Jobs

Salary
MVR 10,000 - MVR 11,000
Island
Male' City, Male'

Details

Salary and Benefits
MVR 10,000 - MVR 11,000
Job Description

އޮފީސް އެސިސްޓެންޓް

ބޭނުންވާ އަދަދު:01  

މަޤާމުގެ މަސްއޫލިއްޔަތު: 

  • އޮފީސް ސާފުތާހިރު ކޮށް ބެހެއްޓުމަށް ކުރަންޖެހޭ މަސައްކަތްކުރުން. 
  • އޮފީސް ފޮޅައި ސާފުކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލެހެއްޓުން. 
  • މުވައްޒަފުންގެ ސައިގެ ކަންކަމުގައި އެހީތެރިވެދިނުން. 
  • އޮފީހުގައި ބާއްވާ އެކި އެކި މީޓިންގ/އިވެންޓްތަކަށް ތަން ތައްޔާރުކުރުމަށް އެހީތެރިވެދިނުމާއި ރިފްރެޝްމެންޓް ތައްޔާރުކުރުމާއި މީޓިންގ/އިވެންޓް ނިމުމުން ތަށިތައް ނަގައި ސާފުކުރުން. 
  • އޮފީހަށް ގަންނަންޖެހޭ ތަކެތި ގަތުމުގައި ޕްރޮކިއުމަންޓް މަސައްކަތް ކުރާ މުވައްޒަފުންނަށް އެހީތެރިވެދިނުން. 
  • އޮފީހުން ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިއުންތައް ކަނޑައެޅިފައިވާ ފަރާތްތަކަށް ހަވާލުކޮށްދިނުން. 
  • އޮފީހުގެ މަސައްކަތާއި ގުޅިގެން ހަވާލުކުރެވޭ އެހެނިހެން މަސައްކަތްތައްކުރުން. 

ވަޒީފާގެ މަސްއޫލިއްޔަތު އަދާކުރުމަށް ބޭނުން ތައުލީމާއި ތަޖުރިބާ: 

  • އަސާސީ ތަޢުލީމް ފެންވަރުހުރުން. 
  • މަގާމުގެ މަސައްކަތް ކުރުމުގެ ހުނަރު އަދި ޤާބިލްކަން އިންޓަރވިއުގައި ސާބިތުކޮށްދިނުން. 

 

މަގާމުގެ މަސައްކަތަށް ބޭނުންވާ އެހެނިހެންސިފަތައް:

  • ފަރުވާތެރިކަމާއި ސާފުތާހިރުކަމާއެކު ކަންކަންކުރަން އެނގުމާއި މީހުންނާ މުޢާމަލާތްކުރުމުގައި ރަޙްމަތްތެރިކަމުގެ ސިފަހުރުން. 
  • މަޤާމުގެ މަޞްއޫލިއްޔަތުގައި ބަޔާންކޮށްފައިވާ މަސައްކަތްތައް ކުރެވޭފަދަ ސިއްޙަތެއްގައި ހުރިފަރާތެއްކަމުގައިވުން. 
  • މަގާމުގައި އަދާކުރަންޖެހޭ މަސައްކަތާ ގުޅޭދާއިރާއިން ތަޖުރިބާ ހުރިފަރާތްތަކަށް އިސްކަންދެވޭނެއެވެ. 

މުސާރަ އާއި ޢިނާޔަތްތައް: 

10,000ރއާއި 11,000ރއާއިދެމެދު. 

އިތުރުގަޑީގައި މަސައްކަތްކޮށްފި ނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ ލިބޭނެއެވެ. 

މަސައްކަތް ކުރަންޖެހޭ ގަޑި:

ހެނދުނު08:00 އިންހަވީރު 16:00 އަށް، 

ހުށަހަޅަން ޖެހޭ ތަކެތި: 

  • ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ. 
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު.
  • ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓް ތަކުގެ ފޮޓޯކޮޕީ. 
  • މަސައްކަތްކުރަމުންދާ / ކުރިން މަސައްކަތް ކުރިފަރާތްތަކުން ދެއްވާފައިވާ ރިފަރެންސް ލެޓަރ. 

އެޕްލިކޭޝަން ހުށަހަޅަންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކުން 21 މާރޗް 2024 ވާ ބުރާސްފަތި ދުވަހުގެ 14:00ގެކުރިން އެޕްލިކޭޝަން ބަލައިގަތުމަށް. 

ކަނޑައެޅިފައިވާ ލިންކް ބޭނުން ކުރައްވައިގެން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެއެޕްލިކޭޝަން ބަލައިގަތުމަށް ހަމަޖެހިފައިވަނީ މިލިންކް https://sdfcmv.aidaform.com/job-application-form-office-assistant92 ނުވަތަ އީމެއިލް ( [email protected] ) މެދުވެރިކޮށެވެ. 

މި ވަޒީފާއާ ބެހޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް،ރަސްމީދުވަސްދުވަހު 9:00 އާއި 14:00 އާދެމެދު 3026018 / 3026016 ފޯނަށް ގުޅުއްވައި ނުވަތަ[email protected]އަށް އީމެއިލް ކުރެއްވުންއެދެމެވެ.

 

Requirements and Qualifications

Minimum Experience
Not Specified
Published Date
13 March 2024
Expiry Date
21 March 2024