Jobs

Salary
MVR 8,800+
Employment Type
Contract
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 8,800+
ސަރވިސް އެލަވަންސް-/3,000 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/230138

މަޤާމުގެ ޝަރުތު:

  • މަޤާމާގުޅޭ ދާއިރާއަކު (މަލްޓި މީޑިއާ، ގްރެފިކްސް ޑިޒައިން، ޑިޖިޓަލް އަރޓް ފަދަ) އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުން ނުވަތަ،
  • މަޤާމާއި ގުޅޭ ދާއިރާގެ ސެކްޝަންގެ އިސް މަޤާމެއްގައި 6 (ހައެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އާ ޚިޔާލުތަކާއި ޒަމާނީގޮތްތަކުގެ މައްޗަށް ބިނާކޮށް ގްރެފިކްސް ތައްޔާރުކޮށްދިނުން؛
  • ކުންފުނީގެ އެކިއެކި ބޭނުންތަކަށް ބޭނުންވާ ޕްރެޒެންޓޭޝަންތަކާއި، ސޯޝަލް މީޑިއަރ ޗެނަލްތައް ޕްރޮމޯޓްކުރުމަށް ބޭނުންވާ ގްރެފިކްސް ޑިޒައިންކުރުން؛
  • އާ އައިޑިޔާތައް އުފެއްދުމާއި އިނޮވޭޓިވް ގޮތްތައް ޑިޒައިން ކުރުމަށް ބޭނުން ކުރުން؛
  • ފަހުގެ ސޮފްޓްވެއަރ ތަކާއި އެއިރެއްގައި ދުނިޔޭގައި މަސައްކަތް ކުރަމުންދާ ޓްރެންޑްތަކަށް އަހުލުވެރިވުން؛
  • ލައިވް/ރެކޯޑްކުރާ ޕްރޮގްރާމްސް އަދި އިވެންޓްތަކުގެ ސީޖީ މަސައްކަތް ކުރުން؛
  • ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ - ޗެނަލް އޮޕަރޭޓްކުރުން އަދި ކެލިގްރާފަރ / ޓައިޓްލް އޮޕަރޭޓަރ / ޖީ  ޗެނަލް ފައިލް ސެޓަޕްހެދުން؛                                           
  • ސެކްޝަނުގައި މަސައްކަތް ކުރާ އެހެން މުވައްޒަފުންނަށް މަސައްކަތް ދަސްކޮށް ދިނުމަށް އެހީތެރިވުން؛

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

Other Information

Employment Type
  • Contract