Jobs

Salary
MVR 6,000+
Vacancies
1
Island
Male' City, Male'

Details

Salary and Benefits
MVR 6,000+
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/318177

މަޤާމުގެ ޝަރުތު:

  • ސާނަވީ އިމްތިޙާނުން ދަށްވެގެން 2 މާއްދާއިން "ސީ" ގްރޭޑް ލިބިފައި ވުމާއެކު މަސައްކަތާ ގުޅޭ ދާއިރާއަކުން 1 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން، ނުވަތަ
  • މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.

ނޯޓް:- ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ސީ" ގްރޭޑަށްވުރެ މަތިން ފާސްވެފައިވާ ފަރާތްތަކަށް ތަޖްރިބާ ނެތްކަމުގައިވިޔަސް ޝަރުތު ފުރިހަމަވާނެއެވެ.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ރޭޑިއޯ ޗެނަލްތަކުގެ ކޮންޓިނިއުޓީ ސްޓޫޑިއޯތައް ޝެޑިއުލް ކުރެވިފައިވާގޮތައް އޮޕަރޭޓުކޮށް ޕްރޮގްރާމުތައް އޮންއެއަރ ކޮށްދިނުން.
  • އޮޕަރޭޓަރުންނަށް ހެދިފައިވާ އެސްއޯޕީއާއި އެއްގޮތަށް މަސައްކަތްކުރުން.
  • ސައުންޑް އެންޑް އައުޓުޑޯ ބްރޯޑްކާސްޓިންގ ޔުނިޓުން ނުވަތަ އެމްސީއާރުއިން ލައިވް އިވެންޓެއްގެ އޯޑިއޯ ސިގްނަލް އެއް ޓެސްޓުކުރަން ގުޅައިފިނަމަ އޯޑިއޯ ސިގްނަލްޓެސްޓް ކުރުން. އޯޑިއޯ ސިގްނަލް ޓެސްޓުކުރުމުގައި އެއްވެސް މައްސަލައެއް އުޅޭނަމަ، އަޑުގެ ކޮލިޓީ ގެ ތަފްސީލް އެފަރާތަށްދީ ސުޕަވައިޒަރަށް އެކަން އަންގައި އެމައްސަލަ ހައްލުކުރުން.
  • އޮންއެއާރ ކުރުމުގެ ކުރިން ލައިވް ކުރާ އިވެންޓުތައް އެހެނިހެން ޕްރޮގްރާމްތަކާއި އެއްގޮތަށް ޝެޑިއުލް ކުރެވިފައި ވޭތޯ ބަލައި ޗެކުކުރުން.
  • ސްޓޫޑިއޯތަކުގެ ރޭޑިއޯ ބްރޯޑްކާސްޓިންގ އިކުއިޕްމަންޓްތައް ހަމަޖެހިފައިވާ އުސޫލާއި އެއްގޮތައް ބެލެހެއްޓުން.
  • ޕްރޮގްރާމްތައް އޮންއެއާރ ކުރުމުގައި ޕްރޮގްރާމް ޑިޕާޓްމަންޓުން ހަދާފައިވާ އުސޫލުތަކާއި އަދި ޑިއުޓީ ޕްރޮޑިއުސަރެއްގެ ލަފާގެ މަތިން އޮންއެއަރ ކޮށްދިނުން.
  • އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާއި އަދި ޕީއެސްއެމްގެ ޤަވާއިދުތަކާއި ޚިލާފު އެއްވެސް ކޮންޓެންޓެއް އޮންއެއަރ ނުކުރުން.
  • ސްޓޫޑިއޯގެ އޮންއެއަރ އޮޕަރޭޓަރެއްގެ ގޮތުގައި ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރުން.
  • ޕީއެސްއެމްގެ ރޭޑިއޯ ޗެނަލްތަކުން ޕްރޮގްރާމްތައް އޮޓޯމޭޓް ކުރުމަށް އޮޓޮމޭޝަން ހަދައި އަދި ޗެކްކުރުން.

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  • އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  • އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  • ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
Published Date
4 December 2024
Expiry Date
8 December 2024