Jobs

Salary
MVR 8,150+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 8,150+
ސަރވިސް އެލަވަންސްތައް: -/3,000 ރުފިޔާ
• އެޓެންޑެންސް އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ދުވާލަކަށް 35 (ތިރީސް ފަސްރުފިޔާ)
• ޓެކްނިކަލް ކޯ އެލަވަންސް: ކުންފުނީގެ ސިޔާސަތުގައި އޮންނަ އުސޫލުގެ ތެރެއިން ޝަރުތު ހަމަވާނަމަ އަސާސީ މުސާރައިގެ 20% އެލަވަންސް ދެވޭނެއެވެ.
Job Description

މަޤާމުގެ ޝަރުތު:

މަޤާމާ ގުޅޭ ދާއިރާއިން އެޑްވާންސް ޑިޕްލޮމާއިން އޮތުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން  ޑިޕްލޮމާއެއް އޮތުމާއެކު މަޤާމާގުޅޭ ދާއިރާއިން (ހަތަރެއް) 4 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމާގުޅޭ ދާއިރާއިން 8 (އަށެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު:

  • ޕީއެސްއެމްގެ މީސްމީޑިއާ އާއި ޑިޖިޓަލް ޕްލެޓްފޯމުތަކުން އާމުދަނީ ލިބޭނޭ ގޮތްތައް ދެނެގަނެ، ކުންފުނީގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭނާއި އެއްގޮތްވާ ގޮތުގެ މަތީން މީސްމީޑިޔާ އެސެޓްތައް ތައްޔާރުކޮށް ބެލެހެއްޓުމަށްޓަކައި ބޭނުންވާ ފަންނީ މަސައްކަތްތައް ކުރުން.
  • ބްރޭންޑް އަދި ޕްރޮގްރާމްތަކުގެ ތަފާސް ހިސާބު (ސްޓެޓިސްޓިކަލް އިންފޮމޭޝަން) އަދި ފައިނޭންޝިއަލް މަޢުލޫމާތު ހޯދާ ބެލުން.
  • ސޭލްސް އެންޑް މާރކެޓިންގ ގެ މަސައްކަތްތަކުގެ ތެރޭގައި ހިމެނޭ (ލައިވް އިންފޯ ޝީޓް، ސަރވިސް އެޕްލިކޭޝަން ފޯމު، ކޯޓޭޝަން ފަދަ) ތަފާތު ލިޔެކިޔުންތަކަށް ބޭނުންވާ މަޢުލޫމާތު އެއްކުރުމާއި، އެފަދަ ލިޔެކިޔުންތައް ތައްޔާރުކުރުން.
  • ޕަބްލިކް ސާރވިސް މީޑިޔާގެ މީސްމީޑިޔާ އެސެޓްތައް މެދުވެރިކޮށް، އެނެލިޓިކް ޑާޓާ ކަލެކްޓްކުރުމާއި، އެކި މުއްދަތުތަކަށް ތައްޔާރުކޮށް ހުށަހަޅަންޖެހޭ ރިޕޯޓުތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ތައްޔާރުކުރުން.
  • ކުންފުނިން އުފައްދާ އުފެއްދުންތައް އިޝްތިހާރުކުރުމަށާއި، އެ އުފެއްދުންތަކުން އާމުދަނީ ހޯދުމަށާއި، ހާޞިލްވީ މިންވަރު ދެނެގަތުން ފަދަ ބޭނުންތަކަށް ރިޕޯޓް، ޕްރެސެންޓޭޝަން، ޕްރޮޕޯސަލް ފަދަ ތަކެތި ތައްޔާރުކުރުމާއި، މިގޮތަށް ތައްޔާރުކުރާ ލިޔެކިޔުންތަކަށް ފަހިވާނޭހެން އެނެލިޓިކް ޑާޓާގެ ބޭނުން ހިފުން.
    • ރޭޑިޔޯ އާއި ޓީވީ ކޮންޓެންޓާއި ކުންފުނީގެ އެކި އުފެއްދުންތަކާއި ޚިދުމަތްތައް ޕްރޮމޯޓްކޮށް މާކެޓްކުރުމަށްޓަކައި ބޭނުންވާ، ޕްލޭން، މާކެޓިންގ ކިޓް ފަދަ ތަކެތި ތައްޔާރުކުރުން.
    • ކުންފުނީގެ ބްރޭންޑްތަކުގެ ޑިމާންޑް އަދި ކޮމްޕެޓިޝަން އެނަލައިޒް ކުރުމާއި ރިސާޗް ހެދުން.
    • ޕްރޮޑަކްޓްތައް އެންމެ ރަގަޅަށް އާއްމުންނާއި ހިސާބަށް ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުން.
    • އައު ކްލައިންޓުންނާއި ސްޓޭކްހޯލްޑަރުން ދެނެގަނެ، ކުންފުނީގެ އަމާޒުތަކަށް ވާޞިލްވުމަށް މަގުފަހިވާނޭހެން އެ ފަރާތްތަކާއި ގުޅުން ބަދަހިކުރުން. އަދި މާކެޓް ކުރާނެ ސްޓްރެޓެޖީތަކާއި ޚިޔާލު ދިނުން.

