Jobs

Salary
MVR 6,400+
Employment Type
Full-Time
Vacancies
1

Details

Salary and Benefits
MVR 6,400+
• އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
• ޓެކްނިކަލް ކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ 20% އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައި ކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
• ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
• އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
• ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
• ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
• މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description

https://www.gazette.gov.mv/iulaan/282398

މަޤާމުގެ ޝަރުތު:

  • މަގާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ގައުމީސަނަދުގެ އޮނިގަނޑު ލެވެލް 5 ގެ ސެޓްފިކެޓެއް ހާސިލްކޮށްފައިވުމާއެކު މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހު މަސައްކަތްކޮށްފައިވުން، ނުވަތަ
  • ސާނަވި އިމްތިހާނުން ދަށްވެގެން 4 މާއްދާއިން ސީ ގްރޭޑް ލިބިފައިފައިވުން، ނުވަތަ.
  • މަސައްކަތާ ގުޅުންހުރި ދާއިރާއެއްގައި މަދުވެގެން 5 އަހަރުދުވަހު މަސައްކަތްކޮށް ތަޖުރިބާ ލިބިފައިވުން.

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:

  • ކެމެރާ އޮޕަރެޓްކުރުމުގެ ކަންކަން ވީ އެންމެ ރަނގަޅަކަށް ކުރުން.
  • ޚަބަރާއި ޕްރޮގްރާމްތަކަށް ކޮންޓެންޓް މޭކަރ ބޭނުންވާ ވީޑިއޯ މެޓީރިއަލް، ކޮންޓެންޓް މޭކަރ ބޭނުންވާ ގޮތަށް އަދި ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ކޮށްދޭ އެންމެ ރަނގަޅަށް ނަގައިދިނުން.
  • ކޮންޓެންޓް މޭކަރގެ ޙާޟިރުގައި ނޫން ޙާލަތުގައިވެސް، ކޮންޓެންޓް މޭކަރ އެދޭ ވީޑިއޯއެއް ނަގަން ޙަވާލުކޮށްފިނަމަ، އެ ވީޑިއޯ މެޓީރިއަލް، ލިބިހުރި ވަޞީލަތާއި ޙާލަތާއި ވަގުތު ތަންދޭ އެންމެ ރަނގަޅަށް ނަގައިދިނުން.
  • ސްޓޫޑިއޯތަކާއި ލޮކޭޝަންތަކުގައި ރެކޯޑްކުރެވޭ ވީޑިއޯ ކޮންޓެންޓާއި އެފަދަ ތަންތަނުން ލައިވްކުރެވޭ ވީޑިއޯ ކޮންޓެންޓް، ވީ އެންމެ ރަނގަޅަކަން ނެގުން.
  • ޕްރޮގްރާމްތަކާއި ބޮޑެތި ޕްރޮޑަކްޝަންތަކާއި އަދި އެކި އެކި ރެކޯރޑިންތައް ތައްޔާރުކުރުމާއި އެކި އިވެންޓްތައް ކަވަރކުރުމާއި ލައިވްކުރުންފަދަ ކަންކަމުގެ ޕްރީ ޕްލޭނިން މަރުޙަލާގައި، ކޮންޓެންޓް މޭކަރ އެދިއްޖެ ޙާލަތެއްގައި ފަންނީ ގޮތުން ބޭނުންވާ ލަފައާއި އެހީތެރިކަން ލިބިދީ ކަމާބެހޭ ބައްދަލުވުންތަކުގައި ބައިވެރިވެ ޓީމްވާރކް ވީ އެންމެ ރަނގަޅަށް ދެމެހެއްޓުން.
  • ކެމެރާއަށް ނެގޭ މަންޒަރުތަކަކީ، އެ މަންޒަރެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފޭ އަދި އުފެއްދުންތެރި އެއްޗަކަށް ހެދުމަށް، ކޮންޓެންޓް މޭކަރގެ ލަފައާއި އިރުޝާދާއެކު ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތްކުރުން.
