Jobs

Salary
MVR 8,100+
Employment Type
Full-Time
Vacancies
1

Details

Salary and Benefits
MVR 8,100+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/271023

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން؛ ނުވަތަ
  • މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރައްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށްފައިވުން، ނުވަތަ
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 6 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރިސެޕްޝަންގެ ޚިދުމަތް ހޯދާ ފަރާތްތަކަށް ކަމާގުޅޭ މަޢުލޫމާތުދީ އެހީތެރިކަން ފޯރުކޮށްދިނުން.
  • އިންސްޓިޓިއުޓަށް އަންނަ ފޯން ކޯލްތަކަށް ޖަވާބުދާރީވުމާއި މަޢުލޫމާތު ދިނުން. އަދި މައްސަލައެއް ހުށަހެޅިއްޖެނަމަ ސްޕަވައިޒަރަށް ރިޕޯޓްކޮށް، ވެރިންގެ މަޝްވަރާގެމަތިން ހައްލުކުރުން.
  • އޮފީހަށް އަންނަ ސިޓީ، މެމޯ އަދި އެނޫންވެސް ތަކެތި ބަލައިގަނެ އެންޓްރީ ކުރުން.
  • އޮފީހުން ފޮނުވަން ބޭނުންވާ ލިޔެކިޔުންތަކާއި ޔައުމިއްޔާ، ރިޕޯޓް އަދި އެހެނިހެން ލިޔެކިޔުންތައް ތައްޔާރުކޮށް ފޮނުވުމާއި ރެކޯޑްސް ބެލެހެއްޓުން.
  • އޮފީހުގެ ޢިމާރާތާއި ތަކެތީގެ އިންވެންޓްރީ ނަގާ ރައްކާތެރިކަމާއިއެކު ބެލެހެއްޓުން.
  • އޮފީސްތެރެ ފޮޅާ ސާފުކުރުވުމާއި އަދި އެކަންކަން ބެލެހެއްޓުން.
  • އޮފީހުން ހިންގާ ހަރަކާތްތައް ރޭވުމާއި އަދި ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވެރިވުން.
  • މޯލްޑިވްސް މީޑިއާ އިންސްޓިޓިއުޓްގައި ކިޔަވާ ކުދިންނާއި ޓީޗަރުންގެ ރެކޯޑްތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުމާއި ބޭނުންވާ މެޓީރިއަލްސްތައް ހޯދުމާއި ފޯރުކޮށްދިނުން.
  • އިންސްޓިޓިއުޓްގައި ހިންގާ ކޯސްތަކުގެ ކްލާސްތައް ހިންގުމަށްޓަކައި އިދާރީ ގޮތުން ދޭންޖެހޭ އެހީތެރިކަން ދިނުން. އަދި ޓެކްނިކަލް އެހީތެރިކަން ބޭނުންވާ ހާލަތްތަކުގައި އެކަން ކުރެވޭނެ މަގުފަހިކޮށްދިނުން.
  • ކޯސްތަކުގައި ކިޔަވައިދެއްވާ ޓީޗަރުންގެ ފައިސާގެ ކަންކަން އެންމެ އަވަހަށް ދެއްކޭނެ އިންތިޒާމް ހަމަޖައްސާ އެކަންކަން ބެލެހެއްޓުން.
  • ޓީޗަރުންނާއި ދަރިވަރުންނަށް އަންގަންޖެހޭ އެންގުންތަކާއި ޤާވާއިދުތައް ފެންނާނޭހެން ނޯޓިސްބޯޑުގައި ބެހެއްޓުމާއި ކަމާގުޅޭ މައުލޫމާތު ފޯރުކޮށްދިނުން.
  • ކޯސްތަކާގުޅޭ މާކެޓިންގ ޕްރޮމޯޝަންތަކުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި އަމަލީގޮތުން އެމަސައްކަތުގައި ބައިވެރިވުން.
  • އޮފީހަށް ބޭނުންވާ އެންމެހާ ތަކެތި ހޯދުމާއި އެކަންކަމުގައި އަމަލީގޮތުން ބައިވެރިވުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

Other Information

Employment Type
  • Full-Time