Login
Job Seeker Login
Employer Login
Home
Jobs
(current)
Employers
Education & Training
MEERY
Income Support
Home
Jobs
އެސިސްޓެންޓް ޖަރނަލިސްޓް (ސްޕޯޓްސް)
Jobs
Search
އެސިސްޓެންޓް ޖަރނަލިސްޓް (ސްޕޯޓްސް)
New
Public Service Media
Salary
MVR 7,200+
Vacancies
2
Island
Male' City, Male'
Details
Salary and Benefits
MVR 7,200+
އެޓެންޑެންސް އެކްސެލެންސް އެލަވަންސް: ވަޒީފާއަށް ނިކުންނަ ދުވަހަކަށް 35 ރުފިޔާގެ ރޭޓުން ފައިސާ ދެވޭނެއެވެ.
ޓެކްނިކަލްކޯ އެލަވަންސް: ވަޒީފާ އަދާކުރަންޖެހޭ ދާއިރާއާގުޅޭ ރޮނގުން ދިވެހިރާއްޖޭގެ ސަނަދުގެ އޮނިގަނޑުގެ ލެވެލް 7 އިން ފެށިގެން މަތީގެ ސަނަދެއް ޙާސިލްކޮށް ހުށަހަޅާ ފަރާތްތަކަށް، އަސާސީ މުސާރައިގެ %20 އެލަވަންސް ހަމަޖެހޭނެއެވެ.
(ޓެކްނިކަލް ކޯ އެލަވަންސް ހަމަނުޖެހޭނަމަ، ކަނޑައެޅިފައިވާ އުސޫލުން ސަޕޯޓިންގ ކޯ އެލަވަންސްގެ ގޮތުގައިކުންފުނީގެ ސިޔާސަތުތަކާއި، ޤާނޫނާއި ގަވާއިދުގެ މަތިން ފައިސާ ލިބޭނެއެވެ).
ޝިފްޓް އެލަވަންސް.: ޝިފްޓް އުސޫލުން މަސައްކަތްކުރަންޖެހޭނަމަ، އެޝިފްޓަކަށް ފައިސާ ދެވޭނެއެވެ.
އެކްސްޓްރާ ޑޭ އެލަވަންސް: ޤާނޫނުގެ ބަޔާންކޮށްފައިވާ ބަންދު ދުވަސްތަކުގައި، ވަޒީފާއަށް ނިކުންނަންޖެހޭ ނަމަ ކަނޑައެޅިފައިވާ އުސޫލުން ފައިސާ ދެވޭނެއެވެ.
ޓްރާންސްޕޯޓް އެލަވަންސް: ހުޅުމާލެ ނުވަތަ ވިލިމާލޭގައި ދިރިއުޅުއްވާ ފަރާތްތަކަށް ކަނޑައެޅިފައިވާ އުސޫލުން އެލަވަންސް ހަމަޖެހޭނެއެވެ.
ޕެންޝަން ސްކީމް: ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.
މީގެ އިތުރުންވެސް އިތުރުގަޑީގެ އެލަވަންސާއި ކޮމިއުނިކޭޝަން އެލަވަންސް، ކަނޑައެޅިފައިވާ އުސޫލުން ހަމަޖެހޭނެއެވެ.
Job Description
https://www.gazette.gov.mv/iulaan/320916
މަޤާމުގެ ޝަރުތު:
ސާނަވީ އިމްތިހާނުން ދަށްވެގެން ދެ މާއްދާއިން "ޑީ" ގްރޭޑް ލިބިފައިވުން؛ ނުވަތަ
މަސައްކަތާ ގުޅޭ ދާއިރާއަކުން 2 އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
ރޭޑިއޯ، ޓީވީ، އޮންލައިން އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި، އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.
ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓް ލިއުމާއި، ވީޑިއޯ/އޯޑިއޯ/ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)
ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތް ކުރުން.