  • ލައިޓް ހަދާނެ ވަކި މީހަކު ނެތި، ކެމެރާކުރަން ޙަވާލުކުރެވޭ ޙާލަތުތަކުގައި، ލައިޓް ހަދައިގެން ކެމެރާކުރަން ޖެހިއްޖެނަމަ، ވީ އެންމެ ރަނގަޅަކަށް އެކަން ކުރުން.
  • އޯޑިއޯގެ ކަންކަމަށް ވަކި މީހަކު ނެތް ޙާލަތެއްގައި، ވީ އެންމެ ރަނގަޅަކަށް އޯޑިއޯ ނެގުން.
  • ކެމެރާކުރުމުގެ ބޭނުމަށް އޮޕަރޭޓްކުރަންޖެހޭ އެހެން އެއްޗެހި އޮޕަރޭޓްކުރަން ޙަވާލުކުރެވޭ ޙާލަތުގައި އެކަންކަން ކުރުން.
  • ކޮންޓެންޓް އުފެއްދުމުގެ ބޭނުމަށް ނުވަތަ ވަގުތުން ގެނެސްދިނުމަށް ނެގޭ ކޮންމެ މަންޒަރަކީ، ކެމެރާކުރުމުގެ ފަންނީ އަދި ޢިލްމީ މިންގަނޑުގެ ތެރޭގައި ނެގޭ (އެކަށީގެންވާ އެންމެ ރަނގަޅު ތަނުގައި އެންމެ ރަނގަޅަށް ކެމެރާ ބަހައްޓައިގެން، އެންމެ ރަނގަޅު އެންގަލުން، އެންމެ ކަމުދާ ފްރޭމްގައި އެންމެ ސާފުކޮށް ޝޮޓް ނެގުމަށް އިސްކަންދީގެން) ވީޑިއޯއަށް ހެދުން.
  • ތަފާތު ތަންތާނގައި ތަފާތު ޙާލަތުތަކުގައި، ކެމެރާއާއި ކެމެރާކުރުމަށް ބޭނުންކުރާ އެންމެހާ ތަކެތި (ކެމެރާމަންގެ ބެލުމުގެ ދަށުގައިވާ ކޮންމެ ވަގުތަކު) އެންމެ ރައްކާތެރި ގޮތުގައި އުފުލުމާއި ގެންގުޅުމާއި ބެލެހެއްޓުން.
  • ކެމެރާއާއި ކެމެރާކުރުމުގައި ބޭނުންކުރާ އެހެން އެއްޗިހި ހަލާކުނުވެ ގިނަދުވަހަށް ދެމެހެއްޓުމަށްޓަކައި ޢާންމު އުޞޫލެއްގެ ގޮތުން ކެމެރާމަނަށް ކުރެވެން ހުރި އަދި މަނާކުރެވިފައި ނުވާ ކަންކަން ކުރުން.
  • ކެމެރާ އާއި ކެމެރާކުރުމަށް ބޭނުންވާ އެއްވެސް އެއްޗެއް ބޭނުންކުރުމުގެ ތެރޭގައި ނުވަތަ ތިމާގެ ބެލުމުގެ ދަށުގައި ހުރި ވަގުތެއްގައި ހަލާކުވެއްޖެނަމަ، ނުވަތަ ގެއްލުމެއް ވެއްޖެނަމަ، ވީ އެންމެ އަވަހަކަށް އެކަން ރިޕޯޓްކުރަންވާ ފަރާތަކަށް ރިޕޮޓްކުރުމާއި އެކަމެއް ޙައްލުކުރުމަށް އެހީތެރިކަމެއް ދޭންޖެހޭ ޙާލަތެއްގައި އެ އެހީތެރިކަމެއް ލިބިދިނުން.
  • އަލަށް ޓީމާ ގުޅޭ ކެމެރާމަނުންނާއި ފަންނީ ޤާބިލްކަމުގެ ގޮތުން ތިމާގެ އެހީތެރިކަން ލިބިދެވިދާނެ ކެމެރާމަނުންނަށް ތަމްރީންދީ ފެންވަރު މަތިކުރުމަށް ބޭނުންވާ އެހީތެރިކަން އަބަދުވެސް ލިބިދިނުމާއި ކުންފުނިން އެދިއްޖެ ޙާލަތެއްގައި، ކުންފުނިން އެދޭ ބަޔަކަށް މި ރޮނގުން ކިނަވައިދިނުން.

 

 

Requirements and Qualifications

Minimum Experience
Not Specified

Documents to Submit

Documents
  • • ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
  • • ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
  • • ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
  •  އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
  •  އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
  •  ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
  • • މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
  • • ޕޮލިސް ރިޕޯޓް (4 މަސް ނުވާ)

Other Information

Employment Type
  • Full-Time
Published Date
13 March 2024
Expiry Date
17 March 2024