަޅުންތައް، އިންޖިނިއަރިންގ އަދި ކޮންސްޓްރަކްޝަން މެނޭޖްމަންޓްގެ އުސޫލުތަކާ އެއްގޮތްވާގޮތުގެ މަތިން ދިރާސާކޮށް ފަންނީ ލަފާދިނުމާއި ކަމާގުޅޭ ލިޔެކިޔުންތައް ތައްޔާރުކުރުން.

8.   ކޮންޓްރެކްޓަރުންނާއި، ދައުލަތުގެ ކަމާގުޅުންހުރި އިދާރާތަކާއި، އަދި ސްޓޭކްހޯލްޑަރުންނާއެކު ގާތުން މަސައްކަތްކޮށް މަޝްރޫޢުގެ ކަންކަން ވިލަރެސްކުރުން. މީގެ ތެރޭގައި މަޝްރޫޢުގެ ފަންނީ ސުވާލުތަކަށް ޖަވާބުދާރީވުމާއި، ރިޕޯޓިންގ ނިޒާމު ހަރުދަނާކުރުމާއި، ރިސްކް މެނޭޖްމަންޓާއި ކޮލިޓީ ކޮންޓްރޯލް ދެމެހެއްޓުމުގެ އިތުރުން، މަޝްރޫޢުގެ ހުރިހާ މަރުހަލާއެއްގައި ގާނޫނީ އަދި ގަވާއިދުގެ މިންގަނޑުތަކަށް އަމަލުކުރާކަން ކަށަވަރުކުރުން.

9.   މަޝްރޫޢުގެ މަސައްކަތްތަކުގެ ފެންވަރު ހިފެހެއްޓުމަށްޓަކައި ކޮލިޓީ އެޝުއަރެންސް އަދި ކޮލިޓީ ކޮންޓްރޯލްގެ އުސޫލުތައް ތަންފީޒުކުރުން. މީގެ ތެރޭގައި ސައިޓުގައި ކުރިއަށްދާ މަސައްކަތްތައް ގަވާއިދުން އިންސްޕެކްޓްކޮށް، މަސައްކަތްތައް ކުރިއަށްދަނީ ކަނޑައެޅިފައިވާ ފަންނީ މިންގަނޑުތަކާއި އުސޫލުތަކާ އެއްގޮތަށްކަން ކަށަވަރުކުރުން.

10.  އިންފްރާސްޓްރަކްޗަރ ތަރައްޤީކުރުމާއި ތަންފީޛުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މިނިސްޓްރީން ހަވާލުކުރާ އެހެނިހެން މަސައްކަތްތައް ކުރުން.

ރިޕޯޓްކުރުން

1.    ސިވިލް އިންޖިނިއަރ ވަޒީފާގެ މުއްދަތުގައި، ކަމާގުޅޭ ގޮތުން ރިޕޯރޓް ކުރާނީ ޕްރޮޖެކްޓް މެނޭޖަރަށެވެ.

2.    ޕްރޮޖެކްޓްގެ މަސައްކަތާ ގުޅިގެން ހުށަހަޅަންޖެހޭ އެންމެހާ ރިޕޯޓްތައް، ކަމާބެހޭ ފަރާތްތަކަށް، ކަނޑައެޅިފައިވާ މުއްދަތުގައި ފޮނުވަމުން ގެންދެވޭކަން ސިވިލް އިންޖިނިއަރ ކަށަވަރުކުރަންވާނެއެވެ.

3.    ސިވިލް އިންޖިނިއަރ އާންމުކޮށް މަސައްކަތުގައި ހޭދަކުރަންޖެހޭ ވަގުތަކީ ރަސްމީ ދުވަސްދުވަހުގެ 08:00 ން 14:00 އަށެވެ.

4.    ދަތުރެއްގައި އުޅޭއިރު އެ ދަތުރެއްގައި ކުރަން ކަނޑައެޅުނު މަސައްކަތެއް ކޮށް ނިންމުމަށް ވަގުތު ހޭދަކުރަންވާނެއެވެ.

5.    ސިވިލް އިންޖިނިއަރ ގެ ރަސްމީ ގަޑީގެ ހެދުމަކީ، ސަރުކާރުގެ ރަސްމީ ހެދުމެވެ.

މަޤާމަށް ޢައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް:

ޢިމާރާތްކުރުމުގެ ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންގެ ގަވާޢިދު ގެ ދަށުން ރަޖިސްޓްރީކޮށް ހުއްދަ ލިބިފައިވުން.