ޚަބަރާއި ޕްރޮގްރާމް އުފެއްދުމުގައި، ޕީއެސްއެމް ގެ ގާނޫނަށާއި ކުންފުނީގެ ސިޔާސަތުތަކާއި، އެކުލަވާލާފައިވާ އެޑިޓޯރިއަލް ޕޮލިސީ އާއި ޚަބަރާއި ޕްރޮގްރާމްތައް އުފެއްދުމުގައި ޢަމަލު ކުރެވޭ ޢާއްމު އުޞޫލު ތަކާ ޚިލާފު ނުވުމާއެކު، ކުންފުނިން މުވައްޒަފުންނަށް އަންގާ އެންގުންތަކަށް ފުރިހަމައަށް ތަބާވެ ބޯލެބުން.
ޕީއެސްއެމް ގެ ޗެނެލް ތަކަށް ބޭނުންވާ ސްޕޯޓްސް ނިއުސް ބްލެޓިން ކަނޑައެޅިފައިވާ ގަޑިތަކަށް ތައްޔާރުކޮށްދިނުމާއި ޕީއެސްއެމް ގެ ޗެނެލް ތަކުން އުފައްދާ ޕްރޮގްރާމް ތައް އުފެއްދުމުގެ މަސައްކަތުގައި (ބައެއް ޕްރޮގްރާމް ތަކުގައި މަޢުލޫމާތު ދިނުމުގައި) ބައިވެރިވުން.
ޕީއެސްއެމް (ގެ ރޭޑިއޯ ޓީވީ ޗެނެލް ތަކުން) އުފައްދާ ކުޅިވަރާ ގުޅުންހުރި ޕްރޮޑަކްޝަންސްތަކުގެ ޕްރީ ޕްރޮޑަކްޝަން، ޕްރޮޑަކްޝަން އަދި ޕޯސްޓްޕްރޮޑަކްޝަންގެ މަސައްކަތްކުރުމާއި އާކައިވްކުރުން.
ހަވާލުކުރެވޭ ރޭޑިއޯ / ޓީވީ ޕްރޮޑަކްޝަންސްތައް އުފައްދާ، ކޮލިޓީ ރަނގަޅު ކުރުމަށް މަސައްކަތްކުރުން.
ޕީއެސްއެމް ގެ ޗެނެލް ތަކުގެ ތެރެއިން ކުޅިވަރަށް ޚާއްޞަ ކުރެވިފައިވާ ޗެނަލް ޕްރޮމޯޓް ކުރުމަށް މަސައްކަތް ކުރުން.
ސޯސަލް މީޑިއާގައި ކުޅިވަރާއި ގުޅުންހުރި ޚަބަރާއި ސްޕޯޓްސް ޔުނިޓުން އުފައްދާ ޕްރޮގްރާމްތައް ޕްރޮމޯޓްކުރުން އަދި އަޕްޑޭޓްކުރުން.
ކުޅިވަރާއި ގުޅުން ހުރި އިވެންޓް ތައް ކަވަރ ކުރުމަށް އަތޮޅު ތެރެއަށާއި ރާއްޖެއިން ބޭރަށް ކުރަން ޖެހޭ ދަތުރު ތަކުގައި ބައިވެރިވުން.
Requirements and Qualifications
Minimum Experience
Not Specified
Documents to Submit
Documents
ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް)
ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތު ހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް.
ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ
- އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛
- އެކްރެޑިޓް އަދި އެޓެސްޓް ކުރެވިފައިވާ މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ
- ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ އެޓެސްޓް ކުރެވިފައިވާ ލިޔުމުގެ ކޮޕީ
މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތް ކޮށްފައިވާ އިދާރާތަކުން ދޫކޮށްފައިވާ ލިޔުންތައް.
ޕޮލިސް ރިޕޯޓް (4 މަސް ނުވާ)
Login to apply for this job
Login
Public Service Media
Published Date
23 December 2024
Expiry Date
31 December 2024
Apply Now