|
މަޤާމް |
މެނޭޖަރ ލީގަލް |
||
|
މަޤާމުގެ ރޭންކް |
L3 - B1 |
ބޭނުންވާ ޢަދަދު: |
01 |
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޕަބްލިކް ސަރވިސް މީޑިއާ، މާލެ |
ޑިޕާޓްމަންޓް |
ލީގަލް |
|
ވަޒީފާގެ ބާވަތް |
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.) |
||
|
ރަސްމީ މަސައްކަތު ގަޑި |
ހަފްތާއަކު 05 ދުވަހު – ދުވާލަކު 8 ގަޑިއިރު |
||
|
އަސާސީ މުސާރަ |
10,500/- ރުފިޔާ |
ސަރވިސް އެލަވަންސް |
-/4,000 ރުފިޔާ |
|
އެހެނިހެން އެލަވަންސްތައް: |
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ. · ސަޕޯޓް ސަރވިސް އެލަވަންސް: މަހަކަށް -/3510 ރުފިޔާ · ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). · ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ. · އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. · ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ. · ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · މީގެ އިތުރުންވެސް ކޮމިއުނިކޭޝަން އެލަވަންސާއި އެހެނިހެން އެލަވަންސެއް ދޭން ޖެހިއްޖެނަމަ، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
|
މަޤާމުގެ ޝަރުތު: |
· މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 9 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މެނެޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ · މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީސަނަދުގެ އޮނިގަނޑު ލެވެލް 7 ނުވަތަ 8 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މެނެޖީރިއަލް ލެވެލްގައި މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން؛ ނުވަތަ · މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 10 އަހަރު ދުވަހު މަސައްކަތްކޮށް ކޮށްފައިވުމާއެކު މެނެޖީރިއަލް ލެވެލްގައި 4 އަހަރު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން. |
||
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· މިމަޤާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ޤާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި ޝަރީޢާގެ ދާއިރާއިން މަތީ ތަޢުލީމާއި ތަޖްރިބާ ލިބިލައްވާފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ. · މީގެ އިތުރުން އަންނަނިވި ކަންކަމަށް ބެލޭނެއެވެ:- - މީހުންނާ މުއާމަލާތްކުރުމުގައި މަޑުމައިތިރިކަމާއި އަދަބުވެރިކަމާއި އިޚްތިރާމާއެކު މުޢާމަލާތުކުރުން. - މަސައްކަތްކުރުމުގައި ވަކި ފަރާތަކަށް ބުރަނުވެ، ޤާނޫނާއި ޤަވާއިދާ އެއްގޮތަށް ކަންތައްތައް، ޒިންމާދާރު ކަމާއެކު ނިންމުމުގެ ގާބިލުކަން ހުރުން. - ސިއްރު ހިފެހެއްޓުން. - މި ދާއިރާއާ ގުޅުންހުރި ޤާނޫނުތަކާއި ޤަވާއިދުތަކަށް އަހުލުވެރިވެފައިވުން. - ތަހުލީލީ އަދި ތަންޤީލީ ނަޒަރަކުން ވިސްނާ ފިކުރުކުރުމުގެ ޤާބިލުކަން ހުރުން. - މައިކްރޮސޮފްޓް އޮފީސް ޕެކޭޖް ރަގަޅަށް ބޭނުންކުރަން އެނގުން. - ގިނަވަގުތު މަސައްކަތުގައި ހޭދަކުރުމާއި އަދި ހޭދަކުރެވޭފަދަ ސިއްޙީ ހާލަތެއްގައި ހުރި ފަރާތަކަށްވުން. - އިނގިރޭސި ބަހާއި ދިވެހި ބަހުން ފަރިތަކަމާއެކު މުޢާމަލާތުކުރަން އެނގޭ ފަރާތަކަށްވުން. |
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