 

މަޤާމުގެ ޝަރުޠުތައް:

1.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ

2.  މަޤާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވަލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން.

ތަޢުލީމީ ދާއިރާ:

 

ސިވިލް އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ

ކޮންސްޓްރަކްޝަން އިންޖިނިއަރިންގ

އާކިޓެކްޗުރަލް އިންޖިނިއަރިނގް

ބިލްޑިންގ އިންޖިނިއަރިންގ

ސިވިލް އިންޖިނިއަރިންގ ސްޓްރަކްޗަރސް

ސިވިލް އެންޑް އާރކިޓެކްޗުރަލް އިންޖިނިއަރިންގ

ބިލްޑިންގ އެންޑް އާކިޓެކްޗުރަލް އިންޖިނިއަރިންގ

ސިވިލް އެންޑް އެންވަޔަރަންމަންޓަލް  އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އެންޑް ސިވިލް އިންޖިނިއަރިންގ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ބިލްޑިންގ ޓެކްނޯލޮޖީ

ސްޓްރަކްޗަރަލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން،

ސަސްޓެއިނަބަލް ސްޓްރަކްޗަރަލް އިންޖިނިއަރިންގ،

ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން މެނޭޖްމަންޓް

ކޮންސްޓްރަކްޝަން އިންޖިނިއަރިންގ މެނޭޖްމަންޓް،

ސިވިލް އިންޖިނިއަރިންގ އެންޑް ކޮންސްޓްރަކްޝަން

ކޮންސްޓްރަކްޝަން މެނޭޖްމަންޓް އެންޑް އިންޖިނިއަރިންގ

އިންފްރާސްރަކްޗަރ އިންޖިނިއަރިންގ އެންޑް މެނޭޖްމަންޓް

ސްޓްރަކްޗަރަލް އެންޑް ބިލްޑިންގ ޕްރޮޑަކްޓްސް އިންޖިނިއަރިންގ

މަސައްކަތުގެ ތަޖުރިބާ ގުނުމުގައި ބަލާނެ ދާއިރާތައް:

އިންޖިނިއަރިންގ ދާއިރާގެ އަމަލީ މަސައްކަތާއި ފަންނީ މަސައްކަތާއި ދިރާސާ ކުރުމުގެ މަސައްކަތްތައް

ވަޒީފާއަށް އެދި ހުށަހަޅަންޖެހޭ ލިޔުންތައް:

 

1.    ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4

2.   ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).

3.   ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.

4.   ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.

5.   ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6.   މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ތިންވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ އެންމެހާ ލިޔުންތައް 31  މާރިޗް  2026 (އަންގާރަ) ދުވަހުގެ 13:30 ގެ ކުރިން، ޖޮބް ސެންޓަރގެ ޕޯޓަލް މެދުވެރިކޮށް ހުށަހެޅުމަށް ދެންނެވީމެވެ.

 

ޕޯޓަލް ލިންކް:    https://jobcenter.mv/dv/employer/jobs/13155/edit   

 

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

ޝޯޓްލިސްޓްކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު، ޕްރެޒެންޓޭޝަން އަދި އިމްތިހާނު އޮންނާނީ 01 އޭޕްރީލް 2026 އިން 30 އޭޕްރިލް 2026 އާއި ދެމެދު، މިނިސްޓްރީ އޮފް ހަޔަރ އެޑިޔުކޭޝަން ، ލޭބަރ އެންޑް ސްކިލްސް ޑިވެލޮޕްމެންޓް / މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާ ގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 3026951 , 3026914 އަށެވެ. އީ-މެއިލް ކުރާނީ [email protected]  އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުސޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • 1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.) https://www.csc.gov.mv/Announcement/ViewDownloads/4
  • 2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  • 3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  • 4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  • 5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛
  • (ހ) މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ
  • (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.
  • 6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:
  • (ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ނ) އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.
  • (ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)
  • (ބ) ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".
  • 7. ޕްރެކްޓިޝަނަރސް ރެޖިސްޓަރީގައި ހިމެނިފައިވާ ކަމުގެ ލިޔުމުގެ ކޮޕީ.

Other Information

Occupations
  • Civil engineer
Employment Type
  • Full-Time
Field of work
  • Engineering, Manufacturing and Construction

Login to apply for this job