|
މަޤާމް |
މަލްޓިމީޑިއާ ޖާނަލިސްޓް |
||
|
މަޤާމުގެ ރޭންކް |
L9 – F1 (P) |
ބޭނުންވާ ޢަދަދު: |
02 |
|
ވަޒީފާ އަދާ ކުރަންޖެހޭ ތަން |
ޕަބްލިކް ސަރވިސް މީޑިއާ، މާލެ |
ޑިޕާޓްމަންޓް |
ޑިޖިޓަލް މީޑިއާ އެސެޓް މެނޭޖްމަންޓް |
|
ވަޒީފާގެ ބާވަތް |
01 އަހަރު ދުވަހުގެ ކޮންޓްރެކްޓް (މަސައްކަތުގެ ފެންވަރަށް ބެލުމަށްފަހު އެއްބަސްވުން އާ ކުރެވޭނެއެވެ. 2 އަހަރު ދުވަހުގެ ކޮންޓްރެކްޓް ފުރިހަމަކުރުމުން ދާއިމީ ކުރެވޭނެއެވެ.) |
||
|
ރަސްމީ މަސައްކަތު ގަޑި |
ހަފްތާއަކު 06 ދުވަހު – ޝިފްޓް އުސޫލުން 8 ގަޑިއިރު |
||
|
އަސާސީ މުސާރަ |
7,000/- ރުފިޔާ |
ސަރވިސް އެލަވަންސް |
-/3,500 ރުފިޔާ |
|
އެހެނިހެން އެލަވަންސްތައް: |
· އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ. · ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ. (ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ). · ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ. · އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ. · ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ. · ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން. · މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ. |
||
|
މަޤާމުގެ ޝަރުތު: |
· ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ · މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން. |
||
|
ވަޒީފާ އަށް އެންމެ ގާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް |
· ނޫސްވެރިއެއް، ރިޕޯޓަރެއް، ނުވަތަ މަލްޓިމީޑިއާ ޕްރޮޑިއުސަރެއް ނުވަތަ އެޑިޓަރެއްގެ ގޮތުގައި (1-3 އަހަރު)، ތަޖުރިބާ ލިބިފައިވުން. ޚާއްޞަކޮށް ޚަބަރު ނުވަތަ ނޫސްވެރިކަމުގައި؛ · ދިވެހި ބަހުންނާއި އިނގިރޭސި ބަހުން ޚަބަރުތައް ޓްރާންސްލޭޓްކުރަން އެނގުން؛ · ޑީއެސްއެލްއާރް / ލެންސް ލެސް ކެމެރާ އަދި ސްމާޓްފޯން ބޭނުންކޮށްގެން ވީޑިއޯ އާއި ފޮޓޯ ނެގުމުގެ ހުނަރު ހުރުން؛ · ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކާއި ޑިޖިޓަލް އެނަލިޓިކްސް ރަނގަޅަށް ދެނެގަތުން؛ · ޓައިޓް ޑެޑްލައިންތަކުގައި އަމިއްލަ އަށް މަސައްކަތް ކުރުމުގެ ގާބިލްކަން އަދި ޓީމެއްގައި ގުޅިގެން މަސައްކަތް ކުރުމުގެ ގާބިލްކަން؛ · ވީޑިއޯ އަދި ޚަބަރު ހޯދުމާއި، ޚަބަރު ތައްޔާރުކުރުމުގެ ޤާބިލް ކަމާއި ހުނަރު ހުރުން. |
||
|
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: |
· އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ޚަބަރާއި ރިޕޯރޓްހަދައި ،ޕީއެސްއެމް އިން ގެނެސްދޭ ލައިވް އިވެންޓްތައް ވަގުތުން ވަގުތައް ލިބޭނެ އިންތިޒާމް ހަމަޖައްސައިދިނުން؛ · ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް އަށް ބޭނުންވާ ވީޑިއޯ މެޓީރިއަލްސް، ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް އެޑިޓްކުރުން؛ · ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓްލިއުމާއި، ވީޑިއޯ/ އޯޑިއޯ / ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން؛ · ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަށް ނަގައިދީ އެޑިޓްކުރުމާއި ރަފް ކަޓްކުރުން އަދި ހަމަޖައްސާފައިވާ ޕްލެޓްޕޯމްތަކަށް ފޮނުވުން ނުވަތަ އަޕްލޯޑްކުރުން؛ · ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް) · ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓް ފޯމްތަކަށް ހަދާ ޚަބަރާއި ރިޕޯޓަށް ބޭނުންވާ އިންފޯގްރެފިކްސް ހެދުން ނުވަތަ އެހެންފަރާތެއް ލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން؛ · ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށް ހަދާ ނުވަތަ ހޯދާ ވީޑިއޯ / އޯޑިއޯ / އަދި ސްކްރިޕްޓް އަރކައިވް ކުރުން ނުވަތަ އެހެންފަރާތެއް ލައްވާ އެމަސައްކަތް ކުރުވުން ނުވަތަ އެހީތެރިވެދިނުން؛ · އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން؛ · ވަޒީފާއާ ގުޅޭގޮތުން ޙަވާލުކުރެވޭ ކުންފުނީގެ އެހެނިހެން މަސައްކަތްކުރުން؛ · ކުންފުނިން ޚާއްޞަ ޙާލަތެއްގައި، ކުންފުނިން ވެރިން ޙަވާލުކުރައްވާ އެހެން ކަންކަން، އެ ޙާލަތެއް ނިނުމަކަށް އަންނަންދެން ކުރުން. |
||
|
ހުށަހަޅަންޖެހޭ ލިޔުންތައް: |
· ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް) · ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. · ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ - އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ - އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ - ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ · މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް. · ޕޮލިސް ރިޕޯޓް (4 މަސް ނުވާ) |
||
|
ޝޯޓްލިސްޓް ކުރުމާއި އިންޓަވިއު ކުރުން: |
· މަޤާމުގެ ޝަރުތުތަކާ އެއްގޮތަށް، ތަޢުލީމާއި ތަޖުރިބާއަށް (ހުށަހަޅާފައިވާ ލިޔެކިއުންތައް) ބަލާ ޝަރުތު ފުރިހަމަވާ ފަރާތްތައް ޝޯޓްލިސްޓްކޮށް، އެފަރާތްތަކަށް އިންޓަވިއުއަށް ދަޢުވަތު ދެވޭނެއެވެ. · މަޤާމަށް ހޮވޭނީ ތަޢުލީމީ ސެޓްފިކެޓުތަކާއި މަސައްކަތު ތަޖުރިބާ އަދި އިންޓަވިއުއަށް ބަލާ (އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެ ބައިވެސް ހިމެނިގެން)، އެންމެ މަތިން މާކްސް ލިބޭ ފަރާތްތަކެވެ. )އިމްތިޙާނާއި ޕްރެޒެންޓޭޝަން އޮންނަ ނަމަ، އެކަން އިންޓަރވިޔުއަށް ދައުވަތުދޭއިރު އެންގޭނެއެވެ.( |
||
|
ސުންގަޑި |
މި މަޤާމަށް އެދިލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2026 ވަނަ ދުވަހުގެ ހަވީރު :0016 ގެ ކުރިން މި ކުންފުނީގެ ވެބްސައިޓް www.psm.mv/careers އަށް ލިޔުންތައް އަޕްލޯޑް ކުރެއްވުން އެދެމެވެ. ނުވަތަ [email protected] އަށް ލިޔުންތައް މެއިލް ކުރެއްވުން އެދެމެވެ. |
||
|
އިތުރު މަޢްލޫމާތު: |
މަޢުލޫމާތު ހޯއްދެވުމަށް 3000207، 3000368 ފޯނާ ގުޅުއްވުން އެދެމެވެ. |
||