Jobs

Salary
MVR 7,500+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 7,500+
Job Description

https://www.gazette.gov.mv/iulaan/306093

މަޤާމުގެ ޝަރުތު:

  • މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހި ރާއްޖޭގެ ޤައުމީ ސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން؛ ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • އެކި ފަރާތްތަކާއި ކުންފުންޏާއި ދެމެދު ވެވޭ އެއްބަސްވުންތަކާއި، އެމް.އޯ.ޔޫތައް ޑްރާފްޓް އެކުލަވާލުން؛
  • އެއްބަސްވުންތަކުގައި ކުންފުނިން ކުރަން އެއްބަސްވެފައިވާ ކަންތައްތައް ފާހަގަކޮށް ދިމާވެދާނެ ޤާނޫނީ މައްސަލަތައް ކަމާއިބެހޭ ފަރާތްތަކައި ޙިއްސާކުރުމާއި، އެފަދަ ކަންތައްތައް ޔުނިޓް ހެޑްގެ ސަމާލުކަމަށް ގެނައުން؛
  • ޑިޕާރޓްމެންޓް ތަކުން ތައްޔާރުކުރާ ތަފާތު އެގްރީމެންޓްތަކާއި އެމްއޯޔޫތައް ޗެކްކުރުމާއި، އެފަދަ ޑޮކިއުމެންޓެއްގައި ޤާނޫނީގޮތުން ފުރިހަމަ ވާން ޖެހޭ ކަންކަން ހުރިތޯ ބަލާ ޗެކްކޮށް ފުރިހަމަ ކޮށްދިނުން؛
  • ކުންފުނިން ތައްޔާރުކުރާ ޤާނުނީ ބައެއް ލިޔުންތައް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން؛
  • އެކި ފަރާތްތަކުން ފޮނުވާ ސިޓީ، ރިޕޯރޓް، އަދި މެއިލްތަކަށް ޤާނޫނީގޮތުން ދޭންޖެހޭ ޖަވާބުތައް ޔުނިޓް ހެޑްގެ މަޝްވަރާގެ މަތިން ތައްޔާރުކުރުން؛
  • ކުންފުނީގެ ފަރާތުން ދަޢުވާކުރުމާއި، ކުންފުނީގެ މައްޗަށް އެހެންފަރާތަކުން ކުރާ ދަޢުވާތަކުގައި ޝަރުޢީކޯޓްތަކުގައާއި، ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން؛
  • ކޯޓްތަކާއި ޓްރައިބިއުނަލްތަކުގައި ހިނގާ މައްސަލަތަކާ ގުޅިގެން ތައްޔާރު ކުރަންޖެހޭ ދަޢުވާ ފޯރމާއި ބަޔާންތަކާއި، މިނޫންވެސް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން؛
  • ކޯޓުތަކަށް ހުށަހެޅި ހިނގަމުންދާ މައްސަލަ ދިރާސާކުރުމާއި، އަޑުއެހުންތަކަށް ތައްޔާރުކުރުން؛
  • ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ހިނގަމުންދާ ޝަރީޢަތުގެ އަޑުއެހުންތަކަށް ޙާޟިރުވުން؛
  • މީގެ އިތުރުން މެނޭޖްމަންޓުން އަންގާ ކަންތައްތައް ކުރުން.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • -އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • -އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

Other Information

Employment Type
  • Full-Time