    ޖެނެރަލް  މަސައްކަތްތައް

    • ޚިދުމަތް ލިބިގަންނަ ކްލައިންޓުންނާއި، ސްޓޭކްހޯލްޑަރުންގެ މަޢުލޫމާތު އެއްކޮށް، އަދާހަމަކޮށް ބެލެހެއްޓުން
    • ސޭލްސް އެންޑް މާރކެޓިންގ ގެ ބޭނުމަށްޓަކައި އެކިކަހަލަ ޕްރޮމޯޝަނަލް އިވެންޓްތައް ރާވައި ހިންގުން.
    • ޙަވާލުކުރެވޭ މަސައްކަތްތަކާ ގުޅުންހުރި އެންމެހައި ލިޔެކިޔުންތަކުގެ ޑިޖިޓަލް ކޮޕީ ބެލެހެއްޓުމާއި، ފައިލްކުރަންޖެހޭ ލިޔެކިޔުންތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ފައިލްކޮށް، ރައްކާތެރިކަމާއެކު ބެލެހެއްޓުން.
    • ސޭލްސް އާއި މާކެޓިންގެ ދަށުން ޙަވާލުކުރެވޭ ރޫޓީން މަސައްކަތްތަކާއި ޓާސްކް-ބޭސްޑް މަސައްކަތްތައް ކުރުން.
    • ސޭލްސް އާއި މާކެޓިންގެ އެކި މަސައްކަތްތައް ކުރުމަށް އެކުލަވައިލައިފައިވާ އެސް.އޯ.ޕީ ތަކާއި، މި މަސައްކަތްތަކާއި ގުޅުންހުރި ކުންފުނީގެ އެސްއޯޕީތަކާއި އުސޫލުތަކަށް އަހުލުވެރިވެ، އެއާއި އެއްގޮތަށް އަމަލުކުރުން
    • ސޭލްސް އެންޑް މާކެޓިންގ އިން ރާވައި އިންތިޒާމުކުރާ އެންމެހައި އިވެންޓްތަކާއި / ޕްރޮޖެކްޓްތަކާއި ގުޅިގެން ޙަވާލުކުރެވޭ މަސައްކަތްތައް ކުރުމާއި، އިވެންޓް / ޕްރޮޖެކްޓްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.
    • ޑިޕާރޓްމަންޓްގެ މުވައްޒަފަކު ސަލާމް ބުނާ، ނުވަތަ ޗުއްޓީ ނަގާ ހާލަތެއްގައި އެ މުވައްޒެއްގެ ޒިންމާގެ ދަށުގައިވާ މަސައްކަތުގެ ތެރެއިން، ޑިޕާރޓްމަންޓްގެ ހިންގުމާއިޙަވާލުވެ ހުރިފަރާތުން ޙަވާލުކުރާ މަސައްކަތްތައް ކުރުން. މި މަޢުލޫމާތު ސުޕަވައިޒަރާއި ހިއްސާކުރުން.
    • ވަޒީފާއާއި ގުޅިގެން  ކުރަންޖެހޭ އެހެނިހެން މަސައްކަތްތައް

      • ކުންފުނީގެ ފަރާތުން ހިންގާ އަދި ބައިވެރިވާ ބޮޑެތި ޕްރޮޖެކްޓް ތަކުގައި ސޭލްސް އެންޑް މާރކެޓިންގ ޑިޕާޓްމަންޓާއި ޙަވާލުކުރެވޭ މަސައްކަތްތައް ސުޕަވައިޒަރުގެ ލަފާގެ މަތިން ކުރުން.
      މީގެ އިތުރުން، (މަތީގައި ބަޔާންވެފައި ނުވި ނަމަވެސް) މަސައްކަތާއި / ވަޒީފާއާއި ގުޅޭގޮތުން ޙަވާލުކުރެވޭ އެންމެހައި މަސައްކަތްތައް ކުރުން.

:މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް

https://www.gazette.gov.mv/iulaan/210562

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • • އެކްރެޑިޓް އަދި އެޓެސްޓް ކޮށްފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ކޮޕީ (އެޓެސްޓްނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބަލައިނުގަނެވޭނެއެވެ.)
  • • ކޮލެޖް ނުވަތަ ޔުނިވަރސިޓީން ދޫކޮށްފައިވާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން.
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއެކު)
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ފޮޓޯކޮޕީ އާއި ޕާސްޕޯރޓް ސައިޒު ގެ 1 ފޮޓޯ.
  • • ޕޮލިސް ރިޕޯރޓް. (3 މަސް ހަމަނުވާ)

Other Information

Employment Type
  • Full-Time
Published Date
2 October 2022
Expiry Date
13 October 2022