މަޤާމުގެ ޝަރުތު:
ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ސްކޫލް ނުވަތަ "ހަޔަރ ސެކަންޑަރީ ސްކޫލް" ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން ނުވަތަ މަތީ ސާނަވީ އިމްތިހާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.
މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:
- ރޭޑިއޯ އާއި ޓީވީއާއި އޮންލައިނާއި އަދި ނިއުމީޑިއާގެ އެކިއެކި ޕްލެޓްފޯމްތަކަށްވެސް ޚަބަރާއި ރިޕޯރޓްހަދާ ހުށަހެޅުމާއި ،އޮންކެމެރާ ސްޓޭންޑަޕްސް ހެދުމާއި، އިވެންޓްތައް ރޭޑިއޯ އަށާއި ޓީވީއަށް ލައިވްކުރުން.
- ރޭޑިއޯ/ޓީވީ/އޮންލައިނަށް ޚަބަރާއި ރިޕޯޓާއި އަދި ސްކްރިޕްޓް ލިއުމާއި، ވީޑިއޯ/ އޯޑިއޯ / ފޮޓޯ އަދި ބޭނުންކުރާ އެހެނިހެން މެޓީރިއަލް އެޑިޓްކުރުމާއި، ވީޑިއޯ ކުރުމާއި އަދި އެމަސައްކަތުގައި އެހީތެރިވެދިނުން.
- މަސައްކަތުގެ މާހައުލުގައި ނިއުސްރޫމްގައި ކަނޑައެޅިފައިހުންނަ ޕްރޮސީޖާތަކާއި އެއްގޮތަށް އަމަލުކުރުން.
- ސްކްރިޕްޓްތައް ޓްރާންސްލޭޓްކުރުން (ދިވެހި އިނގިރޭސިއަށް/ އިނގިރޭސި ދިވެއްސަށް)
- ނިއުސް އިވެންޓްތައް ކަވަރ ކުރަން މާލެއާއި، މާލެއިން ބޭރުގައި ޙަރަކާތްތެރިވުން.
- ކަނޑައެޅޭ ކޮންމެ ޝިފްޓެއްގައި އޮފީހަށް ނުކުމެ މަސައްކަތް ކުރުން
- އެޑިޓޯރިއަލް/ ޕްލޭނިންގ/ އަދި ސްޓާފް މީޓިންގ ތަކުގައި ބައިވެރިވުން.
- އެސައިންކުރެވޭ މަސައްކަތް ފުރިހަމަކޮށް ކަނޑައެޅޭ ޑެޑްލައިންތަކަށް ނިންމުން.
- މީގެ އިތުރުން އިސްވެ ދެންނެވުނު ކަންތައްތަކުގެ ތެރޭގައި ނުހިމެނުނުނަމަވެސް ދިމާވާ ހާލަތަކާއި ގުޅިގެން ނުވަތަ ޚާއްސަ ހާލަތްތަކާ ގުޅިގެން ނިއުސް ޑައިރެކްޓަރ އަންގަވާ އެހެނިހެން ކަނަކަން ކުރުން.
މަޤާމާއިގުޅޭ އިތުރު މަޢުލޫމާތު ހޯއްްދެވުމަށް
https://www.gazette.gov.mv/iulaan/208366