Jobs

Salary
MVR 10,500+
Employment Type
Contract
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 10,500+
ސަރވިސް އެލަވަންސް -/3,510 ރުފިޔާ
އެހެނިހެން އެލަވަންސްތައް:

ސަޕޯޓް ސަރވިސް އެލަވަންސް: -/3,510 ރުފިޔާ
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).

އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/231001

މަޤާމުގެ ޝަރުތު:

  • މަޤާމުގެ މަސްޢޫލިއްޔަތާއި ގުޅޭ ދާއިރާއަކުން އަންޑަރގްރޭޖްއޭޓް ޑިގްރީއެއް އޮތުމާއެކު 3 (ތިނެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން،
  • ނުވަތަ  ހިއުމަން ރިސޯސް ފަދަ ދާއިރާއަކުން ސެކްޝަންގެ އިސް މަޤާމެއްގައި 5 (ފަހެއް) އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  • މިމަގާމަށް ކުރިމަތިލާ ފަރާތެއްގެ ކިބައިގައި ހުންނަންޖެހޭ އަސާސީ ކޮލިފިކޭޝަނާއި ހުނަރުގެ އިތުރުން، ކުރިން މިފަދަ މަސައްކަތެއްގައި އުޅެ ތަޖްރިބާ ލިބިފައިވާ ފަރާތެއްނަމަ، އެފަރާތަކަށް އިސްކަންދެވޭނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ޑިޕާޓްމަންޓް ހެޑްގެ ލަފައާއި އިރުޝާދުގެ ދަށުން ކުންފުނީގެ އެޑްމިނިސްޓްރޭޝަން މަސައްކަތްތަކާއި ލޮޖިސްޓިކް މަސައްކަތްތަކާއި ކޯޕަރޭޓް ސަރވިސް އާ ގުޅުންހުރި އެންމެހައި މަސައްކަތްތައް ރާވައި، ހިންގުމާއި މޮނިޓަރކުރަމުން ގެންދިއުން؛
  • ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކުންފުނީގެ ކަންކަން ހިންގުމަށް އިދާރީގޮތުން ކުރަންޖެހޭ އެހެނިހެން މަސައްކަތްތައްތައް ކުރުން؛
  • ޖެނެރަލް އެޑްމިން ޔުނިޓް، ކަސްޓަމަރ ސަރވިސް ޔުނިޓް، ލޮޖިސްޓިކް އެންޑް ސެކިޔުރިޓީ ޔުނިޓް، އިލެކްޓްރިކް އެންޑް އޭސީ މެއިންޓެނަންސް ޔުނިޓް އަދި ޖެނެރަލް މެއިންޓެނަންސް ޔުނިޓްގެ މަސައްކަތްތައް ރާވައި، މުވައްޒަފުންނާ މަސައްކަތް ޙަވާލުރުމާއި ހިނގާ ނުހިގާ ގޮތް ބަލައި، މޮނިޓަރކުރުން؛ 
  • ކުންފުނީގެ އިންފްރާންސްޓްރަކްޗަރއާއި މިލްކުގައިވާ އެހެން ތަކެއްޗާއި ވަޞީލަތްތައް ރައްކާތެރިކަމާއެކު ބެލެހެއްޓޭނެ އިންތިޒާމްތައް ހަމަޖައްސައި އެކަން މޮނިޓަރކުރުން އަދި ވިޔަފާރި އުޞޫލުން ބޭނުންކޮށްގެން ޢާމްދަނީ ހޯދުމަށް އެހީތެރިވުން
  • ކުންފުނީގެ ސެންޓްރަލް ސްޓޮކްގެ ކަންކަން އިންތިޒާމްކޮށް ބެލެހެއްޓުން؛
  • ކުންފުންނާއި އެހެން ފަރާތްކާ ދެމެދު ހެދޭ، އެޑްމިނިސްޓްރޭޝަން ޑިޕާޓްމަންޓާ ގުޅޭ އެގްރިމަންޓްތައް ހެދުމާއި ތަންފީޒުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުން؛
  • މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށް ބޭނުންވާ ކަންކަން އިންތިޒާމްކުރުމާއި ބެލެހެއްޓުން؛
  • އެކި ފަރާތްތަކުން ކުންފުންޏަށް ލިބޭ ސިޓީ، މެއިލް ފަދަ ލިޔެކިޔުންތައް ކަމާބެހޭ ޑިޕާޓްމަންޓްތަކަށް ލިބިދިނުމާއި އެކަން ފުރިހަމަކުރުމުގެ ކަންކަން ބަލަމުން ގެންދިއުން؛
  • ކުންފުނީގެ ފަރާތުން އެކި ފަރާތްތަކަށް ފޮނުވަންޖެހޭ ސިޓީ ފަދަ ލިޔެކިޔުންތައް ފޮނުވުން؛
  • ދައުލަތުގެ އިދާރާތަކުގެ މެދުގައި ބަދަލުކުރެވޭ ލިޔެކިޔުންތައް ބަދަލުކުރުމުގެ ނިޒާމްގެ ތެރެއިން ކުންފުނީގެ ފަރާތުން ބަދަލުކުރަންޖެހޭ ލިޔެކިޔުން ބަދަލުކުރުމާއި އާރކައިވްކުރުމުގެ އެންމެހާ ކަންކަން ހިންގައި ބެލެހެއްޓުން.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ހުށަހަޅަންޖެހޭ ލިޔުންތައް:
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.

Other Information

Occupations
  • Administration manager
Employment Type
  • Contract