Jobs

ސީނިއަރ އޮޑިޓަރ މުއްދަތު ހަމަވަނީ

Public Service Media
މުސާރަ
8,400 ރުފިޔާ+
ވަޒީފާގެ ބާވަތް
ފުލްޓައިމް
މަޤާމަށް ބޭނުންވާ މީހުންގެ ޢަދަދު
1
ރަށް
މާލެ ސިޓީ، މާލެ

ތަފްޞީލު

މުސާރައާއި އިނާޔަތްތައް
8,400 ރުފިޔާ+
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
ވަޒީފާގެ ތަފްޞީލު

https://www.gazette.gov.mv/iulaan/315782

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް7   ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް5   ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން5  އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޕަބްލިކް ސަރވިސް މީޑިއާގެ ޑިޕާރޓްމެންޓްތަކާއި، ޗެނަލްތައް ހިންގަމުންދަނީ ކަނޑައެޅިފައިވާ ސިޔާސަތުތަކާއި އެއްގޮތަށްތޯ ބަލައި ޗީފް އިންޓަރނަލް އޮޑިޓަރއަށް ރިޕޯރޓް ކުރުން؛
  • އިންޓަރނަލް އޮޑިޓް އަދި ޕްލޭންތައް ތައްޔާރުކުރުމަށް ޗީފް އިންޓާރނަލް އޮޑިޓަރ އަށް އެހީތެރިވުން؛
  • އޯޑިޓް ވާރކް ޕްލޭންތައް ތައްޔާރުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް އެހީތެރިވެދިނުމާއި އެކުލަވާލުން؛
  • އޯޑިޓް ޕްލޭނާ އެއްގޮތަށް ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރިޔަށް ގެންދިއުން؛
  • އޮޑިޓް ކުރުމަށްޓަކައި ބޭނުންވާ ހުރިހާ މަޢުލޫމާތު ކުންފުނީގެ އެކި ޑިޕާރޓްމަންޓްތަކުންނާއި ޗެނަލްތަކުން ހޯދުން؛
  • މަޢުލޫމާތު ދިރާސާ ކޮށް، ކޮންޓްރޯލް ވީކްނަސް ފާހަގަކޮށް، ރަނގަޅުކުރުމަށް ބޭނުންވާ ލަފަޔާއި އިރުޝާދު ދިނުން؛
  • ޑްރާފްޓް ޑިސްކަޝަން ޕޭޕަރއާއި ޑްރާފްޓް އޮޑިޓް ރިޕޯރޓްތައް ތައްޔާރުކުރުން؛
  • އޮޑިޓް ރިޕޯރޓް ތައްޔާރުކުރުމަށް، ޗީފް އިންޓާރނަލް އޮޑިޓަރއަށް ބޭނުންވާ އެހީތެރިކަންދިނުން؛
  • އެކްސްޓަރނަލް އޮޑިޓް އަދި އިންޓާރނަލް އޮޑިޓްގައި ރަގަނޅުކުރުމަށް ލަފާދީފައިވާ ކަންކަން ރަނގަޅުކުރަމުން ގެންދޭތޯ ބެލުން؛
  • ސްޕަވައިޒް ކުރަންޖެހޭ މުވައްޒަފުންގެ މަސައްކަތް ބެލެހެއްޓުން؛
  • އެކްސްޓަރނަލް އޮޑިޓިންގގައި އެފަރާތަށް ދޭންޖެހޭ އެއްބާރުލުން ދިނުން؛
  • އަދި މުވައްޒަފުގެ ޒިންމާގެ އިތުރުން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައް ކުރުން.

ފެންވަރު ނުވަތަ ޝަރުތު

ތަޖުރިބާގެ އެންމެ ދަށް މިންވަރު
ބަޔާންކޮށްފައި ނެތް

ހުށަހަޅަންޖެހޭ ލިޔެކިޔުން

ލިޔެކިޔުން
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

އެހެނިހެން މަޢުލޫމާތު

ވަޒީފާގެ ބާވަތް
  • ފުލްޓައިމް

Login to apply for this job

ޝާޢިއުކުރި ތާރީޚް
17 ނޮވެމްބަރު 2024
މުއްދަތު ހަމަވާ ތާރީޚް
22 ނޮވެމްބަރު 2024
އެޕްލިކޭޝަން ހުށަހެޅުމަށް