· ސަރުކާރުގެ އިދާރާތަކާއި، މިނިވަން މުއައްސަސާތަކާއި، ކުންފުނިތަކާއި، ޖަމްޢިއްޔާ/ޖަމާޢަތްކުން އަންނަ ސިޓީތަކަށް ލީގަލް ޔުނިޓުން ޖަވާބުދާރީވާންޖެހޭ އެންމެހައި ސިޓީތަކާއި ލިޔުންތަކަށް ޖަވާބުދާރީވުން. · ލީގަލް ޔުނިޓުން ބައިވެރިވާންޖެހޭ އެންމެހައި ބައްދަލުވުންތަކުގައި ބައިވެރިވުން. · ކުންފުނީގެ ޤާނޫނު ތަންފީޒު ކުރުމަށްޓަކައި ކުރަންޖެހޭ ކަންކަން ކުންފުނިން ކުރަމުންދޭތޯ ބެލުމާއި، ޤާނޫނުން ލާޒިމްކުރާ ކަންކަން ނުކުރެވި ހުންނަނަމަ އެކަމެއް މެނޭޖްމަންޓްގެ ސަމާލުކަމަށް ގެނައުން. · ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގައި މަޝްވަރާކުރާ މައްސަލަތަކާއި ގުޅިގެން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތްތަކުގައި ޑިރެކްޓަރުންގެ ބޯޑަށް ޤާނޫނީ ލަފާ ދިނުން. · ކުންފުނީގެ ޤާނޫނަށް އިޞްލާޙެއް ގެނައުމަށް ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނާއި، މެނޭޖްމަންޓުން ނިންމައިފިނަމަ އެ އިޞްލާޙެއް ހުށަހެޅުމަށް ޑިރެކްޓަރުންގެ ބޯޑަށާއި، މެނޭޖްމަންޓަށް ދޭންޖެހޭ ޤާނޫނީ އެހީތެރިކަން ދިނުން. · ބިޑް ކޮމެޓީން ނިންމާ މައްސަލަތަކުގައި ޤާނޫނީގޮތުން އުފެދޭ ޚުސޫމަތުތަކާބެހޭގޮތުން ޤާނޫނީ ލަފާ ބޭނުންވާ ޙާލަތުތަކުގައި ޤާނޫނީލަފާ ދިނުން. · ކުންފުނީ ޑިޕާރޓްމަންޓްތައް ހިންގުމުގައި ޤާނޫނީގޮތުން ދިމާވާ މައްސަލަތަކުގައި މެނޭޖްމަންޓަށް ޤާނޫނީ ލަފާ ދިނުން. · އަލަށް އެކުލަވާލާ އެއްބަސްވުންތަކުގެ ޑްރާފްޓް އެކުލަވާލުމާއި، އިންޓާރނަލް، ޕޮލިސީތައް ޑްރާފްޓް ޗެކްކުރުމާއި، އެލިއުންތައް ތައްޔާރު ކުރެވިފައިވަނީ ޤާނޫނީ ހަމަތަކުގެމަތީން ކަން ކަށަވަރު ކުރުން. · ކުންފުންޏާއި، އެހެން ފަރާތްތަކާދެމެދު ވެވޭ އެއްބަސްވުންތައް ތަންފީޛު ކުރުމުގައި މިކުންފުނިން އަދާކުރަންޖެހޭ ޒިންމާތައް އަދާކުރަމުންދޭތޯ ބެލުމަށްފަހު ފުރިހަމައަށް ޒިންމާ އަދާ ނުކުރާކަން ފާހަގަ ނުކުރެވޭނަމަ އެކަންކަން، ކަމާގުޅޭ ޑިޕާޓްމަންޓް ހިންގަން ހުރި ފަރާތުގެ ސަމާލުކަމަށް ގެނައުން. · ކުންފުނީގެ ފަރާތުން ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހަޅަންޖެހޭ މައްސަލަތަކުގެ ދަޢުވާ ފޯރމާއި އެއާ ގުޅޭ އެންމެހައި ލިޔުންތައް ތައްޔާރުކުރުން. · ކުންފުންޏާއި ދެކޮޅަށް ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކަށް ހުށަހެޅޭ މައްސަލަތަކާއި ކުންފުނިން ކޯޓްތަކަށް ހުޅަހަޅާ މައްސަލަތަކުގެ ޝަރީޢަތުގެ މަރުޙަލާތަކުގައި، ކޯޓު އަމުރުތަކަށް ކޯޓަށް ޙާޟިރުވެ ކުންފުނީގެ ފަރާތުން ވަކާލާތު ކުރުން. · ޝަރުޢީ ކޯޓުތަކާއި، ޓްރައިބިއުނަލްތަކުގައި ކުންފުނީގެ މައްޗަށް ކުރާ ޙުކުމްތައް ތަންފީޛު ކުރުމުގައި ކަމާބެހޭ ޑިޕާރޓްމަންޓަށް ލަފާ ދިނުމާއި، އެޙުކުމެއްގެ ތަންފީޒުވެ ނިމެންދެން މޮނިޓަކޮށް ބަލަމުން ދިއުން. · ކޯޓްތަކުގައި ކުރިއަށްދާ މިކުންފުންޏާއި ގުޅުންހުރި މައްސަލަތަކާއިގުޅޭ މަޢުލޫމާތު މެނޭޖްމަންޓަށް ދެމުން ގެންދިއުން. · ރެގިއުލޭޓަރީ ކަންތައްތައް ކުރިއަށްދާގޮތް މޮނީޓަރކޮށް ބެލެހެއްޓޭނެ ނިޒާމެއް ޤާއިމްކޮށް އަދި ކަމާގުޅޭގޮތުން ލިބެންޖެހޭ މަޢުލޫމާތުތައް ފުރިހަމައަށް ލިބޭކަން ކަށަވަރުކުރުމަށް ޗެކްލިސްޓެއް ހަދައި ބެލެހެއްޓުން. · ޤާނޫނުތަކާއި އެއްގޮތައް ކަންތައްތައް ހިނގާތޯ ޤާވާޢިދުން ބަލަހައްޓައި، ބަދަލު ގެންނަންޖެހޭ ކަމަށް ފާހަގަވާ ކަންތައްތައް މެނޭޖްމަންޓާއި ޙިއްޞާކުރުން. · މަސްދުވަހުގެ ރިޕޯރޓާއި އަހަރީ ރިޕޯރޓް ޤަވާޢިދުން ތައްޔާރުކުރުން. · މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) · ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. · ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. · ޕޮލިސް ރިޕޯޓް (4 މަސް ނުވާ) |
||
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން: |
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. · މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. ) އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ. ( |
||
|
ސުންގަޑި |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 20 ޖަނަވަރީ 2026 ވަނަ ދުވަހުގެ މެންދުރު 16:00 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ. |
||
|
އިތުރު މަޢްލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000368 ފޯނާ ގުޅުއްވުން އެދެމެވެ. |
||