Jobs

Salary
MVR 10,500+
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 10,500+
ސަރވިސް އެލަވަންސް -/3,510 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

ސަޕޯޓް ސަރވިސް އެލަވަންސް: -/3,510 ރުފިޔާ
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  • ނުވަތަ  ހިއުމަން ރިސޯސް ފަދަ ދާއިރާއަކުން ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

މިމަގާމަށް މީހަކު ހޮވުމުގައި ދާއިރާއިން މަތީ ތަޢުލީމު ހާސިލުކޮށްފައިވާ މިންވަރަށާއި، ތަޖްރިބާ އަދި މައިކްރޯސޮފްޓް އެޕްލިކޭޝަންތައް ބޭނުންކުރަން ރަނގަޅަށް އެނގޭ ފަރާތްތަކަށް އިސްކަން ދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކުންފުނީގެ ސްޓްރެޓެޖިކް ޕްލޭނާއި މިޝަންއާއި ލަނޑުދަނޑިތަކާއި، ލީޑަރޝިޕް ކޮމްޕިޓެންސީތައް އެކުލަވާލުމުގެ މަސައްކަތުގައި އެހީތެރިވެދިނުމާއި، އެކަންކަމަށް ވާސިލުވުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުން.
  • ޒަމާނީ ޓެކްނޮލޮޖީގެ އަލީގައި ކުންފުނީގެ ހިޔުމަން ރިސޯސް މެނޭޖްކުރުމާއި ޕާފޯމެންސް މެނޭޖްމަންޓްކުރުން.
  • މަސައްކަތްތަކަށް ހެޔޮ ބަދަލުގެނެވޭނެ ގޮތްތައް ދެނެގަނެ ކަމާގުޅޭ ސިޔާސަތުތަކާއި ގައިޑްލައިންތައް ފަރުމާކުރުމާއި ކުންފުނީގެ ނީޑްސް ތައް ދެނެގަނެ، އަމާޒު ހިފޭ ކަންކަމަށް ވާސިލުވުމަށް ކުރަންޖެހޭ ކަންކަން ފަރުމާކޮށް ހިންގުން.
  • އޯގަނައިޒޭޝަނަލް ޗޭންޖް އަށް މަގުފަހިކޮށްދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ރާވާ ހިންގުމާއި، އޯގަނައިޒޭޝަނަލް ކަލްޗަރ އަށް ގެންނަންޖެހޭ ބަދަލުތައް ދެނެގަނެ، އެކަންކަން ކުރެވޭނެ ގޮތްތައް އިންތިޒާމުކުރުން.
  • މުވައްޒަފުންނަށް އުނގެނުމުގެ ފުރުސަތުތައް ފަހިކޮށްދީގެން ދުޅަހެޔޮ، ޕޮސިޓިވް ނަތީޖާ ނެރެދޭނެ ބަޔަކަށް މުވައްޒަފުން ހެދުމަށް ކުރަންޖެހޭ މަސައްކަތްތަކާއި އަދި ކަމާގުޅޭ ސިޔާސަތުތައް އެކުލަވާލުމުގައި އެހީތެރިވެދިނުން.
  • ޒަމާނީ ޓެކްނޮލޮޖީއާއި އެއްގޮތަށް ހިއުމަން ރިސޯސް ތަރައްޤީކުރުމަށް ކުރަންޖެހޭ އެންމެހައި ކަންކަން ކުރުން.
  • ކުންފުނީގެ ޑިޕާޓްމަންޓް ތަކުގެ މަސައްކަތައް އަންނަ ބަދަލުތައް މޮނިޓަރކޮށް ސްޓޭންޑަޑް އޮޕަރޭޓިންގ ޕްރޮސީޖަރތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުމާއި އެކަންކަމަށް މުވައްޒަފުން އެހުލުވެރިކުރުވުމުގެ މަސައްކަތްކުރުން.
  • ކުންފުނީގެ ޕޭރޯލް މެނޭޖްކޮށް އަންނަ ބަދަލުތައް މޮނީޓަރކުރުމާއި ނިންމަންޖެހޭ މުއްދަތަށް ނިންމުން.
  • ކުންފުނީގެ ފަރާތުން ހިންގާ ތަމްރީން ޕްރޮގްރާމްތައް ހިންގުމުގައި އެހީތެރިވުން.
  • އެޗް.އާރް އާއި ގުޅޭ ކަންކަމުގައި ސޯޝަލް މީޑިއާއަށް ހިއްސާކުރެވޭ ކޮންޓެންޓް ބަލާ ޗެކްކޮށް އަޕްޑޭޓްކުރުން.
  • މުވައްޒަފުންގެ މަސައްކަތްތައް މޮނިޓަރކޮށް ސުޕަވައިޒްކުރުން.
  • ކުންފުނިން ހިންގާ އެކިއެކި ހަރަކާތްތައް އިންތިޒާމްކުރުމުގައި އެހީތެރިވެދިނުމާއި އަމަލީގޮތުން ބައިވެރިވުން.
  • މިކަންކަމުގެ އިތުރުން މަސައްކަތާއި ވަޒީފާއާއި ގުޅޭގޮތުން އިތުރުކަމެއް ކުރަންޖެހޭ ފަދަ ޙާލަތުގައި އެފަދަ ކަންކަން ކުރުން.

މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްދެވުމަށް

https://www.gazette.gov.mv/iulaan/223537

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

Other Information

Occupations
  • Manager, Human Resource
Employment Type
  • Full-Time
Published Date
15 January 2023
Expiry Date
25 January 2023