Jobs

Salary
MVR 10,500 - MVR 19,000
Employment Type
Full-Time
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 10,500 - MVR 19,000
ސަރވިސް އެލަވަންސް-/3,510 ރުފިޔާ

އެހެނިހެން އެލަވަންސްތައް:
. ސަޕޯޓް ސަރވިސް އެލަވަންސް: -/3,510 ރުފިޔާ
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/233151

މަޤާމުގެ ޝަރުތު:

·         މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،

·         ނުވަތަ  ހިއުމަން ރިސޯސް ފަދަ ދާއިރާއަކުން ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

·      މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

·         ޑިޕާޓްމަންޓް ހެޑްގެ ލަފައާއި އިރުޝާދުގެ ދަށުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަކާއި ލޮޖިސްޓިކް މަސައްކަތްތަކާއި ކޯޕަރޭޓް ސަރވިސް އާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި، ހިންގުމާއި މޮނިޓަރކުރަމުން ގެންދިއުން؛

·         ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުންފުނީގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައްތައް ކުރުން؛

·         ޖެނެރަލް އެޑްމިން ޔުނިޓް، ކަސްޓަމަރ ސަރވިސް ޔުނިޓް، ލޮޖިސްޓިކް އެންޑް ސެކިޔުރިޓީ ޔުނިޓް، އިލެކްޓްރިކް އެންޑް އޭސީ މެއިންޓެނަންސް ޔުނިޓް އަދި ޖެނެރަލް މެއިންޓެނަންސް ޔުނިޓްގެ މަސައްކަތްތައް ރާވާ، މުވައްޒަފުންނާ މަސައްކަތް ޙަވާލުކުރުމާއި ހިނގާ ނުހިގާ ގޮތް ބަލައި، މޮނިޓަރކުރުން؛ 

·         ކުންފުނީގެ އިންފްރާސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން އަދި ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން؛

·         ކުންފުނީގެ ސެންޓްރަލް ސްޓޮކްގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން؛

·         ކުންފުންނާއި އެހެން ފަރާތްތަކާ ދެމެދު ހެދޭ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާ ގުޅޭ އެގްރިމަންޓްތައް ހެދުމާއި ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުން؛

·         މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމާއި ބެލެހެއްޓުން؛

·         އެކި ފަރާތްތަކުން ކުންފުންޏަށް ލިބޭ ސިޓީ، މެއިލް ފަދަ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ލިބިދިނުމާއި އެކަން ފުރިހަމަކުރުމުގެ ކަންކަން ބަލަމުން ގެންދިއުން؛

·         ކުންފުނީގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިޔުންތައް ފޮނުވުން؛

·         ދައުލަތުގެ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތައް ބަދަލުކުރުމުގެ ނިޒާމްގެ ތެރެއިން ކުންފުނީގެ ފަރާތުން ބަދަލުކުރަންޖެހޭ ލިޔެކިޔުން ބަދަލުކުރުމާއި އާރކައިވްކުރުމުގެ އެންމެހާ ކަންކަން ހިންގާ ބެލެހެއްޓުން؛

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

Other Information

Employment Type
  • Full-Time
Skills Required
  • Administration